Roadha Mihaaru
ޝަރަފުގެ އިނާމު 4، ހިތްވަރުގެ އިނާމު 17 ބޭފުޅަކަށް

ޝަރަފުވެރިކަމުގެ އިނާމު ހަތަރު ބޭފުޅަކަށް، ހިތްވަރުދިނުމުގެ އިނާމު 17 ބޭފުޅަކަށް

26 ޖުލައި 2023

މި އަހަރު ސަރުކާރުން ދޭ ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހަތަރު ބޭފުޅަކަށާއި ކުންފުންޏަކަށް އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު 17 ބޭފުޅަކަށާއި ޖަމިއްޔާއަކަށް މިއަދު ދީފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މި އަހަރު ސަރުކާރުން ދޭ ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހަތަރު ބޭފުޅަކަށާއި ކުންފުންޏަކަށް އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު 17 ބޭފުޅަކަށާއި ޖަމިއްޔާއަކަށް މިއަދު ދީފި އެވެ.

މި އިނާމުތައް ދެއްވީ 58 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ދިވެހިބަހާއި ބަހުގެ އިލްމު ކުރިއެރުވުމާއި ބަސް ދިރާސާކުރުމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމު ލިބުނު ޖަމިއްޔާ، ލިޔުންތެރިންގެ ގުޅުމުގެ ފަރާތުން އިނާމާ ހަވާލުވެވަޑައިގެންނެވި އައްބާސް އިބްރާހިމްއަށް ހަނދާނީ ފިލާ އަރުއްވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސް ދެއްވީ، ޝަރަފުގެ އައްޑަނަ އާއި ޝަރަފުގެ ބެޖެވެ. އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސް ދެއްވީ ހަނދާނީ ފިލައެކެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމު މި އަހަރު 28 ބޭފުޅަކަށް ލިބިވަޑައިގެންނެވި އެވެ. މިއަދުގެ ޖަލްސާގައި އެ ބޭފުޅުންނަށް ވެސް އިނާމު ހަވާލުކުރެއްވި އެވެ.

ހަބަރާއި މައުލޫމާތު ފެތުރުމުގެ ރޮނގުން ހިތްވަރުދިނުމުގެ ގައުމީ އިނާމު ހޯއްދެވި ޝިފްޒާ މުސްތަފާ އަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިނާމު ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ހަބަރާއި މައުލޫމާތު ފެތުރުމުގެ ރޮނގުން ހިތްވަރުދިނުމުގެ ގައުމީ އިނާމު ހޯއްދެވި ޝިފްޒާ މުސްތަފާ އަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިނާމު ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ގައުމީ އިނާމު އެރުވި ބޭފުޅުންނާއި ކުންފުނި

• އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި ދީނަށް ހިދުމަތްކުރުމާއި ދީނީ އިލްމު އުނގަންނައިދިނުމުގެ ދާއިރާއިން، އަހުމަދު ފަހުމީ ދީދީ، ގ. ސިނަމާލެ 1 13-01.

• ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ރަޝީދާ އިބްރާހީމް، އާރު، ގދ. ތިނަދޫ.

• ދަތުރުފަތުރުގެ ދާއިރާއިން، އަހުމަދު ޒުބައިރު، މ. މޯނިންގވިލެޖް.

• ކުޅިވަރުގެ ދާއިރާއިން، މައިޒާން އަލީ މަނިކު، ހ. އިސްދޫ.

• ފަތުރުވެރިކަމުގެ ދާއިރާއިން، ވޮޔޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް.

ހާއްސަ އިނާމު ލިބިވަޑައިގެންނެވި ބޭފުޅަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިނާމު ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ހާއްސަ އިނާމު ލިބިވަޑައިގެންނެވި ބޭފުޅަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިނާމު ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ހިތްވަރުދިނުމުގެ ގައުމީ އިނާމު އެރުވި ބޭފުޅުންނާއި ޖަމިއްޔާ

• ގުރުއާނުގެ އިލްމު އުނގެނުމާއި އުނގަންނައިދިނުމުގެ ރޮނގުން، އިބްރާހީމް ރަމްޒީ، ހިޔާ، ށ. ފުނަދޫ.

• ދީނީ އިލްމު އުނގަންނައިދިނުމުގެ ރޮނގުން، ހަސަން ލަތީފް މޫސާ، ހިކަދިގަސްދޮށުގެ، ސ. ހިތަދޫ.

• ވާހަކަދެއްކުމުގެ ފަންނު ކުރިއެރުވުމުގެ ރޮނގުން، އަލީ އަމީރު، ލަކީސްޓާ، ދ.ބަނޑިދޫ.

• ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން، ފާރޫގު އަހުމަދު، ކްރެޝެންޓްވިލާ، ހދ. ފިނޭ.

• ދިވެހިބަހާއި ބަހުގެ އިލްމު ކުރިއެރުވުމާއި ބަސް ދިރާސާކުރުމުގެ ރޮނގުން، ލިޔުންތެރިންގެ ގުޅުން ޖަމިއްޔާ

• އިހުގެ ފަންނުތައް ދިރުވައި އާލާކުރުމުގެ ރޮނގުން، އަބްދުއްސަމަދު އަލީ، ނިކަގަސްދޮށުގެ، މ. ވޭވަށް.

• ތައުލީމު އުނގަންނައިދިނުމުގެ ރޮނގުން، މުހައްމަދު ވަޖީހު، ޕޭންޓްލޭންޑް، ބ. އޭދަފުށި.

• ދޮށީގެ މަސްވެރިކަމާއި ބޮޑު ކަންނެލީގެ މަސްވެރިކަން ކުރުމުގެ ރޮނގުން، އިބްރާހީމް ރަޝީދު، ގުރަހަ، ހއ. އިހަވަންދޫ.

ހާއްސަ އިނާމު ލިބިވަޑައިގެންނެވި ބޭފުޅަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިނާމު ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ހާއްސަ އިނާމު ލިބިވަޑައިގެންނެވި ބޭފުޅަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިނާމު ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

• ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ދިވެހީން ބިނާކުރުމަށާއި ދިވެހީން ޝައުގުވެރިކުރުވުމަށް މަސައްކަތްކުރުމުގެ ރޮނގުން، ހަސަން ސައީދު، މާދަޑު، އެއްގަމިގެ، ފުވައްމުލައް.

• ދެމެހެއްޓެނިވި ގޮތެއްގައި ވަޒީފާގެ ފުރުސަތުތައް ގާއިމުކޮށްދީ، ފަރުދުންގެ ކުރިއެރުމަށް މަގުފަހިކޮށްދިނުމުގެ ރޮނގުން، ޝިޔާމާ އަހުމަދު, މ. ކަރޭޖް.

• މުޖުތަމައުގެ ދުޅަހެޔޮކަމާއި ޒުވާނުންގެ ތަރައްގީ އަށާއި ޒުވާނުން ބިނާކުރުމަށާއި ތަރުބިއްޔަތު ކުރުމަށް މަސައްކަތްކުރުމުގެ ރޮނގުން، ޔާސިރު މުހައްމަދު، މައިދާން، ޅ. ނައިފަރު.

• ހަބަރާއި މައުލޫމާތު ފެތުރުމުގެ ރޮނގުން، ޝިފްޒާ މުސްތަފާ، މާދަޑު، އާސާން، ފުވައްމުލައް

• ހަބަރާއި މައުލޫމާތު ފެތުރުމުގެ ރޮނގުން، އަހުމަދު މުހުސިން، ގުލްފާމްގެ، ހދ. ނައިވާދޫ.

ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިން ގައުމީ އިނާމު ހޯއްދެވި ރަޝީދާ އިބްރާހީމް އަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިނާމު ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިން ގައުމީ އިނާމު ހޯއްދެވި ރަޝީދާ އިބްރާހީމް އަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިނާމު ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

• ކުޅިވަރުގެ ދާއިރާއިން މީހުން ތަމްރީނުކުރުމުގެ ރޮނގުން، އަހުމަދު ސަލީމް، މ. ކުނޑި

• ކަލިނަރީ އާޓްސްގެ ރޮނގުން، އާމިނަތު ޝާނީ، މ. ތަރިވިދާގެ.

• ފައިން އާޓްސް (ލިޔުމާއި ކުރެހުމާއި ފަރުމާކުރުން) ރޮނގުން، އަހުމަދު އަޒުމީ ހަލީމް، މ. ހަރްމަލްގެ.

• ރޭޑިއޯ ޑްރާމާ ކުޅުމާއި މީހުން ތަމްރީނުކުރުމުގެ ރޮނގުން، މުހައްމަދު ނިހާން ނަސީރު، ހ. ސޯފިޔާ

• ހިލޭސާބަހަށް މަސައްކަތްކުރުމާއި މަސައްކަތްކުރުމުގެ ރޫހު އާލާކުރުމުގެ ރޮނގުން، އަބްދުﷲ ޝަހުނީޒް، އޯކިޑުމާގެ، ނ. ޅޮހި.

ފަތުރުވެރިކަމުގެ ދާއިރާއިން ގައުމީ އިނާމު ހޯއްދެއްވި ވޮޔޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިނާމު ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ފަތުރުވެރިކަމުގެ ދާއިރާއިން ގައުމީ އިނާމު ހޯއްދެއްވި ވޮޔޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިނާމު ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ގައުމީ އިނާމަކީ ގައުމާއި މުޖުތަމައުގެ ލާބަ އާއި މަންފާއަށްޓަކައި މަސައްކަތްކުރާ މީހުންނާއި މުއައްސަސާތަކާއި ޖަމިއްޔާތަކާއި ވިޔަފާރިތަކުން ކުރާ މަސައްކަތް އަގުވަޒަންކޮށް، ހިތްވަރުދިނުމުގެ ގޮތުން ސަރުކާރުން ކޮންމެ އަހަރަކު ވެސް ދެމުން އަންނަ އިނާމެކެވެ.

މިއަދު ޖަލްސާގައި ވަނީ ދައުލަތުގެ ގިނަ މަގާމުތަކެއް ދިގު މުއްދަތަކަށް ފުރުއްވާފައިވާ ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތޮފާ ލުތުފީ އަށް ދިވެހި ދައުލަތުގެ މަތީ އިއްޒަތް، ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތް ވެސް އަރުއްވައިފަ އެވެ.