ށ. ފޭދޫގައި ތުއްތު ކުއްޖަކު މަރާލި މައްސަލާގައި އެ ކުއްޖާގެ މާމަ އާއި ދޮންކާފަ 10 އަހަރަށް ޖަލަށްލައި، މަރުގެ ދިޔައަށް އެއް މިލިއަން ރުފިޔާ ދައްކަން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
19 ސެޕްޓެމްބަރ 2022
ށ. ފޭދޫގައި ތުއްތު ކުއްޖަކު މަރާލި މައްސަލާގައި އެ ކުއްޖާގެ މާމަ އާއި ދޮންކާފަ 10 އަހަރަށް ޖަލަށްލައި، މަރުގެ ދިޔައަށް އެއް މިލިއަން ރުފިޔާ ދައްކަން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
2013 ވަނަ އަހަރު 15 އަހަރުގެ ކުއްޖަކު ބަލިވެ އިނދެ ކުއްޖަކު ވިހެއުމުން ވިހެއި ތުއްތު ކުއްޖާ މަރާލުމަށްފަހު އެ ކުއްޖާ އެ ގޭގެ ގިފިލި ތެރޭގައި ވަޅުލި މައްސަލައަކީ މުޅި ރާއްޖޭގެ ސަމާލުކަން އޭރު ލިބުނު ބޮޑު މައްސަލަ އެވެ.
އެ ހާދިސާއަށް ނުވަ އަހަރު ފަހުން، އެ މައްސަލާގައި މާމަ އާއި ދޮންކާފަގެ މައްޗަށް ކުރި ކުއްޖަކު މެރުމުގެ ދައުވާ ކުރިޔަސް، އެ ދެ މީހުންގެ މައްޗަށް ސާބިތުވީ ގަސްދަކާ ނުލައި ކުއްޖަކު މެރުމުގެ ދައުވާ އެވެ.
އެ ކުށުގެ އަދަބެއްގެ ގޮތުން އެ ދެ މީހުން 10 އަހަރާއި ހަ މަސް ދުވަހަށް ޖަލަށްލުމުގެ އިތުރުން މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ އެއް މަސް ތެރޭގައި ސިވިލް ކޯޓަށް ދައްކަން ހުކުމުގައި އަންގާފައިވެ އެވެ.
މީގެ އިތުރުން ކައްފާރާގެ ގޮތުން 60 ދުވަހު ރޯދަ ހިފަން ވެސް އެ ހުކުމުގައި އެ ދެ މީހުންނަށް އަންގާފައިވެ އެވެ. އެކަމަކު އެ މައްސަލަ ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެން ކަމަށްވާތީ އެ ހުކުމުގެ އިތުރު ތަފްސީލެއް ކޯޓުން ހާމައެއް ނުކުރެ އެވެ.
އެ މީހުން 10 އަހަރަށް ޖަލަށްލާން ހުކުމް ކުރިޔަސް، ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އެ މީހުން ދެން ތަންފީޒު ކުރަން ޖެހޭނީ ވަރަށް ކުރު މުއްދަތެއްގެ ޖަލު ހުކުމެކެވެ.
އެ މައްސަލާގައި ތުއްތު ކުއްޖާގެ މަންމަ ކަމަށްވާ 15 އަހަރުގެ އަންހެން ކުއްޖާގެ މައްޗަށް ޒިނޭގެ ދައުވާ ސާބިތުވެ، އޭނާ ގޭ ބަންދުކުރަން ވެސް ޖުވެނައިލް ކޯޓުން އޭރު ހުކުމްކުރި އެވެ. އެކަމަކު އެ ހުކުމް ބާތިލްކޮށް، ހައި ކޯޓުން ފަހުން ނިންމީ އެ ކުށް ސާބިތުނުވާ ކަމަށެވެ. އެއީ އެ ކުއްޖާއަށް ދައުވާ ކުރުމުން ބޭރުގެ ފަރާތްތަކުން ވެސް ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.
ކުށްކުރަން ކުޑަކުދިން ބޭނުންކުރާތީ ދައުވާކުރަން ފަށައިފި
ޒަޔާންގެ މަރު: ހަތަރު ކުޑަކުއްޖަކަށް ދައުވާކޮށްފި
އަސީލް މަރާލި މައްސަލަ އަލުން ބަލަން އަންގައިފި
ގާޒީ ފާއިޒްގެ ނިންމުން ބަދަލުކޮށް، ލަމްހާ ބަންދަށް
ކުއްޖެއްގެ ސިއްހަތަށް ގެއްލުންވާ ކަމެއް ކުރުމުން ޖަލަށް
އުދައްޔުގެ މަރު: ދެ މީހުން މެރުމަށް ހުކުމްކޮށްފި
ސާހިލްގެ ޝަރީއަތް: ހެކިބަސް ނެގުން ދެ މަހުން ނިންމަނީ
އުދައްޔުގެ މަރު: ދެ މީހަކަށް ކުށް ސާބިތުވެއްޖެ
ލަންކާ މީހަކު މަރާލި މައްސަލާގައި ކުށް ސާބިތުނުވި
ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 34 އަހަރަށް ޖަލަށް