Roadha Mihaaru

ބްރިޓިޝް އެއާވޭސް ރާއްޖެއަށް ކޮންމެ ދުވަހަކު

ބްރިޓިޝް އެއާވޭސް އިން ރާއްޖެއަށް ކޮންމެ ދުވަހަކު ފްލައިޓްތައް ބާއްވަން ނިންމައިފި އެވެ.

ބްރިޓިޝް އެއާވޭސް ރާއްޖެއަށް ކޮންމެ ދުވަހަކު
އަހުމަދު އަރުޝަމް
އަހުމަދު އަރުޝަމް

27 ސެޕްޓެމްބަރ 2022

ބްރިޓިޝް އެއާވޭސް އިން ރާއްޖެއަށް ކޮންމެ ދުވަހަކު ފްލައިޓްތައް ބާއްވަން ނިންމައިފި އެވެ.

ލަންޑަންގެ ހީތުރޯ އެއާޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ސީދާ ދަތުރުތައް އަންނަ މަހު 14 ގައި އަލުން ފަށާއިރު ހަފްތާއަކު ހަތަރު ފްލައިޓް އޮންނާނެ އެވެ.

ބްރިޓިޝް އެއާވޭސް އިން ބުނީ އަންނަ މަހުގެ 30 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ދަތުރުކުރަން ހަމަޖައްސާފައިވާ ކަމަށެވެ.

އިނގިރޭސިވިލާތުގެ ދެވަނައަށް އެންމެ ބޮޑު އެއާލައިން، ބްރިޓިޝް އެއާވޭސްގެ ދަތުރުތައް ރާއްޖެއަށް އެންމެ ފުރަތަމަ ފެށީ 2015 ވަނަ އަހަރު އެވެ.

އިނގިރޭސިވިލާތަކީ ރާއްޖެއަށް ޓޫރިސްޓުން އެންމެ ގިނައިން އަންނަ އެއް ގައުމެވެ. މި އަހަރުތެރޭ އެ ގައުމުން 119،000 އަށް ވުރެ ގިނަ ޓޫރިސްޓުން ވަނީ ރާއްޖެ އައިސްފަ އެވެ.