ނައިބު ރައީސް ފައިސަލް ނަސީމް، އެމްޓީސީސީގެ އިސްވެރިންނާ މިއަދު ބައްދަލުކުރައްވައި އެ ކުންފުނީގެ މަސައްކަތްތައް ކުރިއަށް ގެންދާ ގޮތުގެ މައުލޫމާތު އޮޅުން ފިލުއްވައިފި އެވެ.
18 ޖުލައި 2020
ނައިބު ރައީސް ފައިސަލް ނަސީމް، އެމްޓީސީސީގެ އިސްވެރިންނާ މިއަދު ބައްދަލުކުރައްވައި އެ ކުންފުނީގެ މަސައްކަތްތައް ކުރިއަށް ގެންދާ ގޮތުގެ މައުލޫމާތު އޮޅުން ފިލުއްވައިފި އެވެ.
އެމްޓީސީސީގެ ހެޑް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި، ނައިބު ރައީސް ފައިސަލްގެ އިތުރުން ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓަރު މުހައްމަދު އަސްލަމާއި ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދާއިރާގެ މެމްބަރުންނާއި ހދ. ހަނިމާދޫ ދާއިރާގެ މެމްބަރު ވެސް ބައިވެރިވެވަޑައިގަތެވެ.
އެމްޓީސީސީގެ މަސައްކަތް ކުރިއަށް ގެންދާ ގޮތުގެ މައުލޫމާތު ނައިބު ރައީސަށް އެރުވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމެވެ.
އެމްޓީސީސީން ބުނީ މި ބައްދަލުވުމުގައި، އެ ކުންފުނިން ކުރިއަށް ގެންދާ ފުވައްމުލަކުގެ އެތެރޭގެ މަގުތަކާއި ހަނިމާދޫގެ މަގު ހެދުމުގެ މަޝްރޫއުތަކާ ގުޅޭ މައުލޫމާތު ހިއްސާކުރި ކަމަށެވެ. އެ ކުންފުނިން މަޝްރޫއުތައް ހިންގަނީ ފެންވަރު ރަނގަޅުކޮށް، ބާރު ސްޕީޑުގައި ކަމުގެ ޔަގީންކަން ވެސް ނައިބު ރައީސަށް އެމްޑީ އާޒިމް ދެއްވި ކަމަށް އެމްޓީސީސީން ބުނެ އެވެ.
ނައިބު ރައީސް، ފައިސަލް، އެމްޓީސީސީގެ އިސްވެރިންނާ މިއަދު ބައްދަލުކުރައްވަނީ.---ފޮޓޯ: އެމްޓީސީސީ
ހަނިމާދޫ މަގުތައް ލެވެލް ކުރުމުގެ މަސައްކަތުގެ 50 ޕަސެންޓަށް ވުރެ ބޮޑު ބައި ވަނީ ނިމިފަ އެވެ. މި މަޝްރޫއަށް 46.7 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވޭއިރު، މަސައްކަތް ނިންމަން 240 ދުވަސް ނަގާނެ ކަމަށް އެމްޓީސީސީން ލަފާކުރެ އެވެ.
ފުވައްމުލަކުގެ މަގުތައް ހެދުމުގެ މަޝްރޫއު މި މަސް ނިމުމުގެ ކުރިން ފެށޭނެ ކަމަށް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާޒިމް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ. އެގޮތުން، އެ މަސައްކަތް ފަށަން ކުރަން ޖެހޭ ޕްލޭނިންގެ ބޮޑުބައި މިހާރު ނިމިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ހިތަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ފަށައިފި
އެމްޓީސީސީއަށް ހަތް ބިލިއަން ރުފިޔާގެ މަޝްރޫއު
ހޯރަފުށީ މަގުތަކުގައި ތާރު އަޅަން ފަށައިފި
ދަތުރުފަތުރުގެ 800 މިލިއަން ރުފިޔާގެ މަޝްރޫއު މާދަމާ
އަންނަ އަހަރު ދަތުރުކުރާނީ ރީތި ބަސްތަކެއްގައި: އާޒިމް
ތިން އަހަރުން މުޅި ރާއްޖެ ފެރީން ގުޅާލެވޭނެ: އަސްލަމް
ފުވައްމުލަކުގެ މަގުތައް އަންނަ މަހު ހަދަން ފަށާނެ
ހއ. އާއި ހދ. ގެ މަޝްރޫއުތައް މި އަހަރު ނިމޭނެ
ރަސްފަންނު މަރާމާތުކުރުމުގެ ފުރުސަތެއް ނުދިން:އެމްޓީސީސީ
"ރަސްފަންނު ބަލަހައްޓަން އެމްޓީސީސީއާ އޮތީ ހަވާލުކޮށްފައި"