Roadha Mihaaru

އެމްއެންޔޫގެ ގްރެޖުއޭޝަން: 3،600 އަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވާނެ

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ދަސްވެނިވުމުގެ ރަސްމިއްޔާތު މިއަދު ފަށައިފި އެވެ.

އެމްއެންޔޫގެ ގްރެޖުއޭޝަން ފަަށައިފި
އާސިމާ ނިޒާރު
އާސިމާ ނިޒާރު

17 އޮކްޓޯބަރ 2021

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ދަސްވެނިވުމުގެ ރަސްމިއްޔާތު މިއަދު ފަށައިފި އެވެ.

އެ ޔުނިވާސިޓީގައި، އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ކުރިއަށްގެންދާ ރަސްމިއްޔާތުގައި ސެޓްފިކެޓް ލެވެލް އިން ފެށިގެން މާސްޓާސް ލެވެލްގެ ސަތޭކައަށްވުރެ ގިނަ ޕްރޮގްރާމުން 3،632 ދަރިވަރުން ސެޓްފިކެޓް ހާސިލްކުރާނެ އެވެ.

ނަމަވެސް ސްޓޭޖު މަތިން ސެޓްފިކެޓު ދޭނީ ޑިގްރީ އިން މަތީގެ ކޯސްތަކުން ފާސްވެފައިވާ ދަރިވަރުންނަށް އެކަންޏެވެ. އެއީ 1،700 އަށްވުރެ ގިނަ ދަރިވަރުންނެވެ.

ހަތް ދަންފަޅިއަކަށް ގެންދާ ރަސްމިއްޔާތުގައި ސެޓްފިކެޓް ދޭނީ 2019 ގެ ފަހު ސެމިސްޓާ އިން ފެށިގެން މި އަހަރު މިހާތަނަށް ކިޔެވުން ނިންމާފައިވާ ދަރިވަރުންނަށެވެ.

އެމްއެންޔޫ އިން ބުނީ އެއް ކޯހަކުން އެންމެ ގިނަ ދަރިވަރުން ނިންމާފައިވަނީ ނާސިންގެ އެޑްވާސްޑް ސެޓްފިކެޓް ކޯސް ކަމަށެވެ. އެ ކޯހުން 312 ދަރިވަރުން ދަސްވެނިވެފައިވެ އެވެ.