Roadha Mihaaru
ގައުމީ އިނާމު މިއަހަރު 26 ބޭފުޅަކަށް

މިއަހަރު ގައުމީ އިނާމު 26 ބޭފުޅަކަށް

27 އޮކްޓޯބަރ 2019

މި އަހަރުގެ ގައުމީ އިނާމު 26 ބޭފުޅަކަށް ދިނުމަށް ގައުމީ އިނާމާ ބެހޭ ކޮމެޓީން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މި އަހަރުގެ ގައުމީ އިނާމު 26 ބޭފުޅަކަށް ދިނުމަށް ގައުމީ އިނާމާ ބެހޭ ކޮމެޓީން ނިންމައިފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސް އެކުލަވާލައްވާފައިވާ ގައުމީ އިނާމާ ބެހޭ ކޮމެޓީން މި އަހަރު ޝަރަފްވެރި ކަމުގެ ގައުމީ އިނާމު ފަސް ބޭފުޅަކަށް ދެއްވުމަށާއި ހިތްވަރު ދިނުމުގެ ގައުމީ އިނާމު 21 ބޭފުޅަކަށް ދެއްވުމަށް ނިންމާފައިވާ ކަމަށެވެ.

ޝަރަފްވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިން ދެ ބޭފުޅުންނަކީ ކުރިން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުން ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެކަމަކު އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންގެ މައުލޫމާތު ރައީސް އޮފީހުން އަދި ހާމައެއް ނުކުރެ އެވެ.

ގައުމީ އިނާމު ދޭނީ ގައުމީ ދުވަހުގެ މުނާސަބަތުގައި މާދަމާ ރޭ ދަރުބާރުގޭގައި ބާއްވާ ރަސްމިއްޔާތުގަ އެވެ.

މީގެކުރިން ގައުމީ އިނާމު ދެމުން އައީ ޖުމްހޫރީ ދުވަސް ކަމަށްވާ ނޮވެމްބަރު، 11 ގައި ބާއްވާ ރަސްމިއްޔާތެއްގައި ކަމަށް ވިޔަސް، މި އަހަރުން ފެށިގެން ގައުމީ އިނާމު ދިނުން ގައުމީ ދުވަހު ބާއްވާ ގޮތަށް ރައީސް ވަނީ ހަމަޖައްސަވައިފަ އެވެ. މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރައީސްކަމާ ހަވާލުވެ ވަޑައިގަތް ފަހުން ބާއްވާ އެފަދަ ފުރަތަމަ ރަސްމިއްޔާތެވެ.