Roadha Mihaaru
ކްރިމިނަލްކޯޓު ހުޅުމާލެއަށް ބަދަލު ކުރެވޭނެ އިރެއްނޭނގޭ

ކްރިމިނަލް ކޯޓު ހިންގުން ހުޅުމާލެ އަށް ބަދަލު ކުރެވޭނެ ދުވަހެއް ނޭނގޭ

23 މެއި 2023

ކްރިމިނަލް ކޯޓު ހިންގުން ހުޅުމާލެ އަށް ބަދަލު ކުރެވޭނެ ދުވަހެއް އަދި ނޭނގޭ ކަމަށް އެ ކޯޓުން ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކްރިމިނަލް ކޯޓު ހިންގުން ހުޅުމާލެ އަށް ބަދަލު ކުރެވޭނެ ދުވަހެއް އަދި ނޭނގޭ ކަމަށް އެ ކޯޓުން ބުނެފި އެވެ.

ކްރިމިނަލް ކޯޓު ހިންގަމުންދާ އެސްޓީއޯގެ ކުރީގެ އިމާރާތް ބާވެ، އެތަނުގެ ބައިތައް ވެއްޓޭތީ އެ ކޯޓު ހިންގުން ހުޅުމާލޭގައި ހުންނަ ކުރީގެ ކޮވިޑް-19 ފެސިލިޓީ އަށް ބަދަލުކުރަން މިދިޔަ ފެބްރުއަރީ މަހު އޮތީ ނިންމައިފަ އެވެ.

ކްރިމިނަލް ކޯޓުގެ އިމާރާތުން މިހާރު ބޭނުން ކުރަނީ އެއް ބައި ކަމަށްވާތީ ގިނަ މީހުން ހާޒިރުކޮށްގެން ބާއްވަންޖެހޭ ޝަރީއަތްތައް ބޭއްވޭ މިންވަރު މިހާރު މަދެވެ. އަދި ގިނަ ޝަރީއަތްތައް ކުރިއަށް ގެންދަނީ އޮންލައިންކޮށެވެ. އެހެންވެ، ބޮޑެތި މައްސަލަތައް ކުރިއަށް ގެންދަން ދަތިތަކެއް ކުރިމަތިވެފައިވެ އެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހުޅުމާލެ އަށް އެ ކޯޓު ހިންގުން ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމަކު ބަދަލު ކުރެވޭނެ ސީދާ ތާރީހެއް އަދި ނޭނގޭ ކަމަށެވެ.

ކްރިމިނަލް ކޯޓު ކުރިން ހިންގަމުން ދިޔައީ ޖަސްޓިސް ބިލްޑިންގަ އެވެ. އެސްޓީއޯ ކުރީގެ އިމާރާތަށް އެ ކޯޓު ބަދަލުކުރީ 2016 ވަނަ އަހަރު އެވެ. ކްރިމިނަލް ކޯޓުގެ އިތުރުން މާލޭގެ ހުރިހާ ކޯޓަކަށް ވެސް ޖާގައިގެ ދަތިކަން ކުރިމަތިވެފައިވެ އެވެ.