Roadha Mihaaru
ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހަތް ބޭފުޅަކަށް

ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހަތް ބޭފުޅަކަށް، ހިތްވަރު ދިނުމުގެ ގައުމީ އިނާމު 10 ބޭފުޅަކަށް

04 ސެޕްޓެމްބަރ 2024

ޝަރަފުވެރިކަމުގެ ގައުމީ އިނާމު މި އަހަރު ހަތް ބޭފުޅުކަށް، ހިތްވަރު ދިނުމުގެ ގައުމީ އިނާމު 10 ބޭފުޅަކަށާއި ކުންފުންޏަކަށް ސަރުކާރުން މިއަދު ދީފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޝަރަފުވެރިކަމުގެ ގައުމީ އިނާމު މި އަހަރު ހަތް ބޭފުޅުކަށް، ހިތްވަރު ދިނުމުގެ ގައުމީ އިނާމު 10 ބޭފުޅަކަށާއި ކުންފުންޏަކަށް ސަރުކާރުން މިއަދު ދީފި އެވެ.

މިއަދު ފާހަގަކުރާ ރާއްޖޭގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނާ އިނާމު ހަވާލު ކޮށްދެއްވައިފަ އެވެ.

ޝަރަފުވެރިކަމުގެ ގައުމީ އިނާމުގެ ގޮތުގައި ރައީސް ދޭއްވީ ޝަރަފުގެ އައްޑަނަ އާއި ޝަރަފުގެ ބެޖާއި ހަނދާނީ ލިޔުމެކެވެ.

ޝަރަފުވެރިކަމުގެ ލިބިވަޑައިގެންނެވި ބޭފުޅުންނަކީ؛

• ދެމިހުންނަނިވި ހާއްސަ ހިދުމަތެއް ކުރެއްވުމުގެ ދާއިރާއިން ހ. ހާޖަރާގޭ، މުހައްމަދު ތައުފީގް

• ސިއްހީ ދާއިރާއިން ވ. އަކީލާ، ޑރ. އަބްދުލްއަޒީޒް ޔޫސުފް

• ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރީގެ ދާއިރާއިން ހުޅުމާލެ ފްލެޓް ނަންބަރު 02-3-7، މުހައްމަދު މާޖިދު

• ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން މ. ހުސްނޫ، މޫސާ ލަތީފް

• ކުޅިވަރުގެ ދާއިރާއިން މ. މެޓްރޯވިލާ، މުހައްމަދު ނާސިރު

• ކުޅިވަރުގެ ދާއިރާއިން ވ. ރޭދުވާ، އަހްމަދު މުހައްމަދު

• ޕާފޯމިން އާޓްސްގެ ދާއިރާއިން ވ. ކަންދު، ރޯނުގޭ ހަސަންމަނިކު

ހިތްވަރު ދިނުމުގެ ގައުމީ އިނާމު މި އަހަރު ދިން ކުންފުންޏަކީ ވިޔަފާރި އާއި އިގުތިސާދީ ދާއިރާއިން، ވިޔަފާރި ފުޅާކޮށް ތަރައްގީ ކުރުމުގެ ރޮނގުން ރިޔަން ޕްރައިވެޓް ލިމިޓެޑަށެވެ.

ގައުމީ އިނާމަކީ ދިވެހި ގައުމަށާއި މުޖުތަމައުގެ ލާބަ އާއި މަންފާއަށްޓަކާ ވަކިވަކި ފަރުދުންނާއި މަދަނީ މުއައްސަސާތަކުންނާއި ޖަމިއްޔާތަކާއި ޖަމާއަތްތަކުންނާއި ވިޔަފާރި އިދާރާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ގައުމުގެ ތަރައްގީއަށް ކުރާ މަސައްކަތްތަކުގައި އެ ފަރާތްތަކުން ހޯދާ ކުރިއެރުންތައް ބަލައިގަނެ، އެކަންކަމުގެ އަގުވަޒަންކުރުމުގެ މަގުސަދުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމެކެވެ. ގައުމީ އިނާމުގެ ގޮތުގައި ދެނީ ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރުދިނުމުގެ ގައުމީ އިނާމެވެ.