Roadha Mihaaru
މީޑިއާނެޓްތެރޭގެ މާރާމާރީއާ ގުޅިގެން ދެ މީހަކު ހައްޔަރު

މީޑިއާ ނެޓަށް ވަދެ ހިންގި މާރާމާރީއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި

22 އޯގަސްޓް 2022

މީޑިއާ ނެޓްގެ އޮފީހަށް މިދިޔަ ބުރާސްފަތި ދުވަހު ބަޔަކު ވަދެގަނެ އެ ތަނުގައި މަސައްކަތްކުރާ މުވައްޒަފަކަށް ހަމަލަދީ، ޒަހަމްކުރި މައްސަލައިގެ ތުހުމަތަށް ދެ މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.

މީޑިއާ ނެޓްގެ އޮފީހަށް މިދިޔަ ބުރާސްފަތި ދުވަހު ބަޔަކު ވަދެގަނެ އެ ތަނުގައި މަސައްކަތްކުރާ މުވައްޒަފަކަށް ހަމަލަދީ، ޒަހަމްކުރި މައްސަލައިގެ ތުހުމަތަށް ދެ މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، އެ މައްސަލައިގައި ތަހުގީގަށް ހައްޔަރުކުރީ އުމުރުން 19 އަހަރާއި 22 އަހަރުގެ ދެ މީހަކު ކަމަށެވެ.

އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް މިއަދު ހާޒިރުކުރުމުން 19 އަހަރުގެ މީހާގެ ތަހުގީގު ނިމެންދެން ބަންދުގައި ބަހައްޓަން އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި 22 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކުރި ކަމަށް ފުލުހުން ބުނެ އެވެ.

އެ ތަހުގީގާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

އެ ހަމަލައިގައި ޒަހަމްވި މީހާ މީޑިއާ ނެޓްގެ ޔުނީފޯމްގައި ހުރި އިރު، އެ މީހާ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައިރު އޮތީ ބޮލުގައި ފޮތިގަނޑެއް އޮޅައިފަ އެވެ.