Roadha Mihaaru
ގުދުރަތީ ރީތިކަން ބަލަން ނޭޗާ ޕާކުތަކަށް ދިވެހިން

ގުދުރަތީ ރީތިކަން ބަލަން ނޭޗާ ޕާކުތަކަށް ގިނަ ދިވެހިން ޒިޔާރަތްކުރޭ

12 ސެޕްޓެމްބަރ 2022

ރާއްޖޭގެ ބޮޑު ދެ ސިޓީގެ ނޭޗާ ޕާކާއި ބ. އަތޮޅު ބަޔޯސްފިއާ ރިޒާވަށް ކޮންމެ އަހަރަކު ވެސް ގިނަ ބަޔަކު ޒިޔާރަތް ކުރާކަން، އެންވަޔަރްމޭންޓް މިނިސްޓްރީން ހާމަކުރި މައުލޫމާތުތަކުން ދައްކައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގެ ބޮޑު ދެ ސިޓީގެ ނޭޗާ ޕާކާއި ބ. އަތޮޅު ބަޔޯސްފިއާ ރިޒާވަށް ކޮންމެ އަހަރަކު ވެސް ގިނަ ބަޔަކު ޒިޔާރަތް ކުރާކަން، އެންވަޔަރްމޭންޓް މިނިސްޓްރީން ހާމަކުރި މައުލޫމާތުތަކުން ދައްކައިފި އެވެ.

ލ. ގަމުގައި މިހާރު ކުރިއަށް ގެންދާ ލޯކަލް ކައުންސިލްތަކުގެ "ވިއަވަތި" ކޮންފަރެންސްގައި މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވީ، މީގެ 10 އަހަރު ކުރިން ބަޔޯސްފިއާ ރިޒާވްގެ ގޮތުގައި ކަނޑައެޅި ސަރަހައްދަށް އަހަރަކު 10،000 މީހުން ޒިޔާރަތްކުރާ ކަމަށެވެ. އޭގެ ތެރެއިން 90 ޕަސެންޓަކީ ޓޫރިސްޓުންނެވެ.

ޝައުނާ ވިދާޅުވީ އައްޑޫ ނޭޗާ ޕާކް ރަނގަޅަށް ހިންގުނު 2019 ވަނަ އަހަރު އެކަނި ވެސް އެ ޕާކަށް 12،000 މީހުން ޒިޔާރަތްކުރި ކަމަށެވެ. އެކަމަކު، ބަޔޮސްފިއާ ރިޒާވާ ހިލާފަށް އެ ތަނަށް ގިނައިން ޒިޔާރަތްކުރަނީ ދިވެހިންނެވެ.

ބަޔޮސްފިއާ ރިޒާވަށް ޒިޔާރަތްކުރާ 95 ޕަސެންޓަކީ ދިވެހީންނެވެ.

ފުވައްމުލަކު ނޭޗާ ޕާކަށް ވެސް އަހަރަކު 12،000 މީހުން ޒިޔާރަތް ކުރެ އެވެ.

ޝައުނާ ވިދާޅުވި ގޮތުގައި ޕާކުތައް ބަލަން ގިނަ ބަޔަކު ޒިޔާރަތް ކުރާއިރު، އެއީ ކައުންސިލްތަކަށް އާމްދަނީ ހޯދޭނެ ވަސީލަތްތަކެކެވެ.

އެހެންވެ، ގުދުރަތީ ރީތިކަން ލިބިފައިވާ ތަންތަން ރަނގަޅަށް ބަލަހައްޓަން ކައުންސިލްތަކުން މަސައްކަތް ކޮށްދިނުމަށް ޝައުނާ އެދިވަޑައިގަތެވެ.