Roadha Mihaaru
"ޔާމީނަށް 1މިލިއަން ޑޮލަރު ގަނެވޭގޮތް ހަމަޖެއްސިން"

ޔޫސުފް ނައީމްގެ އަތުން އެއް މިލިއަން ޑޮލަރު ގަނެވޭނެ ގޮތް ޔާމީނަށް ހަމަޖައްސައިދިނިން: މުހައްމަދު އިސްމާއިލް

10 ސެޕްޓެމްބަރ 2022

ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ އަތުން އެއް މިލިއަން ޑޮލަރު ގަނެވޭނެ ގޮތް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހަމަޖައްސައިދީފައިވާނެ ކަމަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް މިއަދު ހެކިބަސް ދީފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ އަތުން އެއް މިލިއަން ޑޮލަރު ގަނެވޭނެ ގޮތް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހަމަޖައްސައިދީފައިވާނެ ކަމަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް މިއަދު ހެކިބަސް ދީފި އެވެ.

އާރަށް ކުއްޔަށް ދިނުމުން ރިޝްވަތުގެ ގޮތުގައި ޔާމީނަށް އެއް މިލިއަން ޑޮލަރު ދިން ކަމަށް ބުނެ ދައުލަތުން ދައުވާ ކުރަނީ ޔާމީނާއި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށެވެ. ޔޫސުފް ނައީމަށް ދައުވާކުރަނީ ޔާމީނަށް ރިޝްވަތު ދިން ކަމަށް ބުނެ އެވެ. ޔާމީނަށް ދައުވާ ކުރަނީ އެ ފައިސާ ގަބޫލު ކުރެއްވި ކަމަށް ބުނެ އެވެ.

ޔާމީންގެ ފަރާތުން ދިފާއުގައި ހެކި ހުށަހެޅީ ޔޫސުފް ނައީމްގެ ފަރާތުން ޔާމީނަށް ލިބުނު އެއް މިލިއަން ޑޮލަރަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއްގެ ފައިސާ ކަން ސާބިތު ކުރުމަށެވެ. އެގޮތުން ހެކިބަސް ދިނީ ޕީޕީއެމަށް ނިސްބަތްވާ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލެވެ.

ހެކިބަސް ދެމުން މުހައްމަދު އިސްމާއިލް ވިދާޅުވި ގޮތުގައި އެއް މިލިއަން ޑޮލަރު ބޭންކް ރޭޓުން ވިއްކާނެ މީހަކު ހޯދަން ޔާމީން އެދިވަޑައިގަތުމުން ޔޫސުފް ނައީމަށް ގުޅުއްވި އެވެ. އަދި ޑޮލަރު ވިއްކަން ޔޫސުފް ނައީމް އެއްބަސްވުމުން ޔާމީނަށް އެކަން އެންގެވި ކަމަށް އޭނާ ވިދާޅުވި އެވެ.

ޔާމީން: އެމަނިކުފާނުގެ ފަރާތްޕުޅުން ދިފާއުގައި ހެކި ހުށަހެޅީ އެއް މިލިއަން ޑޮލަރުގެ މުއާމަލާތް ސައްހަކަން ސާބިތުކުރަން. --- ފޮޓޯ/މިހާރު

ޔާމީން: އެމަނިކުފާނުގެ ފަރާތްޕުޅުން ދިފާއުގައި ހެކި ހުށަހެޅީ އެއް މިލިއަން ޑޮލަރުގެ މުއާމަލާތް ސައްހަކަން ސާބިތުކުރަން. --- ފޮޓޯ/މިހާރު

އޭނާ ވިދާޅުވި ގޮތުގައި އެ މުއާމަލާތް ނިމުނުކަން ފަހުން ޔޫސުފް ނައީމް އޭނާ ގާތު ވިދާޅުވެފައިވެ އެވެ.

ޔޫސުފް ނައީމަކީ ޑޮލަރު ވިއްކުމުގެ ހުއްދަ އޮތް މީހެއްތޯ ދައުލަތުން ސުވާލު ކުރުމުން ދިފާއީ ވަކީލުން އެކަމާ ދެކޮޅު ހެދި އެވެ. އަދި އެއީ މައްސަލައާ ގުޅުން ނެތް ސުވާލެއް ކަމަށް ނިންމައި، އެ ސުވާލު ނުކުރެވޭނެ ކަމަށް އެ މައްސަލަ ބައްލަވާ އިސްގާޒީ އަހުމަދު ޝަކީލް ނިންމެވި އެވެ.

"ނަރީޝްއާ އެކު ފައިސާ ގުނީ ފައިސާ ބޮނޑިތަކުން"

ދެން ހާޒިރުކުރީ ޑޮލަރު ގަތުމަށް ދިވެހި ފައިސާ ހިފައިގެން ގޮސް ޔޫސުފް ނައީމާ ހަވާލުކުރި ކަމަށް ބުނެ ހެކިބަސް ދޭން އަބްދުﷲ ރަޝީދު ކިޔާ މީހެކެވެ.

އޭނާ ބުނިގޮތުގައި ޔާމީން ވިދާޅުވެގެން ޔޫސުފް ނައީމާ ފައިސާ ހަވާލު ކުރުމަށްޓަކައި 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ދުވަހެއްގައި ޔާމީނާ ބައްދަލުކުރަން އެމަނިކުފާނުގެ ގެކޮޅަށް ދިޔަ ކަމަށެވެ. އޭނާ ބުނިގޮތުގައި އެއީ އެއް މިލިއަން ޑޮލަރު ގަތުމުގެ މުއާމަލާތަކާ ގުޅޭ ފައިސާއެވެ. ޔާމީންގެ ގެކޮޅަށް ދިޔައީ މާލޭ ސިޓީ ކައުންސިލްގެ މިހާރު ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްއާ އެކު ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ ޔާމީންގެ ގެކޮޅުގައި ތިބެގެން އެ ފައިސާ އެ މީހުން ގުނިއިރު އޭގައި 15،420،000ރ. ހުރި ކަމަށެވެ. އަދި ފައިސާ ގުނީ ފައިސާގެ ބޮނޑިތަކުން ކަމަށާއި އެކަމަކު އޮތީ ފައިސާގެ ކިތައް ބޮނޑިކަން ހަނދާން ނެތް ކަމަށް އޭނާ ބުންޏެވެ. އަދި ފައިސާ ހަމައަށް ހުންނާނެ ކަމަށް ޔާމީން ވިދާޅުވުމުން އެހާ ބޮޑަށް އެ ފައިސާ ގުނަން މަސައްކަތް ނުކުރީ ކަމަށް ވެސް އޭނާ ބުންޏެވެ.

"ސީދާ ގުނުނީ ކިތައް ބޮނޑިކަމެއް އެހެން ދަންނަވާކަށް ނޭނގެ،" އޭނާ ބުންޏެވެ.

ފައިސާގެ ނޫޓުތައް 2015 ވަނަ އަހަރު ބަދަލު ކޮށްފައިވާތީ، ޔޫސުފް ނައީމަށް ދެއްވި ފައިސާ ހުރީ ކުރީގެ ނޫޓުންތޯ ނުވަތަ މިހާރު ބޭނުންކުރާ ފަހުގެ ނޫޓުންތޯ ސުވާލު ކުރުމުން އޭނާ ބުނީ އެކަން މިހާރު ހަނދާން ނެތް ކަމަށެވެ.

އޭގެފަހުން ކާރެއްގައި ނަރީޝްއާ އެކު އެ ފައިސާ ހިފައިގެން ޔޫސުފް ނައީމާ ހަވާލުކުރަން ގޮސް، ފައިސާ ހަވާލު ކުރުމަށްފަހު ފައިސާ ލިބުނުކަމުގެ ލިޔުމުގައި އޭނާ ލައްވައި ސޮއި ކުރުވީ ކަމަށް އޭނާ ބުންޏެވެ. އަދި އެ ލިޔުން ޔާމީނާ ވެސް ފަހުން ހަވާލުކުރި އޭނާ ބުންޏެވެ.

އެއީ ޑޮލަރު ގަތުމުގެ މުއާމަލާތެއްގެ ފައިސާކަން އެނގެނީ ކިހިނެތްތޯ ދައުލަތުން ސުވާލު ކުރުމުން އޭނާ ބުނީ އެކަން އެނގުނީ ޔޫސުފް ނައީމް ލައްވައި، ސޮއި ކުރުވި ލިޔުމުގައި އެ ވާހަކަ އޮތުމުން ކަމަށެވެ.

އެ ފައިސާ ގެންގޮސް ޔޫސުފް ނައީމާ ހަވާލުކުރި ކަމަށް ނަރީޝް މިދިޔަ ހަފުތާގައި ހެކިބަސް ދީފައިވެ އެވެ. އެ މައްސަލާގައި އިތުރު މީހެއްގެ ހެކިބަސް މިއަދު ނަގާނެ އެވެ.