Roadha Mihaaru
ގޭހަށް ޖެހުމުގެ ޒިންމާ އުފުލަންޖެހޭނީ ޔޫރަޕުން: ރަޝިޔާ

ގޭހަށް ޖެހުމުގެ ޒިންމާ އުފުލަންޖެހޭނީ ޔޫރަޕުން: ރަޝިޔާ

05 ސެޕްޓެމްބަރ 2022

ވިލާތުގެ އިއްތިހާދުގައި ހިމެނޭ ގައުމުތައް ގޭހަށް ޖެހުމުގެ ޒިންމާ އުފުލަންޖެހޭނީ ވިލާތުގެ އިއްތިހާދުން ކަމަށް ރަޝިޔާ އިން މިއަދު ބުނެފި އެވެ.

ވިލާތުގެ އިއްތިހާދުގައި ހިމެނޭ ގައުމުތައް ގޭހަށް ޖެހުމުގެ ޒިންމާ އުފުލަންޖެހޭނީ ވިލާތުގެ އިއްތިހާދުން ކަމަށް ރަޝިޔާ އިން މިއަދު ބުނެފި އެވެ.

ރަޝިޔާގެ އިން ފަށައިގެން ބޯލްޓިކް ކަނޑުގެ އަޑިން ޖަރުމަން ވިލާތަށް އަޅާފައި އޮންނަ ގޭސް ހޮޅި، ނޯޑް ސްޓްރީމް 1، ރަޝިޔާ އިން ބަންދުކުރުމާ ގުޅިގެން، އެހެން ގައުމުތަކުން ގޭސް ހޯދުމަށް ވިލާތުގެ ގައުމުތަކުން ކުރަމުން އަންނަ މަސައްކަތާ ގުޅޭ ގޮތުން ރަޝިޔާ އިން ބުނީ، އެއީ ވިލާތުން އެޅި ފިޔަވަޅުތަކުގެ ނަތީޖާ ކަމަށެވެ.

ރަޝިޔާ ސަރުކާރުގެ ގޭސް ކުންފުނި ގާޒްޕްރޮމް އިން ގޭސް ހޮޅި ބަންދުކޮށްލީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އެވެ. އެއީ އެ ހޮޅިން ޖަރުމަނަށް ގޭސް ފޮނުވުމަށް ބޭނުންކުރާ ޕަމްޕު ސްޓޭޝަނަށް ދިމާވި ފަންނީ މައްސަލައެއް ހައްލުކުރަން ކަމަށް ބުނެ އެވެ.

ތިން ދުވަސް ފަހުން، މިދިޔަ ހޮނިހިރު ދުވަހު އަލުން ގޭސް ފޮނުވަން ފަށަށް ހަމަޖެއްސުމަށް ފަހު، މިދިޔަ ހުކުރު ދުވަހު އެ ކުންފުނިން ބުނެފައިވަނީ، ޕަންޕު ސްޓޭޝަނުން ގޭސް ލީކްވުމުގެ މައްސަލައެއް ފެންމަތިވެފައިވާތީ، ގޭސް ފޮނުވަން ފެށޭނެ މުއްދަތެއް ނޭނގޭ ކަމަށެވެ.

ރަޝިޔާ ސަރުކާރުގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވިދާޅުވީ ޔޫކްރޭން މައްސަލައާ ގުޅުވައިގެން ރަޝިޔާ އަށް ދަތިކުރުމަށް ފިޔަވަޅުތަކެއް އެޅުމަކީ ވިލާތުގެ އިއްތިހާދުން ހެދި ވަރަށް ބޮޑު ގޯހެއް ކަމަށެވެ. އެހެންކަމުން އެ ގޯހުގެ އަގު ވިލާތުގެ އިއްތިހާދުން އަދާކުރަންޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ނޯޑް ސްޓްރީމް 1 ބަންދުކުރަން ޖެހުމުގެ ހުރިހާ މަސްއޫލިއްޔަތެއް އުފުލަންޖެހޭ ހަމައެކަނި ބަޔަކީ ވިލާތުގެ އިއްތިހާދުގެ ގައުމުތަކުގެ ވެރިންނެވެ. ގޭސް ހޮޅި ރަނގަޅަށް މަރާމާތު ނުކުރެވި ގޭސް ލީކްވުމަށް މެދުވެރިވީ، ޔޫކްރޭން ހަނގުރާމައާ ގުޅުވައިގެން ރަޝިޔާ އަށް ދަތިކުރުމަށް، އެމެރިކާ އާއި ވިލާތުގެ އިންތިހާދުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ފިޔަވަޅުތައް އެޅުމުން، ގޭސް ފޮނުވައިދޭ ޕަމްޕު ސްޓޭޝަން މަރާމާތު ކުރުމަށް ބޭނުންވާ ސްޕެއާ ޕާޓްސް ލިބުން ވަނީ ވަރަށް ބޮޑަށް ދަތިވެފަ އެވެ. ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ކުރިން، ނޯޑް ސްޓްރީމްގެ ޕަމްޕު ސްޓޭޝަންގެ ކޮމްޕްރެސަރުތައް މަރާމާތު ކުރަނީ، އެމަސައްކަތާ ހަވާލުވެފައިވާ އޮސްޓްރިއާގެ ކުންފުންޏަކުންނެވެ.

އެ ކުންފުނިން އެ މަސައްކަތް ކުރަމުން އައީ، ގޭސް ހޮޅިން ގޭސް ފޮނުވުން މެދުނުކެޑޭނެ ގޮތަށް، ކޮމްޕްރެސަރަށް ބޭނުންވާ ސްޕެއާ ޕާޓްސް ބޭނުންކޮށްގެންނެވެ. ނަމަވެސް ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމާ ގުޅިގެން، އޮސްޓްރިއާގެ ކުންފުނިން ވަނީ ގޭސްހޮޅި މަރާމާތު ކުރުމުގެ މަސައްކަތް ހުއްޓާލައި، ސްޕެއާޕާޓްސް ފޮނުވުން ވެސް މެދުކަނޑާލައިފަ އެވެ.

ރަޝިޔާ އިން ވިލާތުގެ އިއްތިހާދުގެ ގައުމުތަކަށް ގޭސް ފޮނުވުން ހުއްޓައިލުމާ ވިދިގެން ހުޅަނގުގެ ގައުމުތަކުން ބުނަމުން އަންނަނީ، ހުޅަނގުގެ ގައުމުތަކާ ދެކޮޅަށް ބޭނުންކުރާ ހަނގުރާމައިގެ ވަސީލަތެއްގެ ގޮތުގައި ރަޝިޔާ އިން ހަކަތައިގެ ބާވަތްތައް ބޭނުންކުރަމުން އަންނަ ކަމަށެވެ.

ވިލާތުގެ ގައުމުތަކަށް ގޭސް ފޮނުވުން ރަޝިޔާ އިން ހުއްޓައިލީ، ރަޝިޔާގެ ގޭހާއި ތެލަށް ވީ އެންމެ ކުޑަ އަގެއް ދެއްކޭނެ ރޭވުންތަކެއް ރާވަމުންދާ ކަމަށް، ޖީ7ގެ ގައުމުތަކުގެ މާލީ ވަޒީރުން މިދިޔަ ހުކުރު ދުވަހު ބުނެފައިވަނިކޮށެވެ. މުއްދަތެއް ނެތް ގޮތަށް ގޭސް ހޮޅި ބަންދުކުރި ކަން ރަޝިޔާ އިން އިއުލާން ކުރީ ވެް އެ ދުވަހު އެވެ.

ރަޝިޔާ އިން ގޭސް ފޮނުވުން ހުއްޓައިލުމުން، ވިލާތުގެ ގައުމުތަކުން މިހާރު މަސައްކަތް ކުރަމުން އަންނަނީ އެމެރިކާ އާއި މެދުއިރުމަތީގެ ގައުމުތަކުން ހަކަތައިގެ ބާވަތްތައް އިތުރަށް ހޯދުމަށެވެ. އެ ގޮތުން، ޔޫރަޕިއަން ކައުންސިލްގެ ރައީސް ޗާލްސް މިޝޭލް މިއަދު އަލްޖީރިއާ އަށް ވަޑައިގަންނަވާނެ އެވެ. އަލްޖީރިއާ އަށް ވަޑައިގެން އެ ގައުމުގެ ރައީސް އަބްދުލް މަޖީދު ތަބޫންއާ ބައްދަލުކުރައްވައި، މިހާރަށް ވުރެ ފަސޭހަ ގޮތަކަށް ހަކަތައިގެ ބާވަތްތައް ހޯދުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ އެވެ. އެއަށް ފަހު މި ހަފުތާގެ ތެރޭގައި ޗާލްސް ގަތަރަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

ރަޝިޔާ އިން ގޭސް ހޯދުން ދަތިވުމާ ގުޅިގެން، މިދިޔަ މަހުގެ ތެރޭގައި ވެސް ވިލާތުގެ އިއްތިހާދުގެ ގައުމުތަކަށް ވަނީ، ރަޝިޔާ ނޫން އެހެން ގައުމުތަކުން 21 ބިލިއަން ކޮޑިމީޓަރުގެ ގޭސް އެތެރެ ކޮށްފަ އެވެ.