Roadha Mihaaru

އުމުރުން 64 އަހަރުގެ ލޯބިވެރިޔާއަށް ވަޅިން ހަމަލާދިން 32 އަހަރުގެ މީހާ 30 ދުވަހަށް ބަންދުކޮށްފި

އުމުރުން 64 އަހަރުގެ މީހަކަށް އިއްޔެ ވަޅިން ހަމަލާދިން 32 އަހަރުގެ އަންހެން މީހާ 30 ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން މުއްދަތު ދީފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ލޯބިވެރިޔާއަށް ހަމަލާދިން މީހާ 30 ދުވަހަށް ބަންދު
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

10 ޑިސެމްބަރ 2025

އުމުރުން 64 އަހަރުގެ މީހަކަށް އިއްޔެ ވަޅިން ހަމަލާދިން 32 އަހަރުގެ އަންހެން މީހާ 30 ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން މުއްދަތު ދީފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން އިއްޔެ ބުނެފައިވާ ގޮތުގައި މިއީ ދެ ލޯބިވެރިންނެވެ. ފިރިހެން މީހާގެ ބުރަކައްޓަށް ވަޅިން ހަމަލާ ދިނީ ދެ މީހުންގެ ދޭތެރޭ އުފެދުނު މައްސަލައެއްގެ ތެރޭގައި ކަމަށް ބުނުން ފިޔަވައި މި ދެ މީހުންނާ ބެހޭ އެއްވެސް ތަފްސީލެއް ނުދެ އެވެ.

މި ހަމަނުޖެހުމުގައި ދެ މީހުންނަށް ވެސް އަނިޔާވެ ހޮސްޕިޓަލުގައި ވަނީ ފަރުވާ ދީފަ އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ދެ މީހުންނަށް ފަރުވާ ދިނުމަށްފަހު އިއްޔެ ދޫކޮށްލާފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.