Roadha Mihaaru
ރާނީގެ ތައުޒިޔާގައި ފަސްޓްލޭޑީ ލިޔުއްވީ މަންމަގެ މެސެޖް

ރާނީގެ ތައުޒިޔާގައި ފަސްޓްލޭޑީ ލިޔުއްވީ މަންމަގެ މެސެޖެއް

18 ސެޕްޓެމްބަރ 2022

ދާދި ފަހުން އަވަހާރަވި އިނގިރޭސި ރާނީ ކުއީން އެލިޒަބަތު ދެ ވަނަ ކޮށްދެއްވަވާފައިވާ ހިދުމަތްތަކަށް ސާބަސް ދެންނެވުމަށް މަންމަ އެދިވަޑައިގަތުމުން، ރާނީގެ ތައުޒިޔާގެ ދަފުތަރުގައި އެކަން ފާހަގަކުރެއްވި ކަމަށް ފަަސްޓްލޭޑީ ފަޒްނާ އަހުމަދު ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ދާދި ފަހުން އަވަހާރަވި އިނގިރޭސި ރާނީ ކުއީން އެލިޒަބަތު ދެ ވަނަ ކޮށްދެއްވަވާފައިވާ ހިދުމަތްތަކަށް ސާބަސް ދެންނެވުމަށް މަންމަ އެދިވަޑައިގަތުމުން، ރާނީގެ ތައުޒިޔާގެ ދަފުތަރުގައި އެކަން ފާހަގަކުރެއްވި ކަމަށް ފަަސްޓްލޭޑީ ފަޒްނާ އަހުމަދު ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ފަޒްނާ ވަނީ ރާނީއަށް އެންމެ ފަހުގެ އިހުތިރާމު އަދާކުރެއްވުމުގެ އިނގިރޭސި ވިލާތަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގައި ލަންޑަނުގެ ލަންކަސްޓާ ހައުސްގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި ލިޔުއްވައިފަ އެވެ.

ރައީސް ލިޔުއްވި މެސެޖްގައި ވަނީ ރާނީ އަވަހާރަވުމާ ގުޅިގެން މުޅި ދުނިޔެ ހިތާމަ ފާޅުކުރަމުންދާއިރު އެކަމަނާގެ ގައުމުގައި އެކަމަނާގެ ގާތް ބޭފުޅުންނާ އެކު އެންމެ ފަހުގެ އިހްތިރާމް އަދާކުރެއްވުމުގެ ފުރުސަތު އެމަނިކުފާނަށް ލިބިވަޑައިގެންނެވުމަކީ ޝަރަފެއް ކަމަށެވެ. އަދި ރާނީގެ ހަނދާންތަކަކީ ހިތްތަކުގައި ހިތްތަކުގައި ބިންވަޅު ނެގިފައިވާ އެތައް ޖީލުތަކަކަށް ދެމި އޮންނާނެ ހަނދާންތަކެއް ކަމަށް އެމަނިކުފާނު ލިޔުއްވި އެވެ.

ލަންޑަނުގެ ލަންކަސްޓާ ހައުސްގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ތައުޒިޔާގެ ލިޔުމެއް ލިޔުއްވަނީ-- ފޮޓޯ: ރައީސް އޮފީސް

ލަންޑަނުގެ ލަންކަސްޓާ ހައުސްގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ތައުޒިޔާގެ ލިޔުމެއް ލިޔުއްވަނީ-- ފޮޓޯ: ރައީސް އޮފީސް

ރައީސްގެ އަނބިކަނބަލުން ވިދާޅުވީ އިނގިރޭސި ވިލާތަށް ވަޑައިގެންނެވުމުގެ ކުރިން ހޮސްޕިޓަލުގައި އޮންނެވި އެކަމަނާގެ މަންމަގެ އަރިހަށް ޒިޔާރާތް ކުރެއްވުމުން، ރާނީ ކުރެއްވި ހިދުމަތަށް ސާބަސް ދެންނެވުމަށް ވިދާޅުވި ކަމަށެވެ. އެހެންވެ އެ ދަފްތަރުގެ ލިޔުމުގައި އެކަން ފާހަގަކުރައްވައި، ރައީސްގެ އަނބިކަނބަލުން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެންމެހާ މައިންގެ ފަރާތުން، އިނގިރޭސި ރާނީ މައެއްގެ ގޮތުގައި އެކަމަނާގެ ގައުމަށާއި ރައްޔިތުންނަށްޓަކައި ކޮށްދެއްވި ހިދުމަތްތަކަށް ތައުރީފް ކުރައްވައިފަ އެވެ.

އުމުރުފުޅުން 96 އަހަރުގައި އަވަހާރަވި ރާނީގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ވެސްޓްމިންސްޓާ އެބީގައި މާދަމާ އިނގިރޭސި ވިލާތުގެ ގަޑިން ހެނދުނު 11 ގަ އެވެ.