އިނގިރޭސި ރާނީ ކުއީން އެލިޒަބަތު ދެވަނަ އަވަހާރަވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސުކޫތެއް ގެނެސް، އެކަމަނާގެ ހަނދާން އާ ކޮށްފި އެވެ.
12 ސެޕްޓެމްބަރ 2022
އިނގިރޭސި ރާނީ ކުއީން އެލިޒަބަތު ދެވަނަ އަވަހާރަވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސުކޫތެއް ގެނެސް، އެކަމަނާގެ ހަނދާން އާ ކޮށްފި އެވެ.
މިއަދުގެ ޖަލްސާގެ މަސައްކަތްތައް ފެއްޓެވުމުގެ ކުރިން، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގަތީ ރާނީގެ ހަނދާނުގެ ސުކޫތަކަށް މެމްބަރުން ތެދުވެވަޑައިގަތުމަށެވެ.
ހިމޭން ވަގުތުކޮޅަކަށް ފަހު، ހުރިހާ ސިޔާސީ ޕާޓީތަކުގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރުން، އެ ކަމަނާ އަށް ތައުޒިޔާގެ ބަސްކޮޅެއް ވިދާޅުވި އެވެ.
އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ، އިނގިރޭސި ރާނީއަކީ ދުނިޔޭގެ ސުލްހަ އާއި އެއްބައިވަންތަކަން ދެމެހެއްޓުމަށް އެންމެ އިސް މަސައްކަތެއް ކުރެއްވި ބޭފުޅެއް ކަމަށެވެ. އަދި އެ ކަމަނާގެ ރަސްކަމުގެ ދައުރުގައި ރާއްޖެ އާއި އެތެރެވަރީގެ ގިނަ ގައުމުތައް އިސްތިއުމާރުގެ ކަސްތޮޅުތަކުން މިނިވަންވި ކަމަށް ވިދާޅުވި އެވެ.
އޭގެ ފަހުން ކޮަމްންވެލްތު ޖަމާއަތް އުފައްދަވައި، އޭގެ ތެރެއިން ރާއްޖެ އަށް ގިނަ އެހީތަކެއް ވެފައިވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.
"ރާއްޖޭގެ ސިއްހީ ދާއިރާ ވަރަށް ދަތިކޮށް އޮތް ދުވަސްވަރެއްގައި ގަވަމަންޓް ހޮސްޕިޓަލް ގާއިމު ވެގެން ދިޔައީ އިނގިރޭސި ދައުލަތުގެ އެހީތެރިކަމާއެކު. އަދި ސީ އެމްބިއުލެންސްއެއްގެ ހިދުމަތް ފޯރުކޮށްދިނީ މި އެހީތެރިކަމުގެ ދަށުން،" އަސްލަމް ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވީ، ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އިނގިރޭސީންގެ ހިމާޔަތް ނުލިބުނު ނަމަ ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހުނީސް ކަމަށެވެ.
ރާނީގެ ހަނދާނުގައި މަޖިލީހުގައި ބޭއްވި ސުކޫތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ބައެއް އިދާރީ މުވައްޒަފުން ބައިވެރިވަނީ.--- ފޮޓޯ: މަޖިލިހުގެ އިދާރާ
އެ ކަމަނާގެ ރަސްކަމުގެ ދަށުން ރާއްޖެ އަށް ވަރަށް ގިނަ އެހީތަކާއި ކޮމަންވެލްތުގެ ދަށުން ސްކޮލާޝިޕްތައް ވެސް ލިބެމުން އައި ކަމަށާއި ތަރައްގީ އަށް އެހީތެރިވެދިން ކަމަށް ގާސިމް ވިދާޅުވި އެވެ.
އިދިކޮޅު ޕީއެންސީގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވެސް ވަނީ ރާނީ ރާއްޖެ ވަޑައިގެން އުޅުން ދުވަސްވަރު އެ މަންޒަރު ބަލަން މީހުން ނުކުމެ އުޅުނު ގޮތާއި ދިވެހިންނަށް އެ ކަމަށް ޝައުގުވެރިކަން ހުރި ވަރުގ ވާހަކަ ވިދާޅުވެފަ އެވެ.
"އެ މީހުންގެ ތެރޭގައި އަޅުގަނޑު ވެސް އަޅުގަނޑުގެ ބައްޕަގެ ކޮނޑުމަތީގައި އިނދެގެން ރާނީ ވަޑައިގަންނަވާ މަންޒަރު ބެލި ހަނދާން ރަނގަޅަށް ހުރޭ،" އާދަމް ޝަރީފް ވިދާޅުވި އެވެ.
މަޖިލީހުގައި ތިއްބަވާ ޕީޕީއެމާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އާއި އެމްޑީއޭގެ މެމްބަރުން އެ ބަހުސްގައި އެއްޗެއް ވިދާޅެއް ނުވެ އެވެ.
ޕާޓީތަކުން ތައުޒިޔާ ކިޔައި ނިމުމުން ނަޝީދު ވަނީ އެ މަނިކުފާނު ރާއްޖޭގެ ރައީސް ކަން ކުރެއްވި ދުވަސްވަރު ރާނީއާ އެއްކޮށް ހޭދަކުރެއްވި ވަގުތުކޮޅެއްގައި އެ ކަމަނާ ދެއްކެވި ބައެއް ވާހަކަފުޅުތައް ހިއްސާ ކުރައްވައިފަ އެވެ.
ރާނީގެ އަތްޕުޅުގައި ހުރި، ރާއްޖެއާ ގުޅުން ހުރި ބައެއް ލިޔުންތަކާއި ބައެއް ބޭފުޅުން ދެއްވާފައިވާ ހަދިޔާތައް ވެސް އެ މަނިކުފާނަށް ދެއްކެވި ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ކުއީންގެ ހަނދުމަފުޅުގައިވާ އެއް ވާހަކައެއް ވިދާޅުވި. އެއީ ރާއްޖެ އަންނަން އުޅުއްވަނިކޮށް، ކަނޑުވެގެން ދިޔަ މަސް ދޯންޏެއްގެ ބަޔަކު މަނަވަރާ ދިމާވެގެން އެ މީހުން ނަގައިގެން ރަށަށް ލާން ދިނުމުގެ އުފާ ލިބިވަޑައިގަތް ވާހަކަ. އެއްސެވި އެ މީހުން ކޮބައިހޭ. އަޅުގަނޑަށް އެ މީހުންނާ ދިމާވެފައި އޮތުމުން ކުއީން އަރިހުން ދެންނެވިން އެ މީހުން ހެޔޮ ހާލުގައި ތިބި ކަމަށް،" ނަޝީދު ވިދާޅުވި އެވެ.
ރާނީ އެލިޒަބަތަކީ 1952 ވަނަ އަހަރުން ފެށިގެން އިނގިރޭސި ރަސްކަމުގެ ތަހުތުގައި 70 އަހަރު ފުރުއްވި ބޭފުޅެކެވެ. އެއީ އެންމެ ދިގު މުއްދަތަށް ރަނިކަން ކުރެއްވި ބޭފުޅާ އެވެ. އެ ކަމަނާއަކީ އިނގިރޭސި ވިލާތުގެ އިތުރުން އެހެން 14 ގައުމެއްގެ ވެސް ރާނީ އެވެ.
ކުއީން އެލިޒަބަތަކީ ދިވެހި ދައުލަތުގެ އެންމެ މަތީ ލަގަބު ކަމުގައިވާ ނިޝާން ޣާޒީގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު އަރުވާފައިވާ ބޭފުޅެކެވެ.
ރާނީގެ ތައުޒިޔާގައި ފަސްޓްލޭޑީ ލިޔުއްވީ މަންމަގެ މެސެޖް
ރާނީ އެލިޒަބަތުގެ ޖަނާޒާއަށް ރައީސް ވަޑައިގަންނަވަނީ
ސަފާތުގެ މަސައްކަތަށް އިނގިރޭސި ރާނީގެ ތައުރީފު
ކާމިޔާބު ކެމްޕޭނަކަށް ފަހު ނަޝީދު ޗުއްޓީ އަށް
މަޝްވަރާ އަށް ކުރީގެ ތިން މިނިސްޓަރަކު ލަންޑަނަށް
ޑިމޮކްރަސީ ފައްކާވާ މަންޒަރު ދެކެން ބޭނުން: ޑޯރިސް
ގޮނޑީގެ މައްސަލަ: ނުފޫޒު ނުފޯރުވަން އަމުރަކަށް އެދެފި
އޮޅުވާލި ފޯމުތަކުގެ ހެކިންނަށް ފިޔަވަޅު އެޅިތޯ ބަލަނީ
ސަފީރު ގޭގައި ބޮޑުކުރި ރުއް ހުޅުމާލޭގައި އިންދައިފި
ލަންޑަންގައި އައްޑޫ ޕްރޮމޯޓް ކުރަން ހަތްލައްކަ ރުފިޔާ!