Roadha Mihaaru
ފަތިސް 05:06
އިރުއަރާ 06:20
މެންދުރު 12:24
އަސްރު 15:43
މަގްރިބް 18:21
ޢިޝާ 19:35
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
13 މީހުންނާއެކު ދަތުރުކުރި މަސްދޯންޏެއް ބިނދިއްޖެ

13 ފަޅުވެރިންނާ އެކު ދަތުރުކުރި މަސްދޯންޏެއް ބިންދައިގެން ހިނގައްޖެ

08 ޖުލައި 2020

ތ. ކިނބިދޫ ކައިރިން 13 ފަޅުވެރިންނާ އެކު ދަތުރުކުރި މަސްދޯންޏެއް މިއަދު ހެނދުނު ބިންދައިގެން ގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ތ. ކިނބިދޫ ކައިރިން 13 ފަޅުވެރިންނާ އެކު ދަތުރުކުރި މަސްދޯންޏެއް މިއަދު ހެނދުނު ބިންދައިގެން ގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެ އަތޮޅު ވޭމަންޑޫ "ދިރުން" ނަމަކަށް ކިޔާ ދޯނި ބިންދައިގެން ދިޔަ ނަމަވެސް އޭގައި ތިބި އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަަމަށް އެމްއެންޑީއެފުން ބުންޏެވެ. ކޯސްޓް ގާޑު، "ދިރުން" ދޯނި ކައިރީގައި މިހާރު ހަރަކާތްތެރިވާއިރު އޭގައި ތިބީ 11 ދިވެހިންނާއި ދެ ބިދޭސީން ކަމަށް ސިފައިން ބުންޏެވެ.

ކިނބިދޫގެ ހުޅަނގު ދެކުނުން ހަތަރު ނޯޓިކަލް މޭލު ބޭރުން ދަތުރުކުރި 91 ފޫޓުގެ މި ދޯނި ބިންދައިގެން ދިއުމުން ސެންޓްރަލް އޭރިއާގެ ސިފައިން މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

"ދޯނީގެ ވެރިފަރާތުން، ދޯނި ކަފުޖަހާނެ އުޅަނދެއް ހަމަޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން،" ސިފައިންގެ ތަރުޖަމާން މޭޖަ އިބްރާހިމް އާޒިމް ވިދާޅުވި އެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި، ދޯނި ބިންދައިގެން ދިޔަކަމުގެ ރިޕޯޓު ލިބުނީ މިއަދު ހެނދުނު 7:10 ހާއިރެވެ.