ޖިނާއީ ބައެއް މައްސަލަތަކުގެ އިސްތިއުނާފް ހަތް ދުވަސް ތެރޭގައި ނިންމަންޖެހޭތީ ޝަކުވާ ބޮޑުވެފައި ވަނިކޮށް މި މުއްދަތު 21 ދުވަސް ދިގުކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެދެފި އެވެ.
29 ސެޕްޓެމްބަރ 2022
ޖިނާއީ ބައެއް މައްސަލަތަކުގެ އިސްތިއުނާފް ހަތް ދުވަސް ތެރޭގައި ނިންމަންޖެހޭތީ ޝަކުވާ ބޮޑުވެފައި ވަނިކޮށް މި މުއްދަތު 21 ދުވަސް ދިގުކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެދެފި އެވެ.
ޕީޖީ އޮފީހުން މިގޮތަށް އެދުނުއިރު ކޯޓު އަމުރުތަކާ ގުޅޭ މައްސަލަތަކުގެ އިސްތިއުނާފް އެންމެ ފަނޑިޔާރަކު އިންނަވައިގެން ބެލޭ ގޮތަށް އިސްލާހު ކުރުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން އެދިފައިވެ އެވެ.
ޖިނާއީ އިޖްރައާތުގެ ގާނޫނު މިހާރު އޮންނަ ގޮތުން ކޯޓު އަމުރުތަކާއި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ މެދު ނިންމާ ނިންމުންތަކުގެ އިސްތިއުނާފް ގިނަވެގެން ހަތް ދުވަސް ތެރޭގައި ނިންމަންޖެހެ އެވެ. އެކަމުގެ ސަަބަބުން ހައި ކޯޓުގައި އެކަށީގެންވާ ވަގުތު ނުދީ މައްސަލަ ނިންމަންޖެހޭ ކަމުގެ ޝަކުވާ މިހާރު ވަނީ ބޮޑުވެފަ އެވެ.
ޖިނާއީ އިޖްރައާތުގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ހުށަހެޅި ބިލް ޖުޑިޝަރީ ކޮމެޓީ މަރުހަލާގައި ނިމުމަކާ ގާތް ވަނިކޮށް ޕީޖީ އާއި އޭޖީގެ ފަރާތުން އިތުރު އިސްލާހުތަކެއް ހުށަހެޅީ ޝަކުވާތަކަށް ހައްލު ގެނައުމަށެވެ.
ޕީޖީ ހުށަހެޅުއްވީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާއި މައްސަލަ ކުރިއަށް ގެންދިއުމާ މެދު މަދަނީ މިންގަނޑުން ނިންމާ ނިންމުންތަކުގެ އިސްތިއުނާފް ނިންމަންޖެހޭ މުއްދަތު 21 ދުވަހަށް ދިގުކުރުމަށެވެ. އަދި އެފަދަ ނިންމުންތައް އިސްތިއުނާފް ކުރަން ދައުލަތަށް ލިބޭ 48 ގަޑިއިރުގެ މުއްދަތު ދައުވާލިބޭ މީހުންނެކޭ އެއްފަދައިން 10 ދުވަހަށް އިތުރު ކުރުމަށް ޕީޖީ ހުށަހެޅުއްވި އެވެ.
ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު --- ފޮޓޯ/މިހާރު
ނަމަވެސް ކޯޓު އަމުރުތަކުގެ އިސްތިއުނާފް ހަތް ދުވަސް ތެރޭގައި ނިންމަންޖެހޭ ގޮތަށް ގާނޫނުގައި މިހާރު އޮތްގޮތަށް ބޭއްވުމަކީ ޕީޖީގެ ހުށަހެޅުއްވުމެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން ހުށަހެޅީ މިފަދަ މައްސަލަތަކުގެ އިސްތިއުނާފް ހައި ކޯޓުގެ އެންމެ ފަނޑިޔާރަކު އިންނަވައިގެން ބެލޭ ގޮތަށެވެ. މިއީ އިސްތިއުނާފީ ކޯޓެއްގައި އެންމެ ފަނޑިޔާރަކު އިންނަވައިގެން މައްސަލަ ބެލޭ ގޮތަށް ރާއްޖޭގެ ގާނޫނެއްގައި ލިޔާ ފުރަތަމަ ފަހަރެވެ.
ގާނޫނުއަސާސީ އާއި ކޯޓުތަކުގެ ގާނޫނު މިހާރު އޮންނަ ގޮތުން ސުޕްރީމް ކޯޓާއި ހައި ކޯޓުގައި މައްސަލަތައް ބަލާނީ އޮނަހިރި އަދަދެއްގެ އެއް ފަނޑިޔާރުންނަށް ވުރެ ގިނަ ފަނޑިޔާރުން ހިމެނޭ ބެންޗަކުންނެވެ.
ހަތް ދުވަސް ތެރޭގައި ބައެއް މައްސަލަތައް ނިންމަން ލާޒިމްވާތީ ހައިކޯޓުގެ ގިނަ މައްސަލަތަކަށް އޭގެ އަސަރުކޮށް، އަދި އެކަށީގެންވާ ވަގުތު ނުދީ މައްސަލަ ނިންމަންޖެހޭ ކަމުގެ ޝަކުވާ އެ ކޯޓުގެ ބައެއް ފަނޑިޔާރުން ވެސް ދާދިފަހުން ވަނީ ކުރައްވައިފަ އެވެ.
އަނަސްގެ މަރުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށްފި
ޔާމީންގެ މައްސަލަ އިސްތިއުނާފް ކުރުމާމެދު ގޮތެއް ނުނިމޭ
އައްމަޓީ ފުރުން މަނާކުރުމުގެ ވަގުތީ އަމުރަކަށް އެދިއްޖެ
އައްމަޓީ ފުރަން ހުއްދަ ދިން މައްސަލަ އިސްތިއުނާފްކުރަނީ
52 މިލިއަންގެ މައްސަލަ:ޕީޖީން ސުޕްރީމް ކޯޓަށް ނުދާނެ
"ބޭސް ކާޑު" ނިމުނީ، ދެން އޮތީ ވީ ހާލެއްގައިވުން؟
48 ގަޑިއިރު ގުނަން ޖެހޭނީ ވަގުތުން: ސުޕްރީމް ކޯޓް
ހައި ކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގެ ނިންމުންތަކާ ޚިލާފު
ނަޝީދަށް ހަމަލާދިން އެންމެން ސަލާމަތްވެދާނެ ހާލަތެއް!
އަލީ ވަހީދު ޕާސްޕޯޓް ދޫކޮށްލި އަމުރު އިސްތިއުނާފްކޮށްފި