Roadha Mihaaru
ޝަރަފުވެރިކަމުގެ އިނާމު 10 ބޭފުޅަކަށް އަރުވައިފި

ޝަރަފުވެރިކަމުގެ ގައުމީ އިނާމު 10 ބޭފުޅަކަށް، ހިތްވަރު ދިނުމުގެ އިނާމު 22 ފަރާތަކަށް އަރުވައިފި

20 އޮކްޓޯބަރ 2022

ޝަރަފުވެރިކަމުގެ މި އަހަރުގެ ގައުމީ އިނާމު 10 ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު 22 ފަރާތަކަށް ސަރުކާރުން މިރޭ އަރުވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޝަރަފުވެރިކަމުގެ މި އަހަރުގެ ގައުމީ އިނާމު 10 ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު 22 ފަރާތަކަށް ސަރުކާރުން މިރޭ އަރުވައިފި އެވެ.

ގައުމީ އިނާމު ދިނުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގަތް ބޭފުޅުންނަށް އިނާމު ހަވާލުކޮށް ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ޝަރަފުވެރިކަމުގެ ގައުމީ އިނާމު ދިނީ ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިންނާއި އިޖުތިމާއީ ދާއިރާއިންނާއި ދިވެހި ސަގާފަތާއި އާދަކާދައިގެ ދާއިރާއިންނާއި ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާ އާއި ވިޔަފާރީގެ ދާއިރާ އާއި ތިމާވެށްޓާއި ހަކަތައިގެ ދާއިރާގެ އިތުރުން މަސައްކަތްތެރިކަމުގެ ދާއިރާއިންނެވެ.

ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގަތް ބޭފުޅުން:

- ހަސަން ޝާކިރު މުހައްމަދު، ހ. ހުދުފިނިފެންމާގޭ (ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާ)

- މުހައްމަދު ޝާހިދު ހަލީމް، މ. ޑައިމަންޑްވެލީ (ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާ)

- ގދ. ތިނަދޫ، އަބްދުﷲ އާރޫޒު (ދިވެހި ސަގާފަތާއި އާދަކާދައިގެ ދާއިރާ)

ޝަރަފްވެރިކަމުގެ އިނާމު ލިބިވަޑައިގަތް ހަސަން ޝާކިރަށް ހަނދާނީ ފިލާ މިރޭ އަރުވަނީ --- ފޮޓޯ/ރައީސް އޮފީސް

ޝަރަފްވެރިކަމުގެ އިނާމު ލިބިވަޑައިގަތް ހަސަން ޝާކިރަށް ހަނދާނީ ފިލާ މިރޭ އަރުވަނީ --- ފޮޓޯ/ރައީސް އޮފީސް

- އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) ހ. ރަންރިބުދޫ (ސިއްހީ ދާއިރާ)

- ޑރ. މުހައްމަދު އަންވަރު، ސ. މީދޫ ހަސަންކާރިގޭ (ތައުލީމީ ދާއިރާ)

- މުހައްމަދު ޒާހިރު (މީމުޒަވިޔަނި) މއ. ކިނާރާހައުސް (ތިމާވެށްޓާއި ހަކަތައިގެ ދާއިރާ)

- ޒަރީނާ އަހުމަދު ދީދީ، ސ. ފޭދޫ ކުމުންޒާނިގޭ ( އިޖުތިމާއީ ހިދުމަތުގެ ދާއިރާ)

- އަހުމަދު އަލިމަނިކު، ގ. ވިޔަވަތި (އިޖުތިމާއީ ޚިދުމަތުގެ ދާއިރާ)

- މުހައްމަދު ސޯލިހް (ޑިމްސް ސޯލިހު) މ، ޝުއާޒް (ވިޔަފާރި އާއި އިގްތިސާދުގެ ދާއިރާ)

- އާބިދާ އިސްމާއިލް އަލީ މ. ކަނޑޫކުރި (މަސައްކަތްތެރިކަމުގެ ދާއިރާ)

ހިތްވަރު ދިނުމުގެ ގައުމީ އިނާމު ދެއްވީ 19 ބޭފުޅަކާއި އޯޓިޒަމް އެސޯސިއޭޝަނާއި ކުންފުންޏަކަށާއި ޑީ ޓިއުން ބޭންޑަށެވެ.

ގައުމީ އިނާމު ދޭނެ ބޭފުޅުން ކަނޑައަޅަނީ ރައީސް އުފައްދަވާ ގައުމީ އިނާމާ ބެހޭ ކޮމިޓީންނެވެ.