Roadha Mihaaru
ތައިސޭ ކޮށި އެއްވެސް ބަޔަކަށް ދޫނުކުރާނެ: މުއިއްޒު

ތައިސޭ ކޮށި އެއްވެސް ބަޔަކަށް ދޫނުކުރާނެ: ޑރ. މުިއއްޒު

21 ސެޕްޓެމްބަރ 2022

މާލޭގެ އެންމެ މުހިންމު އެއް ބިން ކަމަށްވާ ތައިސޭ ކޮށި އެއްވެސް ބަޔަކަށް ދޫނުކުރާނެ ކަމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހަފުތާގައި ވިދާޅުވެއްޖެ އެވެ.

މާލޭގެ އެންމެ މުހިންމު އެއް ބިން ކަމަށްވާ ތައިސޭ ކޮށި އެއްވެސް ބަޔަކަށް ދޫނުކުރާނެ ކަމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހަފުތާގައި ވިދާޅުވެއްޖެ އެވެ.

މެޑިކަލް ފެސިލިޓީއެއް ހެދުމަށްޓަކައި ތައިސޭ ކޮށީގެ ބޮޑު ބައެއް އަމިއްލަ ބަޔަކަށް ދޫކޮށްފައިވާ ކަމަށް ވާހަކަ ދެއްކެވޭ ކަމަށް މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު "މިހާރު" އިން ދެންނެވުމުން މުއިއްޒު ވިދާޅުވީ އެއީ މާލޭގެ ވަރަށް މުހިންމު ބިމެއް ކަމަށާއި އެ ތަން އެއްވެސް ބޭނުމަކަށް އެއްވެސް ބަޔަކަށް ދޫނުކުރާނެ ކަމަށެވެ.

"ތައިސޭ ކޮއްޓަކީ އެ ކަހަލަ ކަމަކަށް ކަނޑައެޅިފައިވާ ތަނެއް ނޫން. އެ ތަނުގެ ތެރޭގައި ކައުންސިލްގެ އާންމު ހިދުމަތްތަކާ ބެހޭ ބަޔާއި އަދި ވަގުތީ ކޮންސްޓްރަކްޝަންގެ ބައެއް މަސައްކަތްތައް އެބަ ހިނގާ. ނާދީ އާއި އޯޑިއޮންގައި ފްލެޓްތައް އަޅާ މީހުންގެ ވަގުތީ ސައިޓް ވެސް އެ ތަނުގައި އެބަ ހިންގާ،" މޭޔަރު ވިދާޅުވި އެވެ.

މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވިގޮތުގައި، އިއުލާނުކޮށްގެން މާލޭގެ ބައެއް ބިންތައް ސިޓީ ކައުންސިލުން ދޫކުރަނީ މިކްސްޑް ޔޫޒް ޕާކިން ބިލްޑިންގްތަކެއް ހެދުމަށެވެ. އޭރުން އެ ފަރާތްތަކުގެ ހަރަދުގައި ޕާކިންއާއެކު، އެ ބަޔަކު ބޭނުންވާ މަސައްކަތެއް ކުރުމުގެ ފުރުސަތު ލިބޭނެ އެވެ. ސިޓީ ކައުންސިލުން ބޭނުންކުރާނީ ޕާކިންގެ ބައެވެ.

"ވަން އޯން ވަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" ކިޔާ ބަޔަކަށް މެޑިކަލް ފެސިލިޓީއެއް ހަދަން ތައިސޭ ކޮށި ދޫކުރަން ނިންމާފައިވާ ކަމަށް ދެއްކެވޭ ވާހަކަތަކާ ގުޅިގެން މުއިއްޒު ވިދާޅުވީ، ސިޓީ ކައުންސިލުން ދެނީ މިކްސްޑް ޔޫޒް ޕާކިން ބިލްޑިންގްތަކެއް ހެދުމަށް ކަމަށެވެ. އަދި އެ ކުންފުންޏާއެކު އެ ކަމަށް އެއްބަސްވިޔަސް ދޭނެ ބިމެއް އަދި ކަނޑަނާޅާ ކަމަށް ވެ އެވެ.