Roadha Mihaaru
ކެނެޑާގައި ވަޅި ހަރައި 10 މީހަކު މަރާލައިފި

ކެނެޑާގައި ވަޅި ހަރައި 10 މީހަކު މަރާލައިފި

05 ސެޕްޓެމްބަރ 2022

ކެނެޑާގެ މެދުތެރޭ ސަރަހައްދެއްގައި ދެ މީހަކު އާންމުންގެ ގަޔަށް އިއްޔެ ވަޅި ހަރައި، އޭގެ ތެރެއިން 10 މީހަކު މަރާލައި މަދުވެގެން 15 މީހަކު ޒަޚަމްކޮށްލައިފި އެވެ.

ކެނެޑާގެ މެދުތެރޭ ސަރަހައްދެއްގައި ދެ މީހަކު އާންމުންގެ ގަޔަށް އިއްޔެ ވަޅި ހަރައި، އޭގެ ތެރެއިން 10 މީހަކު މަރާލައި މަދުވެގެން 15 މީހަކު ޒަޚަމްކޮށްލައިފި އެވެ.

މި ހާދިސާގައި ތުހުމަތުކުރެވޭ ދެ މީހަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކެނެޑާ ފުލުހުން ބުންޏެވެ. ކެނެޑާގެ އަސްލު ވަޒަންވެރިން ދިރިއުޅޭ ދެ އާބާދީއެއްގެ 13 ސަރަހައްދެއްގައި ހިންގި މި ޖަރީމާއާ ގުޅިގެން ހޯދަމުންދާ ދެ މީހުންނަކީ ނަމުގައި އެއް ގޮތް ކަމެއް ހުއްޓަސް، ތިމާގެކަމުގެ ގުޅުމެއް އޮތް ދެ މީހުންކަން މުޅިން ކަށަވަރު ނުވާ ކަމަށް ފުލުހުން ބުނެ އެވެ.

އެ ސަރަހައްދުގެ ފުލުހުންގެ އެންމެ އިސް ވެރިޔާ، އެސިސްޓެންޓް ކޮމިޝަނާ ރޮންޑާ ބްލެކްމޯ ވިދާޅުވި ގޮތުގައި ވަޅި ޖެހުމުގެ ހާދިސާތައް ހިންގާފައިވަނީ، ކެނެޑާގެ އަސްލު ވަޒަންވެރިން ދިރިއުޅޭ، ޖޭމްސް ސްމިތު ކްރީ ނޭޝަން އާއި ސަސްކަޗެވާން ޕްރޮވިންސްގެ ވެލްޑަން އަވަށުގަ އެވެ. ޖޭމްސް ސްމިތު ކްރީ ނޭޝަން އާއި ވެލްޑަން އަވަށަކީ ވަރަށް ކައިރި ކައިރީގައި އޮންނަ ދެ އާބާދީއެކެވެ.

ވަޅި ހެރުމުގެ ކުށުގައި ކެނެޑާ ފުލުހުން ހޯދަމުންދާ (ކ-ވ) މީލެސް ސެންޑާސަން އާއި ޑެމިއެން ސެންޑާސަން

ވަޅި ހެރުމުގެ ކުށުގައި ކެނެޑާ ފުލުހުން ހޯދަމުންދާ (ކ-ވ) މީލެސް ސެންޑާސަން އާއި ޑެމިއެން ސެންޑާސަން

އޭނާ ވިދާޅުވި ގޮތުގައި އެ ދެ އާބާދީގެ 13 ސަރަހައްދެއްގައި ހިންގި ވަޅި ޖެހުމުގެ ހާދިސާތަކުގައި، ޒަޚަމްވި ބައެއް މީހުން، ފުލުހުންނަށް ނާންގައިވެސް ހޮސްޕިޓަލަށް ގޮސްފައިވެދާނެތީ، ޒަޚަމްވި މީހުންގެ އަދަދު 15 އަށް ވުރެ އިތުރުވުމަކީ ވަރަށް ބޮޑަށް އެކަށީގެންވާ ކަމެކެވެ. އެހެންކަމުން، މި ހާދިސާތަކުގައި ޒަޚަމްވި އަދި އަނިޔާ ލިބުނު މީހުންގެ ފުރިހަމަ ތަފްސީލުތައް އަދި ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ އިއްޔެ ވިދާޅުވީ، އެ ހަމަލާތަކަކީ ވަރަށް ހިތްދަތިވި ބިރުވެރި ހަމަލާތަކެއް ކަމަށެވެ. އަދި އެ ސަރަހައްދުގެ ކަންތައް ސަރުކާރުން ވަރަށް ކައިރިން ބަލަމުން އަންނަ ކަމަށާއި، އެ ހަމަލާތަކުގައި މަރުވި މީހުންނާއި ޒަޚަމްވި މީހުންގެ އާއިލާތަކަށް ލިބިފައިވާ ހިތާމައިގައި ސަރުކާރު ބައިވެރިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކެނެޑާ ސަރުކާރުން ބުނި ގޮތުގައި މި ހަމަލާތަކުގެ ތުހުމަތު ކުރެވޭ ދެ މީހުންނަކީ ވެސް އުމުރުން 30ގެ އަހަރުތަކުގެ ދެ މީހުންނެވެ. އަދި އެ ދެ މީހުން އެންމެ ފަހުން އާންމުންނަށް ފެނިފައިވަނީ، ސަސްކަޗެވާން ޕްރޮވިންސްގެ ވެރިރަށް ރެޖީނާގެ ތެރޭގައި، ނިސާން މަރުކާގެ ކަޅު ކުލައިގެ، ޖީޕް ވައްތަރުގެ އުޅަނދެއްގައި ދަތުރު ކުރަނިކޮށް އިއްޔެގެ މެންދުރެއްހާ އިރެވެ.

ސެޕްޓެމްބަރ 4، 2022: ކެނެޑާގެ އަސްލު ވަޒަންވެރިން ދިރިއުޅޭ، ޖޭމްސް ސްމިތު ކްރީ ނޭޝަން އާއި ސަސްކަޗެވާން ޕްރޮވިންސްގެ ވެލްޑަން އަވަށުގައި އާންމުންގެ ގަޔަށް ވަޅި ހަރައި 10 މީހަކު މަރާލައި 15 މީހަކު ޒަޚަމްކޮށްލި ހާދިސާގައި ތިހުމަތުކުރެވޭ މީހުން ހޯދުމާއި، ޖަރީމާއާ ގުޅޭ ހެކި ހޯދުމުގައި ކެނެޑާގެ ފުލުހުންނާއި ފޮރެންސިކް ފުލުހުން ހަރަކާތްތެރިވަނީ، --ރޮއިޓާސް

ސެޕްޓެމްބަރ 4، 2022: ކެނެޑާގެ އަސްލު ވަޒަންވެރިން ދިރިއުޅޭ، ޖޭމްސް ސްމިތު ކްރީ ނޭޝަން އާއި ސަސްކަޗެވާން ޕްރޮވިންސްގެ ވެލްޑަން އަވަށުގައި އާންމުންގެ ގަޔަށް ވަޅި ހަރައި 10 މީހަކު މަރާލައި 15 މީހަކު ޒަޚަމްކޮށްލި ހާދިސާގައި ތިހުމަތުކުރެވޭ މީހުން ހޯދުމާއި، ޖަރީމާއާ ގުޅޭ ހެކި ހޯދުމުގައި ކެނެޑާގެ ފުލުހުންނާއި ފޮރެންސިކް ފުލުހުން ހަރަކާތްތެރިވަނީ، --ރޮއިޓާސް

އާބާދީގައި 2500 މީހުން ދިރިއުޅޭ ޖޭމްސް ސްމިތު ކްރީ ނޭޝަންގައި މިހާރު ވަނީ، މި ހާދިސާތަކާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފަ އެވެ. އާބާދީގައި 200 މީހުން ދިރިއުޅޭ ވެލްޑަން އަވަށުގައި ވެސް މިހާރު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފަ އެވެ.

މީގެ އިތުރުން، "ނުރައްކާތެރި މީހަކު މުޖްތަމައަށް ދޫވެފައި" ވެއްޖެ ކަމުގެ އިންޒާރުގެ ނޯޓިސް، ކެނެޑާގެ މޯބައިލް ނެޓްވާކްތައް މެދުވެރިކޮށް އެ ގައުމުގެ ވަރަށް ބޮޑު ސަރަހައްދެއްގެ މޯބައިލް ފޯނުތަކަށް މިހާރުވަނީ ފޮނުވައިފަ އެވެ.

ފުލުހުން ބުނި ގޮތުގައި ވަޅި ޖެހުމުގެ ފުރަތަމަ ހާދިސާއާ ގުޅޭ ގޮތުން އާންމުންގެ ފަރާތުން ފުރަތަމަ ރިޕޯޓް ލިބުނީ، ކެނެޑާ ގަޑިން އިއްޔެ ފަތިހު 5:40 ހާއިރު، ސަސްކަޗެވާން ޕްރޮވިންސްގެ ވެރިރަށް ރެޖީނާ އިންނެވެ. އެއަށްފަހު އިރުއިރުކޮޅުން އާންމުންގެ ފޯންކޯލްތަކާއެކު، ވަޅި ޖެހުމުގެ ހަމަލާތަކުގެ ރިޕޯޓްތައް ލިބެމުން ދިޔަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ތުހުމަތު ކުރެވޭ ދެ މީހުންނަކީ ހަތިޔާރާއެކު ފިލައިގެން އުޅޭ ދެ މީހުން ކަމަށްވާތީ، އެ ދެ މީހުން އުޅޭނެ ކަމަށް ލަފާ ކުރެވޭ ސަރަހައްދުތަކުގެ އާންމުން މަގުތަކަށް ނުކުމެ ނުއުޅުމަށާއި، ގޮތް ނޭނގޭ މީހުންނާ ބައްދަލުނުކުރުމަށާއި، އެއިން މީހަކު ފެނުނަސް ކުރިމަތިނުލުމަށް ފުލުހުން ވަނީ އަންގައިފަ އެވެ. ހަމަލާތައް ދިން ސަރަހައްދުތަކާއި މާ ދުރު ހިސާބުތަކުގައި ވެސް ފުލުހުން މިހާރު އަންނަނީ ޗެކް ޕޮއިންޓްތައް ގާއިމުކޮށް، އެއްގަމު އުޅަނދުތައް ބަލައި ފާސްކުރަމުންނެވެ.