Roadha Mihaaru
ޝިއާއުގެ މަރު: މަހެއްވާއިރު އަދިވެސް "ސިއްރެއް"؟

ޝިއާއުގެ މަރު: މަހެއްވާއިރު އަދިވެސް "ބޮޑު ސިއްރެއް"؟

04 ސެޕްޓެމްބަރ 2022

އުމުރުން 22 އަހަރުގެ ޒުވާނާ ޝިއާއު މުހައްމަދު ސައީދު އަނިޔާވެރި ގޮތަކަށް މަރައިލި ޖަރީމާ އަށް އަންނަ އަންގާރަ ދުވަހަށް މަހެއް ވާނެ އެވެ. ރާއްޖޭގައި މިހާތަނަށް އެންމެ އަނިޔާވެރި ގޮތަކަށް މަރައިލި އެ ޒުވާނާގެ މަރުގެ ތުހުމަތަށް ޒުވާން ފިރިހެނަކު ގަޑިއެއްހާއިރުގެ ތެރޭގައި އެ ސީނުން ހައްޔަރުކުރި ނަމަވެސް އާންމުންނަށް އެނގުނު އެއްޗެއް ނެތެވެ. ބޮޑެތި އެއްވެސް ސުވާލަކަށް ޖަވާބެއް ނެތެވެ. ފުލުހުން ތިބީ ހުރިހާ ކަމެއް "ސިއްރު" ކޮށްގެންނެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ހ. ޝީރީންވިލާގެ އަށްވަނަ ބުރީގެ އެޕާޓްމަންޓެއްގައި ހިންގި އެ ޖަރީމާގެ ހަގީގަތް އާންމުންނަށް އެނގެން ޖެހޭ އެއް ސަބަބަކީ އެއީ ރާއްޖޭގައި ފަހުގެ ތާރީހުގައި ހިންގި އެންމެ އަނިޔާވެރި އެއް ގަތުލަށް ވާތީ އެވެ. ފުވައްމުލަކަށް އުފަން ޝިއާއުގެ ހަށިގަނޑު ދުށް މީހަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި، އޭނާގެ އުޅަނބޮއްޓާ ހިސާބުން އަތް އޮތީ ބުރިކޮށްލައިފަ އެވެ. ދެ ފައި ވެސް ބުރިކޮށްލައިފައިވާ އިރު، ކަރަށް ވެސް ވަނީ ހަމަލާ ދީފަ އެވެ.

ޝިއާއު މަރާލާފައި އޮއްވައި ފެނުމާ ގުޅިގެން މިދިޔަ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ޝީރީންވިލާގެ ބޭރުގައި ފުލުހުން މަޑުކޮށްލައިގެން.--- ފޮޓޯ: ނައުޝަމް ވަހީދު

ޝިއާއު މަރާލާފައި އޮއްވައި ފެނުމާ ގުޅިގެން މިދިޔަ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ޝީރީންވިލާގެ ބޭރުގައި ފުލުހުން މަޑުކޮށްލައިގެން.--- ފޮޓޯ: ނައުޝަމް ވަހީދު

ޝިއާއުގެ ހަށިގަނޑު އިންޑިއާ އަށް ފޮނުވައިގެން ޕޯސްޓްމޯޓަމް ވެސް ހަދައިފި އެވެ. އެކަމަކު، ކޮންމެވެސް ސަބަބަކާ ހެދި އޭގެ ނަތީޖާ ވެސް ސިއްރެވެ. ޕޯސްޓްމޯޓަމަށް ފަހު، އެ މަރުގެ ވާހަކަ ވެސް ހިނދިއްޖެ އެވެ. ޕޯސްޓްމޯޓަމްގެ ނަތީޖާ އާ ގުޅޭ އެއްވެސް މައުލޫމާތެއް ހާމަނުކުރަން ފުލުހުން ވަނީ ނިންމައިފަ އެވެ.

ޝިއާއުގެ މަރާ ގުޅިގެން ފުލުހުން ބޭއްވި ހަމައެކަނި މީޑިއާގެ ބްރީފިންގައި ވެސް އެނގުނު އެއްޗެއް ނެތެވެ. އެ ބްރީފިން ބޭއްވީ އެ މަރަށް 24 ގަޑިއިރު ވެސް ނުވަނީސް ކަމަށް ވާތީ ފަހަރެއްގައި ހުރިހާ މައުލޫމާތެއް ނުދެވިދާނެ އެވެ. އެ ހާދިސާ ހިނގިކަން ފިޔަވައި އިތުރު ތަފުސީލްތަކެއް ފުލުހުން އެ ދުވަހު ނުދެ އެވެ. "ތަހުގީގަށް ހުރަސް އެޅިދާނެތީ" އެ މައްސަލައިގެ ކަންކަން ވެސް އޮތީ އާންމު ނުކުރާ ގޮތަށެވެ.

ޝިއާއުގެ މަރާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ފަހު ހަވާސާ ތެރެއިން ނޫސްވެރިން، ފުލުހުންގެ އޮފިޝަލުންނާ ވާހަކަ ވާހަކަ ދައްކަނީ.---ފޮޓޯ: މިހާރު

ޝިއާއުގެ މަރާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ފަހު ހަވާސާ ތެރެއިން ނޫސްވެރިން، ފުލުހުންގެ އޮފިޝަލުންނާ ވާހަކަ ވާހަކަ ދައްކަނީ.---ފޮޓޯ: މިހާރު

އޭގެ ފަހުން މިއަދާ ހަމަޔަށް ވެސް އެ މައްސަލައިގައި ފުލުހުންގެ މީޑިއާއާ ކުރާ އެއްވެސް ސުވާލަކަށް ޖަވާބެއް ނުލިބެ އެވެ. ފުލުހުންގެ އޮފިޝަލުން ވިދާޅުވަނީ އެކަމާ ގުޅޭ އިތުރު އަޕްޑޭޓެއް މި ވަގުތަށް ނެތް ކަމަށެވެ.

ޝިއާއުގެ މަރުގެ ތުހުމަތަށް ހައްޔަރުކުރީ އުމުރުން 23 އަހަރުގެ އަލީ ޝާހިލް ކަމަށް ވާއިރު، އޭނާ އެ ކަމަށް އިއުތިރާފުވި ކަމެއް ވެސް ނޭނގެ އެވެ. ފުލުހުންގެ މީޑިއާ ބްރީފިން އިން އެނގުނު އެންމެ ބޮޑު އެއްޗަކީ ޝާހިލް ހުރީ މަސްތުގެ ހާލަތުގައި ކަމަށެވެ. އެ ހާލަތަށް ދިޔައީ ކީއްވެ ކަމެއް، ޝިއާއު މަރައިލަން ޖެހުނީ ކީއްވެ ކަމެއް ނޭނގެ އެވެ. ޝިއާއު މަރައިލިކަން އެނގުނީ ކީއްވެ ކަމެއް، އެ ދެ މީހުންގެ ގުޅުމުގެ އެއްވެސް ވާހަކަތަކެއް ރަސްމީ ގޮތުން ފުލުހުންނަށް ކިޔައެއް ނުދެވެ އެވެ.

ޝިއާއުގެ މަރުގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ ޝާހިލް މީގެ ފަސް އަހަރު ކުރިން ނަގާފައިވާ ފޮޓޯއެއް: ޝިއާއު މަރައިލި ކަމަށް އޭނާ އިއުތިރާފުވި ކަމެއް ވެސް އަދި ނޭނގޭ.

ޝިއާއުގެ މަރުގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ ޝާހިލް މީގެ ފަސް އަހަރު ކުރިން ނަގާފައިވާ ފޮޓޯއެއް: ޝިއާއު މަރައިލި ކަމަށް އޭނާ އިއުތިރާފުވި ކަމެއް ވެސް އަދި ނޭނގޭ.

ޝިއާއުގެ ހަށިގަނޑު ކަމަށް ބުނާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާ ގުޅިގެން ފުލުހުން ވަނީ އެ ފޮޓޯ ލީކުވެފައި ވަނީ ފުލުހުންގެ ތެރެއިން ނޫން ކަމަށް ބުނެފަ އެވެ.

ޝިއާއުގެ މަރާ ގުޅޭ ގޮތުން ތަފުސީލު ދޭން ފުލުހުން ބޭނުން ނުވާ އެއް ސަބަބަކީ އާއިލާގެ ފިއްތުންތައް ކަމަށް ވެދާނެ އެވެ. އެކަމަކު، މިއީ ދެ ޒުވާނެއްގެ ދެމެދުގައި ހިނގި ކަމަކުން މެދުވެރިވި ކަމެއް ކަމަށް ތުހުމަތު ކުރާއިރު، މުޅި މުޖުތަމައަށް ވެސް އެނގެން ޖެހޭ ކަންތައްތަކެއް ހުރި ކަމަށް ބައެއް މީހުން ދެކެ އެވެ. އެހާ އަނިޔާވެރި ގޮތަކަށް، އެ ކަން އެ ހިސާބަށް ދާން ޖެހުނީ ކީއްވެ ހެއްޔެވެ؟

މި އަށް ވުރެ ބޮޑެތި ޖަރީމާތައް ވެސް އެހެން ގައުމުތަކުގައި ހާމަކަންބޮޑު ގޮތަކަށް ތަހުގީގުކޮށް، މުޅި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކިޔައިދޭއިރު އަދިވެސް ދިވެހި ފުލުހުން އުޅެނީ "ސިއްރު" ކުރުމުގަ އެވެ. އެންމެ ކުޑަމިނުން މަރުގެ އަޕްޑޭޓެއް ދޭން ވެސް ނުކެރެ އެވެ. މީހުން މެރުމުގެ އެތައް ތަހުގީގެއްކޮށް، އޭގެ އެންމެ އަޑިއަށް ދިވެހި ފުލުހުން ފީނުމަކީ މާޒީ އަށް ބަލާއިރު މާ ބޮޑު ކަމެއް ނޫނެވެ. އެކަމަކު، މި ފަހަރު މި އުޅެނީ ކީއްވެ ކަމެއް ނޭނގެ އެވެ.