Roadha Mihaaru
ފުލުހަކަށް ބިރުދައްކައި އިންޒާރު ދިން މީހަކު ހޯދަނީ

ފުލުހަކަށް ބިރުދައްކައި އިންޒާރު ދިން މީހަކު ހޯދަނީ

02 އޮކްޓޯބަރ 2022

މާފަންނު ޕޮލިސް ސްޓޭޝަނަށް ވަދެ ފުލުހަކަށް ބިރުދައްކައި އިންޒާރު ދިން މައްސަލައަކާ ގުޅިގެން މީހަކު ހޯދަން މިއަދު އިއުލާނުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާފަންނު ޕޮލިސް ސްޓޭޝަނަށް ވަދެ ފުލުހަކަށް ބިރުދައްކައި އިންޒާރު ދިން މައްސަލައަކާ ގުޅިގެން މީހަކު ހޯދަން މިއަދު އިއުލާނުކޮށްފި އެވެ.

ފުލުހުން ބުނީ އެ އިދާރާގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރާ މައްސަލައަކާ ގުޅިގެން ހޯދަނީ ހުޅުމާލެ، ގޯތި ނަންބަރު 11399، މުހައްމަދު އަޒުހާން އިސްމާއިލް، 31، ކަމަށެވެ.

އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ، ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ނަންބަރު 9911099 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް އެދެ އެވެ.

މި ފަހުން ފުލުހުންނަށް އިންޒާރުދީ، އަނިޔާކުރާ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ. އެފަދަ މައްސަލަތަކުގައި ބައެއް މީހުން ހައްޔަރު ވެސް ކުރި އެވެ.

ފުލުހުންނަށް އިންޒާރުދޭ މީހުންގެ މައްސަލަ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލާނެ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ ވިދާޅުވެފަ އެވެ. އެކަމަކު، މިހާތަނަށް އެ އިން އެއްވެސް މީހަކަށް މާ ބޮޑު ފިޔަވަޅެއް އެޅިފައެއް ނުވެ އެވެ.