ރާއްޖޭގެ ކަނޑުތަކުން ފެންނަ 36 ބާވަތެއްގެ މުރަކަ ނެތިގެން ހިނގައިދާނެ ކަމުގެ ބިރު ވަރަށް ބޮޑުވެފައިވާ ކަމަށް ދިރާސާއަކުން ދައްކާތީ، ރާއްޖޭގެ "ރެޑް ލިސްޓް"ގައި އިއްޔެ އެ ބާވަތްތައް ހިމަނައިފި އެވެ.
27 އޮކްޓޯބަރ 2022
ރާއްޖޭގެ ކަނޑުތަކުން ފެންނަ 36 ބާވަތެއްގެ މުރަކަ ނެތިގެން ހިނގައިދާނެ ކަމުގެ ބިރު ވަރަށް ބޮޑުވެފައިވާ ކަމަށް ދިރާސާއަކުން ދައްކާތީ، ރާއްޖޭގެ "ރެޑް ލިސްޓް"ގައި އިއްޔެ އެ ބާވަތްތައް ހިމަނައިފި އެވެ.
ރާއްޖޭގައި އުޅޭ ދިރޭ ތަކެތީގެ ތެރެއިން ނެތިގެން ހިނގައިދާނެ ކަމުގެ ބިރުހީވެފައިވާ ތަކެތީގެ ރެޑް ލިސްޓެއް އެކުލަވައިލުމުގެ މަސައްކަތް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ފެށީ މިދިޔަ އަހަރު އެވެ. އެ މަސައްކަތުގެ ދަށުން މި އަހަރު ފެބްރުއަރީ މަހު ރެޑް ލިސްޓުގައި އެންމެ ފުރަތަމަ ހިމެނީ ވެލަ އާއި ކަހަނބުގެ ބާވަތްތަކެވެ.
މިނިސްޓްރީން ބުނި ގޮތުގައި ތަހުލީލުކޮށްފައިވާ 39 ބާވަތެއްގެ ތެރެއިން ލިބިފައިވާ ނަތީޖާއިން އެނގެނީ ރާއްޖޭގައި މުރަކަތައް ހިމާޔަތްކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމެވެ. އޭގެ ތެރެއިން 36 ބާވަތެއްގެ މުރަކަ، ރެޑް ލިސްޓުގައި ކަނޑައަޅާ ހަތަރު ކެޓަގަރީގެ ތެރެއިން އެންމެ ނުރައްކާތެރި ކަމަށް ނިންމާ ތިން ކެޓެގަރީގައި ހިމެނެ އެވެ. އެއީ؛
• 23 ބާވަތެއްގެ މުރަކަ އިންތިހާ އަށް ނުރައްކަލުގައި
• 6 ބާވެއްގެ މުރަކަ ނުރައްކަލުގައި
• 7 ބާވަތެއްގެ މުރަކަ ނާޒުކު ހާލަތުގައި
• 3 ބާވަތެއްގެ މުރަކަ ބިރު ކުރިމަތިވުމާ ގާތުގައި
Status of 39 coral species have been assessed at a national level under the Maldives Red List. These assessments indicate we are in urgent need of conservation action for corals. An optimistic conservation planning outlook will help safeguard these species for the future. pic.twitter.com/SxzuaiSiF2
— Min. of Environment, Climate Change and Technology (@MoEnvmv) October 26, 2022
ނެތިގެން ހިނގައިދާނެ ކަމުގެ ބިރުހީވެފައިވާ މުރަކައިގެ ބާވަތްތަކުގެ ތަފްސީލީ ލިސްޓު ހިމެނޭ ޓުވީޓެއް.
އިނގިރޭސިވިލާތުގެ މަޝްހޫރު ސައިންޓިސްޓް ޗާލްސް ޑާވިން، 1840 ވަނަ އަހަރު ރާއްޖޭގެ ފަރުތަކާ ބެހޭ ގޮތުން ދިރާސާއެއް ކުރެއްވި އެވެ. އެ ދިރާސާގައި، ރާއްޖޭގެ މުރަކަ ފަރުތަކަކީ ދުނިޔޭގެ ފަރުގެ ސަރަހައްދުގެ 3.14 ޕަސެންޓް ހިއްސާކުރާ ފަރުތަކެއް ކަމަށް ބުނެފައިވެ އެވެ.
ރާއްޖޭގައި 2،041 އަށް ވުރެ ގިނަ ބާވަތުގެ މުރަކަ ފަރުތައް ހުންނަ ކަމަށް މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގެ ރެޑް ލިސްޓަށް އިތުރުކުރި މުރަކައިގެ ބާވައްތައް ހާމަކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ތިމާވެއްޓާ ބެހޭ މިނިސްޓަރު އައިޝަތު ޝައުނާ އާއި މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މުރަކައިގެ ބާވަތްތައް ރެޑް ލިސްޓަށް އިތުރުކުރުމުގެ ގޮތުން އިއްޔެ ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އައިޝަތު ޝައުނާ ވިދާޅުވީ ރެޑް ލިސްޓް އިނީޝިއޭޓިވްގެ ދަށުން މުރަކައާ ގުޅޭގޮތުން ހެދި ދިރާސާތައް ޝާއިއުކުރުމުން ރާއްޖޭގެ ގުދުރަތީ ތަންތަން ހިމާޔަތްކުރުމުގަ އާއި ތަރައްގީގެ ކަންކަން މިހާރަށް ވުރެ ރަނގަޅަށް ރޭވުމަށް މަގުފަހިވާނެ ކަމަށެވެ.
އަޅުގަނޑުމެންގެ ކުދި ޖަޒީރާ ރަށްވެހިންނަށް، މުރަކަ ފަރުތަކަކީ، ތޫފާން، ސުނާމީ، އަދި ގޮނޑުދޮށް ގިރުން ފަދަ ގުދުރަތީ ކާރިސާތަކުން ދިފާއުވުމުގެ ފުރަތަމަ ސަފު. އެއީ ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކަށް އިކޯސިސްޓަމް ބޭސްޑް އެޑަޕްޓޭޝަންގެ މުހިންމު ބައެއް: މިނިސްޓަރު ޝައުނާ
މުރަކަ އަކީ ރާއްޖޭގެ އިގުތިސާދަށް، ހާއްސަކޮށް ޓޫރިޒަމާއި މަސްވެރިކަމުގެ ދާއިރާ އަށް ވަރަށް މުހިންމު ވަސީލަތަކަށް ވާތީ ރާއްޖޭގައި މުރަކަތައް ނެތިދިއުމުގެ ނުރައްކާ ދެނެގަތުން ވަރަށް މުހިންމު ކަމަށް ޝައުނާ ވިދާޅުވި އެވެ.
"ހަމައެއާ އެކު، ކޮރަލް ރީފް އިކޯސިސްޓަމަކީ ދިވެހިންގެ ދުޅަހެޔޮ ކަމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެއް. އެއީ ރާއްޖޭގެ ކްލައިމެޓް ރެގިއުލޭޝަން، ސްޓޯމް ބަފަރިން، ގޮނޑުދޮށް ހިމާޔަތްކުރުމުގެ އިތުރުން، ތިމާވެށީގެ ނިޒާމުގެ އެހެނިހެން ގިނަ ހިދުމަތްތަކުގައި އިންސާނުންނަށް ވަޒަންވެރިކުރުވުމުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗެއް،" ޝައުނާ ވިދާޅުވި އެވެ.
ރާއްޖޭގެ ރެޑް ލިސްޓަށް އިތުރުކުރި މުރަކައިގެ ބާވައްތައް ހާމަކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ތިމާވެއްޓާ ބެހޭ މިނިސްޓަރު އައިޝަތު ޝައުނާ ވާހަކަދައްކަވަނީ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
"އަޅުގަނޑުމެންގެ ކުދި ޖަޒީރާ ރަށްވެހިންނަށް، މުރަކަ ފަރުތަކަކީ، ތޫފާން، ސުނާމީ، އަދި ގޮނޑުދޮށް ގިރުން ފަދަ ގުދުރަތީ ކާރިސާތަކުން ދިފާއުވުމުގެ ފުރަތަމަ ސަފު. އެއީ ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކަށް އިކޯސިސްޓަމް ބޭސްޑް އެޑަޕްޓޭޝަންގެ މުހިންމު ބައެއް."
ޝައުނާ ވިދާޅުވި ގޮތުގައި ތިމާވެށީގެ ގާނޫނުގެ ދަށުން ރާއްޖޭގައި 79 ސަރަހައްދެއް ހިމާޔަތްކޮށްފައިވެ އެވެ. އޭގެ ތެރެއިން 13 ޕަސެންޓް ސަރަހައްދުތަކަކީ ފަރުތަކެވެ.
ވެލަ އާއި ކަހަނބު ނެތިދިއުމުގެ ބިރު ބޮޑުވެފައިވާކަން ދިރާސާއަކުން ދައްކައިފި https://t.co/t6NAG3ZWxx
— Mihaaru (@Mihaarunews) February 20, 2022
"މުރަކަ ދިރުވައި އާލަކޮށްދިނުމަށް، ގުދުރަތީ ކެޕިޓަލް އެކައުންޓިން ފަދަ އެހެނިހެން މުހިންމު ފިޔަވަޅުތަކަށް އަލިއަޅުވާލައިގެން އަޅުގަނޑުމެން އެކި އެކި މަޝްރޫއުތައް ރާވައި، މިހާރު ވެސް ހިންގަމުން މިގެންދަނީ. އަޅުގަނޑުމެންގެ އުއްމީދަކީ މި ހުރިހާ މަސައްކަތެއްގެ ނަތީޖާއަކަށް ވާނީ މުރަކައިގެ ބާވަތްތައް މިހާރަށް ވުރެ ރަނގަޅު ހާލަތަކަށް ދިޔުން،" ޝައުނާ ވިދާޅުވި އެވެ.
ރެޑްލިސްޓް އެކުލަވައިލުމުގެ މަސައްކަތް ކުރުމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ހާއްސަ ފަންނީ ކޮމިޓީއެއް އުފައްދާފައިވެ އެވެ.
ރަސްފަރި ފަރުގައި މުރަކަ އިންދުމުގެ މަސައްކަތް ފަށައިފި
ސޯލާ ހަކަތަ ރައްކާކުރާ ސިސްޓަމް ގާއިމްކުރަން ޗައިނާއަށް
ތިމާވެށީގެ ޖޫރިމަނާ އަބަދު ގަލުއަޅާފައި!
ޕްލާސްޓިކް ކޮތަޅުގެ އަގުހެޔޮކުރަން ނަޝީދު ބޭނުމެއް ނޫން
ވިލިމާލެ ފަރު ފޫއަޅުވައިލިތާ 8 މަސް: އަޅައެއް ނުލި!
ވިލިމާލެ ފަރަށް ގެއްލުންވި މައްސަލަ އިސްތިއުނާފުކޮށްފި
އެންމެ ގިނައިން ވާރޭވެހެނީ ދެކުނުގެ ރަށްތަކަށް: ރިޕޯޓް
ގުދުރަތީ ރީތިކަން ބަލަން ނޭޗާ ޕާކުތަކަށް ދިވެހިން
ތެލުގެ ހޭދައިން 225 މިލިއަން ކުޑަކުރެވޭނެ: ޝައުނާ
ލުޔެއް ނުދީ 100 މިލިއަން ދައްކަން 15 ދުވަސް!