Roadha Mihaaru
އެމްއެންޔޫގެ ދަސްވެނިވުން އަންނަ މަހު

އެމްއެންޔޫގެ ދަސްވެނިވުން އަންނަ މަހު

26 ސެޕްޓެމްބަރ 2022

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ދަސްވެނިވުން އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ޔުނިވާސިޓީން ބުނެފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ދަސްވެނިވުން އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ޔުނިވާސިޓީން ބުނެފި އެވެ.

އެމްއެންޔޫއިން ބުނީ މި އަހަރުގެ ދަސްވެނިވުން އޮންނާނީ ތިން ބަޔަކަށް ބަހާލައިގެން އަންނަ މަހުގެ 12 އިން 13 އަށް ކަމަށެވެ.

އެގޮތުން 12 ވަނަ ދުވަހުގެ ހެނދުނު ފެކަލްޓީ އޮފް އާޓްސް، ފެކަލްޓީ އޮފް ޝައީރާ އެންޑް ލޯ އަދި ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ދަރިވަރުންގެ ދަސްވެނިވުން އޮންނާނެ އެވެ

އެރޭ އޮންނާނީ ފެކަލްޓީ އޮފް އިންޖިނިއަރިން ސައިންސް އެންޑް ޓެކްނޮލަޖީ އާއި ފެކަލްޓީ އޮފް ނާސިން އަދި ފެކަލްޓީ އޮފް ހެލްތު ސައިންސުގެ ދަރިވަރުންގެ ދަސްވެނިވުމެވެ.

ދަސްވެނިވުވުމުގެ އެންމެ ފަހު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 13 ގަ އެވެ. އެ ދުވަހުގެ ހެނދުނު އޮންނަ ރަސްމިއްޔާތުގައި ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސް އާއި އެމްއެންޔޫގެ ބިޒްނަސް ސްކޫލުގެ ދަރިވަރުންގެ ދަސްވެނިވުން އޮންނާނެ އެވެ.

އެމްއެންޔޫ އިން ބުނި ގޮތުގައި މި އަހަރު 344 އަށް ވުރެ ގިނަ ދަރިވަރުން ދަސްވެނިވާނެ އެވެ.