Roadha Mihaaru
ސިޓީ ކައުންސިލްގެ މަސައްކަތްތަކަށް ފުލުހުން ހާއްސަކުރަނީ

މާލޭ ސިޓީ ކައުންސިލްގެ މަސައްކަތްތަކަށް ހާއްސަ ފުލުހުން ނެެރެނީ

06 ޖޫން 2022

މާލޭ ސިޓީ ކައުންސިލްގެ ބައެއް މަސައްކަތްތައް ކުރުމަށް "ސްޕެޝަލް ކޮންސްޓެބަލް" ފުލުހުން ނެރެން ނިންމާފައިވާ ކަމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އާލިމް އަބްދުއްލަތީފް އާލިމް އަބްދުއްލަތީފް

މާލޭ ސިޓީ ކައުންސިލްގެ ބައެއް މަސައްކަތްތައް ކުރުމަށް "ސްޕެޝަލް ކޮންސްޓެބަލް" ފުލުހުން ނެރެން ނިންމާފައިވާ ކަމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

"މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި އޭނާ މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވީ، މާލެ ބެލެހެއްޓުން ވަރުގަދަކުރުމަށްޓަކައި އެއްބަސްވުމެއްގެ ދަށުން ސިޓީ ކައުންސިލްގެ މަސައްކަތް ކުރާ ފުލުހުން ހޯދަން ނިންމާފައިވާ ކަމަށެވެ. އަދި އެ ކަން ކުރުމަށްޓަކައި ފުލުހުންނާއެކު "ސްޕެޝަލް ކޮންސްޓެބްލަރީ" އެއްބަސްވުމެއް ހަދާފައިވާނެ ކަަމަށް ވިދާޅުވި އެވެ.

"ގާތްގަނޑަކަށް ސާޅީހަކަށް ޕޮލިސް އޮފިސަރުން ދެއްވާ އަޅުގަނޑުމެންނަށް. ޕޮލިސް އޮފިސާސް އަޅުގަނޑުމެންނާ ހަވާލުކުރަނީ އަޅުގަނޑުމެން ދޭ ޓާސްކެއް އަދާކުރަން،" މުއިއްޒު ވިދާޅުވި އެވެ.

މާލޭގެ މިސްކިތްތަކުގައި މީހުން ނިދުމަކީ ގިނަ ދުވަސްތަކެއް ވެ، ހައްލު ނުހޯދިފާވާ މައްސަލަ އެކެވެ.

މޭޔަރު ވިދާޅުވީ، ފުލުހުންނާއެކު ހަދާ އެއްބަސްވުމުގެ ދަށުން، މާލޭގެ މިސްކިތްތައް ވެސް ފުލުހުން މޮނިޓަ ކުރާނެ ކަމަށެވެ. އަދި މަގުމަތީގައި ކުނި ހުންނަ ތަންތަނަށް ވެސް އެ ފުލުހުން ގޮސް، ނުގަވައިދުން ފިހާރަތަކުން ނެރެފައި ހުންނަ މުދާ ނެގުމުގައި ވެސް ހަރަކާތްތެރިވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"ޕަބްލިކް ނިއުސެންސް އަށް ވާ ހުރިހާ ކަމެއް، އަޅުގަނޑުމެން ހުއްޓުވަން ބޭނުންވާ ހުރިހާ ކަންކަމަކަށް އެ ބޭފުޅުން އެޓެންޑު ވާނެ. ޕޮލިސް ޔުނިފޯމުގައި ތިބޭ ފުލުހުން އެއީ. މި ބަލަނީ ވަރަށް އަވަހަށް އެ ބޭފުޅުންގެ ރެކްރޫޓްމަންޓް ނިންމަވާފައި މަސައްކަތަށް ނެރެދެެއްވާނެ ކަމަށް،" މޭޔަރު ވިދާޅުވި އެވެ.

މާލެ ސިޓީ ކައުންސިލުން ބޭއްވި މީޑިއާ ބްރީފިންއެއްގައި މޭޔަރު މުއިއްޒާއި އެހެން ބައެއް ކައުންސިލަރުން.---ފޮޓޯ: މިހާރު

މާލެ ސިޓީ ކައުންސިލުން ބޭއްވި މީޑިއާ ބްރީފިންއެއްގައި މޭޔަރު މުއިއްޒާއި އެހެން ބައެއް ކައުންސިލަރުން.---ފޮޓޯ: މިހާރު

ރަނގަޅު ސީސީޓީވީގެ ނިޒާމަކުން މާލެ ސަރަހައްދު ގުޅައިލުމަށް ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ފުރަތަމަ ހުރިހާ މިސްކިތެއްގައި ކެމެރާ ހަރުކުރަން ނިންމީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ.

މުއިއްޒު ވިދާޅުވިގޮތުގައި، އެ މަސައްކަތުގެ 80 ޕަސެންޓް މިހާރު ވަނީ ނިންމާލައިފަ އެވެ. އެ މަސައްކަތް ކުރަނީ ކައުންސިލްގެ އާމްދަނީ ބަޖެޓުން ކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، މާލެ އާއި ވިލިމާލޭގައި ފައިބަރު އަޅައި މިހާރު ވަނީ ނިންމާފައިވާ ކަމަށެވެ.

ޕަބްލިކް ނިއުސެންސް އަށް ވާ ހުރިހާ ކަމެއް، އަޅުގަނޑުމެން ހުއްޓުވަން ބޭނުންވާ ހުރިހާ ކަންކަމަކަށް އެ ބޭފުޅުން އެޓެންޑު ވާނެ. ޕޮލިސް ޔުނިފޯމުގައި ތިބޭ ފުލުހުން އެއީ. މި ބަލަނީ ވަރަށް އަވަހަށް އެ ބޭފުޅުންގެ ރެކްރޫޓްމަންޓް ނިންމަވާފައި މަސައްކަތަށް ނެރެދެެއްވާނެ ކަމަށް،"--- މޭޔަރު

"މާލެ އާއި ވިިލިނގިއްޔާ ދޭތެރޭގައި އެއާ ފައިބާ ލިންކް ބްރިޖް ވެސް އަޅުގަނޑުމެން ގާއިމުކޮށްފިން. ވިލިނގިލީގައި ޓަވަރު ވެސް ބަހައްޓައިފިން. މި ހުރިހާ ކެމެރާތަކެއްގެ ކޮންޓްރޯލް ސެންޓަރު މިހާރު މި ހަދަނީ،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ކޮންޓްރޯލް ރޫމް ބަލަހައްޓާނީ ސިޓީ ކައުންސިލުންނެވެ. ނަމަވެސް، ފުލުހުން ބޭނުންވެއްޖެ ހާލަތެއްގައި ބޭނުންވާ ފުޓޭޖެއް ހިއްސާކުރާނެ ކަމަށް ވިދާޅުވި އެވެ.

މާލޭގެ މިސްކިތްތަކުގައި މަސްތުވެ، ނިދައި ހެދުމަކީ އާންމު ކަމަކަށް ވަނީ ވެފަ އެވެ. މަސްތުގެ ހާލަތުގައި ތިއްބާ މީގެ ކުރިން މިސްކިތްތަކުން މީހުން ހައްޔަރު ކޮށްފައި ވެސް ވެ އެވެ.