އީރާން ސަރުކާރާ ދެކޮޅަށް މިދިޔަ ސެޕްޓެމްބަރު މަހުގެ މެދުތެރެއިން ފެށިގެން އެ ގައުމުގައި ކުރަމުންދާ މުޒާހަރާތަކުން ހައްޔަރުކޮށް މަރުގެ ހުކުމް އިއްވާފައިވާ މީހުންގެ ތެރެއިން ދެ ވަނަ މީހާ، އާންމު މައިދާނެއްގައި އެންމެނަށް ފެންނާނެހެން ދަންޖައްސައި އިއްޔެ މަރާލައިފި އެވެ.
އީރާން ސަރުކާރާ ދެކޮޅަށް މިދިޔަ ސެޕްޓެމްބަރު މަހުގެ މެދުތެރެއިން ފެށިގެން އެ ގައުމުގައި ކުރަމުންދާ މުޒާހަރާތަކުން ހައްޔަރުކޮށް މަރުގެ ހުކުމް އިއްވާފައިވާ މީހުންގެ ތެރެއިން ދެ ވަނަ މީހާ، އާންމު މައިދާނެއްގައި އެންމެނަށް ފެންނާނެހެން ދަންޖައްސައި އިއްޔެ މަރާލައިފި އެވެ.
އީރާންގެ ޝަރުއީ ދާއިރާގެ ޚަބަރު ފަތުރާ ރަސްމީ ވެބްސައިޓްގައި ބުނެފައިވާ ގޮތުން، އިއްޔެ ހެނދުނު ދަން ޖައްސައި މެރީ މާޖިދުރިޒާ ރަހްނަވާރްދު ކިޔާ ފިރިހެނެކެވެ. އޭނާގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރީ ސަލާމަތީ ބާރުތަކުގެ ދެ މީހަކަށް ހަމަލާ ދީ އެ ދެ މީހުން މަރައިލުމުގެ ކުށް ސާބިތުވުމުންނެވެ.
އެ ވެބްސައިޓްގައި އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، މާޖިދުރިޒާ ދަންޖައްސާފައި ހުރީ، ދެ އަތް ފުރަގަހަށްލައި ބަނދެ ކެރޭނެއްގައި އެލުވައިގެންނެވެ. ގިނަ އަދަދެއްގެ ފުލުހުން ހަތިޔާރާ އެކު ސަލާމަތީ ކަންތައް ބަލަހައްޓަމުން ދިޔަ އިރު، ގިނަ އަދަދެއްގެ އާންމުން އެ މަންޒަރު ބަލަން އެއްވެ ތިއްބެވެ.
މުޒާހަރާތަކުން ހައްޔަރުކޮށް މަރުގެ ހުކުމް އިއްވާފައި ތިބި މީހުންގެ ތެރެއިން އެންމެ ފުރަތަމަ މީހާ ދަންޖައްސައި މެރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. "މާތް ﷲއާ ދެކޮޅަށް އަދާވާތްތެރިވުމުގެ" ކުށް ސާބިތުވި ކަމަށް ކަނޑައަޅައި، މަރުގެ އަދަބު ތަންފީޒުކުރުމުގެ ގޮތުން އެ ދުވަހު ދަން ޖައްސައި މެރީ، ޒުވާނެއް ކަމަށްވާ މުހުސިން ޝިކާރީ، 23، އެވެ.
މިއަދު ދަން ޖެއްސި މާޖިދުރިޒާއާ ބެހޭ ގޮތުން، ޝަރުއީ ދާއިރާގެ ވެބްސައިޓްގައި ބުނެފައިވަނީ އޭނާއަކީ ގައުމުގެ ސަލާމަތީ ބާރުތަކަށް ހަމަލާދިނުމުގެ ޓެރަރިސްޓް އަމަލުތައް ހިންގާ މީހެއް ކަމަށެވެ. އީރާންގެ ގައުމީ ޓީވީން ވަނީ، މުޒާހަރާ ރޫޅައިލަން އުޅުނު ސިފައިންގެ ދެ މީހަކަށް، މާޖިދުރިޒާ ވަޅިން ހަމަލާ ދޭ މަންޒަރު ދައްކައިފަ އެވެ.
މިއަދު ތަންފީޒުކުރި މަރުގެ ހުކުމާ ވިދިގެން، އީރާންގެ އުއްތަމަ ފަނޑިޔާރު ޣުލާމް ހުސައިން މުހްސިނީ އީޖޭ ވަނީ، ގައުމުގައި ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރި މީހުންގެ މައްޗަށް ކޯޓުން އިއްވި މަރުގެ ހުކުމްތައް އަވަހަށް ތަންފީޒުކުރުމަށް އެ ގައުމުގެ ފުލުހުންގެ ކިބައިން އެދިވަޑައިގެންފަ އެވެ. އަދި ގާނޫނާ ޚިލާފުވާ މީހުން މައިތިރިކޮށް ރައްޔިތުން އެދޭ ގޮތަށް ގައުމުގައި ހަމަޖެހުން ގާއިމުކޮށްދިނުމަށް ވެސް އޭނާ އެދިވަޑައިގަތެވެ.
އީރާންގެ އުއްތަމަ ފަނޑިޔާރު ޣުލާމް ހުސައިން މުހްސިނީ އީޖޭ މި ހަފުތާގެ ކުރީކޮޅު ވިދާޅުވެފައިވަނީ، ބިމުގައި ފަސާދަ އުފެއްދުމާއި، މާތް ﷲއާ ދެކޮޅަށް އަދާވާތްތެރިވުމުގެ ކުށުގައި އިންގިލާބީ ކޯޓުން އިއްވާފައިވާ މަރުގެ ހުކުމްތައް، އެ ގައުމުގެ ސުޕްރީމް ކޯޓުން ވަނީ ދަމަހައްޓައިފަ އެވެ. އެހެންކަމުން އެ ހުކުމްތައް ތަންފީޒުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންގެ ތެރެއިން މަރުގެ ހުކުމް އިއްވީ ކިތައް މީހުންގެ މައްޗަށް ކަމެއް ސާފެއް ނުވެ އެވެ. ނަމަވެސް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާތަކުން ބުނާ ގޮތުގައި، މަދުވެގެން 28 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރާނެ ކަމަށް ބެލެވެ އެވެ.
މުޒާހަރާތަކުން ހައްޔަރުކުރި އިތުރު ދެ މީހަކު މަރައިފި
މުޒާހަރާއިން ހައްޔަރުކުރި މީހުން ދަންޖައްސަނީ
މަހްސާގެ ބައްޕަ ހައްޔަރުކޮށް، ހަނދާން އާކުރުން މަނާ
އީރާންގެ މުޒާހަރާތަކުގައި 200 އަށް ވުރެ ގިނަ މަރު
ބުރުގާ ނާޅާ އަންހެނުން ހޯދަން ކެމެރާ ހަރުކުރަނީ
ކުރުދީންނަށް ދިން ހަމަލާއަށްފަހު ޕެރިހުގައި ހަމަނުޖެހުން
އީރާނުގައި 39 މީހުން ދަންޖެއްސުން އެކަށީގެންވޭ
އީރާންގެ މަޝްހޫރު ފިލްމީ ތަރި ހައްޔަރުކޮށްފި
އދ.ގެ އަންހެނުންގެ ކޮމިޝަނުން އީރާން ބޭރުކޮށްފި
ސޫދާންގެ ގަބީލާ ކުރިމަތިލުންތަކުގައި 220 މަރު