މެޑްރިޑް (ޖޫން 8) - ޔޫރޯ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމަށް މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިން ކުޅުނު އެކުވެރިކަމުގެ ފަހު މެޗުން އަމިއްލަ ދަނޑުގައި ރޭ ދުނިޔޭގެ 147 ވަނައިގައި އޮތް ޖޯޖިއާ އަތުން 1-0 އިން ބަލިވެއްޖެ އެވެ
08 ޖޫން 2016
މެޑްރިޑް (ޖޫން 8) - ޔޫރޯ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމަށް މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިން ކުޅުނު އެކުވެރިކަމުގެ ފަހު މެޗުން އަމިއްލަ ދަނޑުގައި ރޭ ދުނިޔޭގެ 147 ވަނައިގައި އޮތް ޖޯޖިއާ އަތުން 1-0 އިން ބަލިވެއްޖެ އެވެ
ރޭގެ މެޗުގެ ކުރިން ޖޯޖިއާ އެންމެ ފަހުން މެޗަކުން މޮޅުވީ މިދިޔަ އޮކްޓޫބަރު މަހު ޔޫރޯ ކޮލިފައިންގައި ގިބްރޯލްޓާ އަތުންނެވެ.
ރޭ ސްޕެއިންއާ ދެކޮޅަށް ކުޅުނު މެޗުގެ ބޮޑުބައި ޖޯޖިއާ އިން ކުޅުނީ ފަހަތަށް ޖެހިގެންނެވެ. އެ ޓީމުން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ މެޗުގެ 41 ވަނަ މިނިޓްގައި ޓޯނިކޭ އޮކްރިއަޝްވިލީ އެވެ. މިއީ މި މެޗުގައި ޖިއޯޖިއާ އިން ކުރި ހަމައެކަނި އެޓޭކެވެ.
ޖޯޖިއާ އިން ލީޑު ނެގުމުން ނަތީޖާ ހަމަހަމަ ކުރުމަށް ސްޕެއިނުން ވަނީ ގިނަ ހަމަލާތަކެއް ފޮނުވާލައިފަ އެވެ. ގިނަ ބަދަލުތަކާ އެކު ކުޅުނު ސްޕެއިން ޓީމުން ލަނޑު ޖަހަން އެންމެ ހުސް ފުރުސަތެއް ލިބުނީ ރެއާލް މެޑްރިޑަށް ކުޅޭ ލޫކަަސް ވަޒްކޭޒެވެ. ރޭގެ މެޗަކީ ވަޒްކޭޒް ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗެވެ.
ސްޕެއިނުން ރޭ އެންމެ ރަނގަޅު ހަމަލާއެއް ފޮނުވާލީ ބަޔާން މިއުނިކްގެ މިޑްފީލްޑަރު ތިއާގޯ އަލްކަންޓާރާ އެވެ. އޭރިއާ ބޭރުން އަލްކަންޓާރާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑި އަށެވެ.
ސްޕެއިން އަކީ އެންމެ ފަހުން ބޭއްވި ދެ ޔޫރޯގެ ވެސް ޗެމްޕިއަނުންނެވެ. އެ ޓީމުގެ ކޯޗު ވިސެންޓޭ ޑެލް ބޮސްކޭ ބުނީ މި މެޗުގެ ނަތީޖާ އަކީ އެ ޓީމަށް ލިބުނު މާޔޫސްކަމެއް ނޫން ކަމަށެވެ.
"މި ނަތީޖާއާ މެދު ވިސްނާ ފިކުރުކޮށް މާޔޫސްވާކަށް ބޭނުމެއް ނޫން. އަހަރެމެންގެ ޓާގެޓަކީ ޔޫރޯ. އެ މުބާރާތުގައި ރަނގަޅު ނަތީޖާތަކެއް ނެރެން ވިސްނަންވީ. މި މެޗުން ބަލިވީ އަހަރެމެންނަށް ނަސީބު އެހީނުވީމަ. މުބާރާތަށް ސްޕެއިންދާނީ އިސް އުފުލައިގެން،" ޑެލް ބޮސްކޭ ބުންޏެވެ.
ޔޫރޯގެ ފުރަތަމަ މެޗުގައި އަންނަ އާދިއްތަ ދުވަހު ސްޕެއިން ނުކުންނާނީ ޗެކް ރިޕަބްލިކާ ދެކޮޅަށެވެ.
އުންމީދީ ޖޯޖިއާގެ ހިތް ސްޕެއިން އިން ކުދިކުދިކޮށްލައިފި
ޔޫރޯގެ ނިޔަލަށް ލަފުއެންޓޭ މަގާމުގައި ދެމިހުންނާނެ
އޮލިމްޕިކްސްގެ ފައިނަލަށް ފްރާންސާއި ސްޕެއިން
ޔޫރަޕްގެ ޗެމްޕިއަންކަން ސްޕެއިން ހޯދައިފި
ސްޕެއިން އަބަދު މޮޅުވާނެކަމަށް ބަލައިގެން ނުވާނެ: ކޯޗު
ފްރާންސްގެ ހާ ކަތިލުމަށް ފަހު ސްޕެއިން ފައިނަލަށް
ގިނަ މީހުން ބުނަނީ މިރޭ ސްޕެއިން މޮޅުވާނެ ކަމަށް
ފޫހިކޮށް ކުޅެގެންވެސް ފްރާންސް އެބަ މޮޅުވޭ: ސްޕެއިން
ޖަރުމަނުގެ ހިތް ހަލާކުކޮށްލުމަށް ފަހު ސްްްޕެއިން ސެމީއަށް
ތުރުކިޔޭ އާއި ޗެކިއާގެ މެޗަށް ފަހު ހަމަނުޖެހުމެއް