15 އޮކްޓޯބަރ 2022
ޗެލްސީގެ އިނގިރޭސި ފުލްބެކް ރީސް ޖޭމްސް އާއި ފްރާންސް މިޑްފީލްޑަރު އެންގޯލޯ ކާންޓޭ އަށް އަންނަ މަހު ފަށާ ފީފާ ވޯލްޑް ކަޕް ގެއްލުމުގެ ބިރު ބޮޑުވެއްޖެ އެވެ.
ޗެލްސީގެ އިނގިރޭސި ފުލްބެކް ރީސް ޖޭމްސް އާއި ފްރާންސް މިޑްފީލްޑަރު އެންގޯލޯ ކާންޓޭ އަށް އަންނަ މަހު ފަށާ ފީފާ ވޯލްޑް ކަޕް ގެއްލުމުގެ ބިރު ބޮޑުވެއްޖެ އެވެ.
ޖޭމްސްގެ ކަކުލަށް އަނިޔާވީ ޗެމްޕިއަންސް ލީގުގައި މިދިޔަ އަންގާރަ ދުވަހުގެރޭ އޭސީ މިލާން އަތުން 2-0 އިން ޗެލްސީ މޮޅުވި މެޗުގަ އެވެ. ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން ކާންޓޭ އޮގަސްޓުން ފެށިގެން ނުކުޅެ އެވެ.
ޗެލްސީގެ ކޯޗު ގްރަހަމް ޕޮޓާ ބުނީ އެ ދެ ކުޅުންތެރިން ވަރަށް އަވަހަށް ސްޕެޝަލިސްޓުންނަށް ދައްކާނެ ކަމަށެވެ. އެ ދެ ކުޅުންތެރިންނަށް ވޯލްޑް ކަޕުގައި ކުޅެވޭނެކަން އެނގޭނީ ސްޕެޝަލިސްޓް ބެލުމަށް ފަހު ދޭ ލަފާ އިންނެވެ.
މިލާން މެޗަށް ފަހު ޖޭމްސް ވަނީ އޭނާގެ އަނިޔާ ހީކުރިހާ ސީރިއަސް ނޫން ކަމަށް ބުނެފަ އެވެ. އެކަމަކު ފަހުން އިނގިރޭސި މީޑިއާ އިން ވަނީ ހީކުރި ވަރަށް ވުރެ އަނިޔާ ސީރިއަސް ކަމަށް ރިޕޯޓްކޮށްފަ އެވެ.
"ޗެކްކުރުމަށް ފަހު ނޫނީ ނޭގޭނެ އެއްޗެއް ބުނާކަށް. އަހަރެމެން މިތިބީ މަޑުކޮށްގެން،" ޕޮޓާ ބުންޏެވެ.
ޖޭމްސް އަކީ އިނގިރޭސި ކޯޗު ގަރެތު ސައުތުގޭޓް އެންމެ އިތުބާރުކުރާ އެއް ކުޅުންތެރިޔާ އެވެ. އޭނާ އަކީ މިވަގުތު ދުނިޔޭގެ އެންމެ މޮޅު އެއް ކަނާތު ބެކް ކަމަށް ގިނަ ބަޔަކު އެއްބަސްވެ އެވެ. އެހެންވެ، އެ މަގާމަށް ދެން ކުޅޭ ލިވަޕޫލްގެ ޓްރެންޓް އެލެކްސެންޑާ އާނޯލްޑް ވެސް ފޯމުން ކަޓާފައިވާތީވެ، ޖޭމްސްގެ މުހިއްމުކަން ސައުތުގޭޓަށް ވަނީ ބޮޑުވެފަ އެވެ.
ކާންޓޭ އަކީ ފްރާންސުން 2018 ގެ ވޯލްޑް ކަޕް ކާމިޔާބުކުރިއިރު މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. އޭނާ އަކީ ފްރާންސް ކޯޗު ޑިޑިއޭ ޑިޝޯމްޕްސް އަށް ވެސް ވަރަށް މުހިއްމު ކުޅުންތެރިއެކެވެ.
ކާންޓޭ މިދިޔަ ދެ އަހަރެއްހާ ދުވަސް ހޭދަކުރީ އަނިޔާގެ މައްސަލަތަކުގަ އެވެ. ޗެލްސީގެ ކޯޗު ބުނީ ކްލަބުންނާއި ގައުމީ ޓީމުން އޭނާގެ ފިޓްނަސް ރަނގަޅަށް ބަލަހައްޓަން ޖެހޭ ކަމަށެވެ.
މިލާން އަތުން އަމިއްލަ ދަނޑުގައި ޗެލްސީ މޮޅުވި މެޗުގައި ކަކުލަށް އަނިޔާވި ފްރާންސް ޑިފެންޑަރު ވެސްލީ ފޮފާނާ އަށް ވެސް ވޯލްޑް ކަޕުގެ ކުރިން ޗެލްސީ އަށް ނުކުޅެވޭނެ އެވެ. އެހެންވެ ފްރާންސް ސްކޮޑުން އޭނާ އަށް ފުރުސަތު ލިބިދާނެ ކަމަށް ނުބެލެވެ އެވެ.
އާނޯލްޑް ވިދާލި މެޗުން އިންގްލެންޑަށް ފަސޭހަ މޮޅެއް
ފްރާންސް ސެމީ އަށް، އިންގްލެންޑް ކަޓައިފި
އެމްބާޕޭ އަށް ރަތްދޫލަ އަޅައި ނުދޭނަން: ވޯކާ
ސޮން އާއި ޗިލްވެލް އަށް ވެސް ވޯލްޑް ކަޕް ގެއްލިދާނެ
ވަރާން އަށް އަނިޔާވެއްޖެ، ވޯލްޑް ކަޕް ގެއްލިދާނެ
ޖޭމްސް އަށް ވޯލްޑް ކަޕުގައި ނުކުޅެވޭނެ
އިންގްލެންޑާއި ސްވިޒަލެންޑް ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ
ރޮނާލްޑޯ ހެޓްރިކް ހެދިއިރު އިންގްލެންޑް މެޗު އެއްވަރު
މެޗު ނުކުޅެ ހަތަރު ޓީމު ދެ ވަނަ ބުރަށް ދަތުރުކޮށްފި
ފްރާންސަށް މޮޅެއް، ސްޕެއިން ސަލާމަތްވީ ކިރިޔާ