ޖަރުމަން ވިލާތަށް ބޭނުންވާ ގުދުރަތީ ގޭސް ރަޝިޔާ އިން ހޯދުމުގެ ބަދަލުގައި، އެމިރޭޓްސް އާއި ގަތަރުން ގޭސް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް، ޖަރުމަން ވިލާތުން އިއްޔެ ބުނެފި އެވެ.
ޖަރުމަން ވިލާތަށް ބޭނުންވާ ގުދުރަތީ ގޭސް ރަޝިޔާ އިން ހޯދުމުގެ ބަދަލުގައި، އެމިރޭޓްސް އާއި ގަތަރުން ގޭސް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް، ޖަރުމަން ވިލާތުން އިއްޔެ ބުނެފި އެވެ.
ޖަރުމަން ވިލާތުގެ އިގްތިސާދާ ބެހޭ ވަޒީރު ރޮބަޓް ހަބެކް އިއްޔެ ވިދާޅުވީ ގަލްފުގެ ގައުމުތަކުން ގުދުރަތީ ގޭސް ހޯދުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް، މި ހަފުތާގައި އެމިރޭޓްސް އާއި ގަތަރަށް އޭނާ ވަޑައިގަންނަވާނެ އެވެ. ރަޝިޔާގެ ގޭހަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ ގޮތުން ކުރެވިދާނެ ކަންތަކާ ބެހޭ ގޮތުން، މި ދަތުރުގައި އެ ދެ ގައުމުގެ ކަމާ ބެހޭ ބޭފުޅުންނާ މަޝްވަރާ ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން، ޖަރުމަން ވިލާތުގައި ބޭނުންކުރާ ގުދުރަތީ ގޭހުގެ ދެ ބައިކުޅަ އެއްބައި ހޯދަނީ ރަޝިޔާ އިންނެވެ. ޖަރުމަނަށް ބޭނުންވާ ގޭހާއި ތެލުގެ ބާވަތްތައް އެ ގައުމަށް ފޯރުކޮށްދިނުމަށް، ރަޝިޔާ އިން ވަނީ ބޯލްޓިކް ކަނޑުގެ އަޑިން ޖަރުމަން ވިލާތަށް ދެ ހޮޅި އަޅައިފަ އެވެ. އޭގެ ތެރެއިން "ނޯޑް ސްޓްރީމް 2" ގޭސް ހޮޅިއަކީ ރަޝިޔާގެ އުސްޓް-ލޫގާ އިން ޖަރުމަން ވިލާތުގެ ލުބްމިން އަށް، ބޯލްޓިކް ކަނޑުގެ އަޑިން އަޅާފައިވާ ގޭސް ހޮޅިއެކެވެ. މި ގޭސް ހޮޅީގެ ޒަރީއާ އިން ޖަރުމަން ވިލާތަށް ރަޝިޔާގެ ތެޔޮ ވިއްކުމަށް ހަމަޖެހިފައިވަނީ، ރަޝިޔާ ސަރުކާރުގެ ގޭސް ކުންފުނި ގެޒްޕްރޮމް އިންނެވެ.
ނަމަވެސް ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމާ ގުޅިގެން، ޖަރުމަން ވިލާތުން ވަނީ މި ގޭސް ހޮޅިން އެ ގައުމަށް ރަޝިޔާ އިން ގޭސް އިމްޕޯޓް ކުރުމުގެ ހުއްދަ ދިނުން މަޑު ޖައްސާލައިފަ އެވެ. ނަމަވެސް މީގެ ކުރިން ލައިސަންސް ދީފައިވާ "ނޯޑް ސްޓްރީމް 12" ތެޔޮ ހޮޅިން މިހާރު ވެސް ދަނީ ޖަރުމަނަށް ތެޔޮ އިމްޕޯޓް ކުރަމުންނެވެ.
ޖަރުމަން ވިލާތުގެ އިގްތިސާދާ ބެހޭ ވަޒީރު ރޮބަޓް ހަބެކް އިއްޔެ ވިދާޅުވީ ރަޝިޔާގެ ގޭހަށް ބަރޯސާވާ މިންވަރު ކުޑަކުރަން މަސައްކަތް ކުރާއިރު، ޖަރުމަން ވިލާތަށް ބޭނުންވާ ގޭހާއި ތެލުގެ ބާވަތްތައް ހޯދޭނެ އިތުރު ގޮތްތަކެއް ވަރަށް އަވަހަށް ހޯދަންޖެހޭ ކަމަށެވެ. އެހެން ނޫން ނަމަ، އަންނަ ފިނި މޫސުމުގެ ތެރޭގައި ޖަރުމަން ވިލާތުގެ ގެތައް ހޫނުކުރުމަށާއި ސިނާއީ މަސައްކަތްތައް ކުރުމަށް ވަރަށް ގިނަ ހުރަސްތަކާއި ގޮންޖެހުންތައް ކުރިމަތިވާނެ އެވެ.
ރަޝިޔާގެ ތެލާއި ގޭހުގެ ބާވަތްތައް ވިލާތުގެ ގައުމުތަކަށް އެތެރެކުރުން ހުއްޓައިލުމަށް، ޔޫރަޕިއަން ކޮމިޝަނުން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ރަޝިޔާ އިން ތެލާއި ގޭސް ލިބޭ މިންވަރަށް، ތެލާއި ގޭސް ލިބޭނެ އެހެން ގޮތެއް ހަމަނުޖެހެނީސް، ރަޝިޔާ އިން ތެލާއި ގޭސް ހޯދުން ހުއްޓައިލުމަށް ވިލާތުގެ ބައެއް ގައުމުތައް ބޭނުމެއް ނުވެ އެވެ.
މުޅި ދުނިޔޭގައިވެސް އިންފްލޭޝަން ދަނީ މައްޗަށް
ގޭހަށް ޖެހުމުގެ ޒިންމާ އުފުލަންޖެހޭނީ ޔޫރަޕުން: ރަޝިޔާ
އެމެރިކާގެ ރިޒާވު ތެޔޮ ދޫކުރަން ނިންމުމުން އަގު ދަށަށް
ރަޝިޔާގެ ތެލާއި ގޭސް އެމެރިކާގައި މަނާކޮށްފި
ތެޔޮ ބަންދުކޮށްފިއްޔާ، ގޭހެއް ނުދޭނަން: ރަޝިޔާ
އެމެރިކާ ފޭރިގަތް އީރާންގެ ވަޒަންތައް ޔޫކްރޭނަށް
ހުޅަނގުގެ ޚާއްސަ ސިފައިން ޔޫކްރޭންގައި ހަނގުރާމަކުރަނީ
ރަޝިޔާ އާއި އެމެރިކާވެސް ޑްރޯންގެ ބައިތައް ހޯދާނެ
ރަޝިޔާގެ ބޯޓަކުން އެމެރިކާގެ ޑްރޯނެއް ވައްޓާލައިފި
ޔޫކްރޭންގައި ރަޝިޔާ އަށް ކާމިޔާބެއް ނުވާނެ: ބައިޑެން