ޕްރިމިއާ ލީގުގައި ރޭ ޗެލްސީއާ 1-1 އިން މެންޗެސްޓާ ޔުނައިޓެޑް އެއްވަރުވި މެޗުގައި އެ ޓީމުގެ ފްރާންސް ޑިފެންޑަރު ރަފައެލް ވަރާންގެ ފަޔަށް އަނިޔާވެއްޖެ އެވެ.
23 އޮކްޓޯބަރ 2022
ޕްރިމިއާ ލީގުގައި ރޭ ޗެލްސީއާ 1-1 އިން މެންޗެސްޓާ ޔުނައިޓެޑް އެއްވަރުވި މެޗުގައި އެ ޓީމުގެ ފްރާންސް ޑިފެންޑަރު ރަފައެލް ވަރާންގެ ފަޔަށް އަނިޔާވެއްޖެ އެވެ.
ވޯލްޑް ކަޕަށް ފެށެން މަހަކަށް ވުރެ ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް ވަރާން އަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާ އަށް އެ މުބާރާތުގައި ނުކުޅެވިދާނެ އެވެ.
އަނިޔާއާ ގުޅިގެން އޭނާ ދަނޑުން ފޭބީ ރޮމުންނެވެ.
އުމުރުން 29 އަހަރުގެ ކުޅުންތެރިޔާ އަށް ހާނިއްކަވީ ޗެލްސީގެ ފޯވާޑް ޕިއެރޭ އެމެރިކް އޯބަމަޔަން އަތުން ބޯޅަ ހޯދުމުގެ ތެރޭ ބިންމަތީ ފައި އެޅުނު ގޮތަކުންނެވެ.
ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހަގް ބުނީ އަނިޔާގެ ތަފްސީލް އަދި ނޭގޭ ކަމަށެވެ. އޭނާ ބުނީ ތަފްސީލެއް ލިބޭނީ 24 ގަޑިއިރު ފަހުން ކަމަށެވެ.
ހަގް ބުނީ އަނިޔާވުމުން ވަރާން ޖަޒުބާތީވާނެކަން އެނގޭ ކަމަށާއި އެކަމަކު ތަފްސީލް ލިބެންދެން އޭނާ ވެސް މަޑުކުރަން ޖެހޭ ކަމަށެވެ.
ރެއާލް މެޑްރިޑުން މިދިޔަ އަހަރު ޔުނައިޓެޑާ ގުޅުނު ޑިފެންޑަރަށް ފަހަކަށް އައިސް އަނިޔާގެ ގިނަ މައްސަލަތަކެއް ވަނީ ކުރިމަތިވެފަ އެވެ.
ފްރާންސުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރިއިރު މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިޔެކެވެ.
ފްރާންސްގެ ބަދަލު ގޯލްކީޕަރު އޭސީ މިލާނުގެ މައިކް މައިނަން އަށް ވެސް އަނިޔާވެ ވޯލްޑް ކަޕުގައި ނުކުޅެވޭނެކަން ގާތްގަނޑަކަށް ވަނީ ކަށަވަރުވެފަ އެވެ. ފޯމަށް ބަލާއިރު ގިނަ ބަޔަކު ދެކޭ ގޮތުގައި ހޫގޯ ލޮރިސްގެ ބަދަލުގައި މި ފަހަރުގެ ވޯލްޑް ކަޕުގައި ފްރާންސްގެ އެއް ވަނަ ކީޕަރުކަން ލިބެން އޮތީ މައިނަން އަށެވެ.
ފްރާންސްގެ ވޯލްޑް ކަޕް ތަރި ވަރާން ރިޓަޔާކޮށްފި
ޖޭމްސް އާއި ކާންޓޭ އަށް ވޯލްޑް ކަޕް ގެއްލިދާނެ
ވަރާން، ޔުނައިޓެޑަށް ވިއްކާލަން ރެއާލުން އެއްބަސްވެއްޖެ
މާޝިއަލްއަށް ސީޒަންގެ ބާކީ ބައި ނުކުޅެވިދާނެ
ޕޮގްބާއާ އެއް ކްލަބަަކަށް ކުޅެން ބޭނުން: ގްރީޒްމަން
އަހަންނަކީ އަމިއްލަ އެދުން ބޮޑު މީހެއް ނޫން: ޕޮގްބާ
ތަށީގެ އުއްމީދު ގެއްލުނީއޭ ބުނަން އާޓެޓާ ބޭނުމެއް ނޫން
އެފްއޭ ކަޕުން ކެޓިއަސް ޓާގެޓަކީ ލީގު: އަމޯރިމް
ޔުނައިޓެޑްގެ ވަޒީފާ ގެއްލިދާނެތީ އަމޯރިމް ކަންބޮޑެއްނުވޭ
ޔުނައިޓެޑުން އިތުރު 200 މުވައްޒަފުން ވަކި ކުރަނީ