Roadha Mihaaru
ހަނގުރާމައަށް ދިޔަ ދިވެއްސަކު އެނބުރި އައިސް މާލޭގައި

ސީރިއާއަށް ހަނގުރާމައަށް ދިޔަ ދިވެއްސަކު އެނބުރި އައިސް މާލޭގައި

16 އެޕްރީލް 2018

ސީރިއާގެ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް އެ ގައުމަށް ދިޔަ ދިވެއްސަކު އެނބުރި ރާއްޖެ އައިސް މާލޭގައި ދިރިއުޅެން ފަށައިފި އެވެ. އޭނާ މިހާތަނަށް ހައްޔަރުކޮށްފައެއްނުވެ އެވެ.

ސީރިއާގެ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް އެ ގައުމަށް ދިޔަ ދިވެއްސަކު އެނބުރި ރާއްޖެ އައިސް މާލޭގައި ދިރިއުޅެން ފަށައިފި އެވެ. އޭނާ މިހާތަނަށް ހައްޔަރުކޮށްފައެއްނުވެ އެވެ.

އެނގިފައިވާގޮތުގައި މާލެ އަތޮޅު ރަށަކަށް، ނިސްބަތްވާ އެފިރިހެން މީހާ މީގެ އަހަރެއްހާ ދުވަސް ކުރިން ސީރިއާއަށް ދިޔައީ އޭނާގެ އަންހެނުންނާއި ކުޑަ ދަރިފުޅުވެސް ގޮވައިގެންނެވެ. އެގައުމުގައި ހަނގުރާމާގައި އުޅުމަށްފަހު އެމީހުން އެނބުރި ރާއްޖެ އައީ މިދިޔަ މަހު ފަހުކޮޅު އެވެ.

ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަކީ ރާއްޖޭގެ ގާނޫނު ބުނާގޮތުން ކުށެއް ނަމަވެސް މިހާތަނަށް އޭނާ ހައްޔަރުކޮށްފައެއް ނުވެ އެވެ.

އެކަމާ ގުޅިގެން ފުލުހުންގެ ބަހެއްވެސް ވަނީ ލިބޭގޮތް ނުވެފަ އެވެ.

ސީރިއާ އަށް ދިޔަ ދިވެހިންގެ އަދަދު މީގެ ކުރިން އުޅެނީ 49 ގައި ނަމަވެސް މިއަހަރު އިއުލާން ކުރިއިރު އެ އަދަދު 61 އަށް އަރާފައިވެ އެވެ.

ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މީގެ ކުރިން ވިދާޅުވެފައިވަނީ ހަނގުރާމައިގައި ބައިވެރިވުމަށް ފަހު އެނބުރި ރާއްޖެ އަންނަން ބޭނުންވާ ދިވެހިންނަށް ރާއްޖެ އައުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެ މީހުން ބޭނުން ވެއްޖެ ނަމަ އެކަން ކޮށްދޭނެ ކަމަށެވެ. އެކަމަކު ރާއްޖޭން ބޭރަށް ހަނގުރާމަ އަށް ދިޔުމަކީ ރާއްޖޭގެ ގާނޫނުތަކާ ހިލާފު ކަމަކަށް ވާތީ އޭގެ ދަށުން އެ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.