Roadha Mihaaru
ތިން ފުލުހަކަށް ހަމަލާދިން ދެ މީހަކު ހައްޔަރުކޮށްފި

ތިން ފުލުހަކަށް ހަމަލާދިން ދެ މީހަކު ހައްޔަރުކޮށްފި

09 ސެޕްޓެމްބަރ 2022

ތިން ފުލުހަކަށް ހަމަލާދިންކަމުގެ ތުހުމަތުގައި ދެ މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.

އާލިމް އަބްދުއްލަތީފް އާލިމް އަބްދުއްލަތީފް

ތިން ފުލުހަކަށް ހަމަލާދިންކަމުގެ ތުހުމަތުގައި ދެ މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ދެ މީހުން ހައްޔަރުކުރީ މިއަދު ހެނދުނު 11:50 ހާއިރު ކަމަށެވެ. އަނިޔާވި ފުލުހުންނަށް މިހާރު އޭޑީކޭގައި ފަރުވާދެމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ތިން ފުލުހުންނަށް ވެސް އެކިވަރުގެ އަނިޔާތައް ވެފައިވާ ކަމަށް އޭނާ ވިދާޅުވިޔަސް އަނިޔާތަކުގެ ތަފްސީލެއް ނުދެއްވަ އެވެ،

މަޖީދީމަގުން ޔޫރޯ ސްޓޯރު ކުރިމަތީގައި މީހެއްގެ ގަޔަށް ވަޅިން ހަމަލާދިނުމަށް ފަހު، ޒަހަމްކޮށްލާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. އެ ވީޑިއޯއިން ފެންނަނީ ޒަހަމްވީ މީހާ ސްޓްރެޗަރަށް ލައިގެން ގެންދާ މަންޒަރެވެ.

މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ނުދެ އެވެ.