Roadha Mihaaru
ބިދޭސީންގެ ސިއްހަތާ ގުޅޭ ޕޮލިސީއެއް ހަދަނީ

ބިދޭސީންގެ ސިއްހަތާ ގުޅޭ ޕޮލިސީއެއް ހަދަނީ

20 އޮކްޓޯބަރ 2022

ބިދޭސީންގެ ސިއްހަތާ ގުޅޭ ޕޮލިސީއެއް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ބިދޭސީންގެ ސިއްހަތާ ގުޅޭ ޕޮލިސީއެއް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.

ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރު މިދިޔަ އަންގާރަ ދުވަހު "މިހާރު" އަށް ވިދާޅުވީ ދިވެހިންގެ ސިއްހީ ކަންކަން ރަނގަޅު ކުރަން މަސައްކަތް ކުރާ ނަމަ އެ ކަމުގައި ބިދޭސީން ވެސް ބައިވެރިކުރަންޖެހޭނެ ކަމަށެވެ.

އޭގެ އެއް މިސާލަކީ ކޮވިޑު-19 ގެ ހާލަތެވެ. އެ ބަލި ފެތުރިގެން ދިޔައިރު، އެންމެ ގޯސް ހާލަތުގައި ތިބީ ބިދޭސީންކަން ޝާހު ފާހަގަކުރެއްވި އެވެ.

އެހެންވެ، "މައިގްރޭޝަން ހެލްތު ވޯކާސް" ޕޮލިސީ ހަދަން ފެށީ އެ ކަމަށް ޖުމުލަ ހައްލެއްގެ ގޮތުގައި ކަމަށް ވިދާޅުވި އެވެ.

އެ ޕޮލިސީ ހެދުމަށް ހެލްތު މިނިސްޓްރީން މި ފަހުން ވަނީ ސްރީ ލަންކާގެ ކަމާގުޅޭ ފަރާތްތަކާ ބައްދަލުކޮށްފަ އެވެ. ނަމަވެސް، ލަންކާއަކީ ރާއްޖެއާ ހިލާފަށް މަސައްކަތް ކުރަން އެހެން ގައުމުތަކަށް މީހުން ފޮނުވާ ތަނެކެވެ. ރާއްޖެއަކީ މީހުން އެތެރެކުރާ ގައުމެކެވެ.

ބިދޭސީންނަށް މިހާރު ވެސް ރާއްޖެއަށް އާދެވެނީ ބައެއް ޓެސްޓުތަކެއް ހަދައިގެންނެވެ. ނަމަވެސް، އެކަމާ ގުޅޭގޮތުން ހެލްތު މިނިސްޓްރީގެ ސީދާ ޕޮލިސީއެއް އަދި ނޯވެ އެވެ.

"މިހާރު އޮތް ޕޮލިސީގައި ބިދޭސީންނަށް އިންޝުއަރެންސެއް އޮވޭ. އެ އިންޝުއަރެންސްގައި ހުރި ބައިތަކަށް ބަލާފައި ބައެއް ބަދަލުތައް ގެނައުމާއި ވަޒީފާ ދޭ ފަރާތުން ޑިފެންޑު ކުރަން ހުރި ކަންތައްތަކާއި ބިދޭސީންގެ ނަފުސާނީ މައްސަލަތަކަށް އިތުރަށް މަސައްކަތް ކުރެވޭނެ،" ޝާހު ވިދާޅުވި އެވެ.

"ސިއްހީ ދާއިރާ ވަރުގަދަކުރަން މައިގްރެންޓް ޕޮލިސީއަކީ ރަނގަޅު ކަމެއް. ވިން-ވިން ސިޓުއޭޝަނަކަށް މި ވަނީ،"