Roadha Mihaaru
ޕޮގްބާއާ އެއް ކްލަބަަކަށް ކުޅެން ބޭނުން: ގްރީޒްމަން

ޕޮގްބާއާ އެއް ކްލަބަަކަށް ކުޅެން ބޭނުން: ގްރީޒްމަން

10 ނޮވެމްބަރ 2016

ޕެރިސް (ނޮވެމްބަރު 10) - ފުޓްބޯޅަ ކެރިއަރު ނިމުމުގެ ކުރިން މެންޗެސްޓާ ޔުނައިޓެޑްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާއާ އެއް ކްލަބަކަށް ކުޅެން ބޭނުންވާ ކަމަށް އެތުލެޓިކޯ މެޑްރިޑަށް ކުޅޭ ފްރާންސް ގައުމީ ޓީމުގެ ފޯވާޑް އެންޓޮއިން ގްރީޒްމަން ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޕެރިސް (ނޮވެމްބަރު 10) - ފުޓްބޯޅަ ކެރިއަރު ނިމުމުގެ ކުރިން މެންޗެސްޓާ ޔުނައިޓެޑްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާއާ އެއް ކްލަބަކަށް ކުޅެން ބޭނުންވާ ކަމަށް އެތުލެޓިކޯ މެޑްރިޑަށް ކުޅޭ ފްރާންސް ގައުމީ ޓީމުގެ ފޯވާޑް އެންޓޮއިން ގްރީޒްމަން ބުނެފި އެވެ.

ގްރީޒްމަން ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކްލަބްތަކުގެ ތެރޭގައި ޔުނައިޓެޑް ހިމެނެ އެވެ. ޕޮގްބާ އަކީ ދުނިޔޭގެ ރެކޯޑް އަގަކަށް މިފަހަރު ޓްރާންސްފާ މާކެޓްގައި ޔުނައިޓެޑަށް ބަދަލުވި ކުޅުންތެރިޔެކެވެ. ގްރީޒްމަން ބުނީ އޭނާގެ މުސްތަގުބަލާ ގުޅޭގޮތުން ގިނަ ވާހަކަތަކެއް ދެއްކި ނަމަވެސް އަދި ކްލަބް ބަދަލު ކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

"އަހަރެން ޔުނައިޓެޑާއި މޮރީނިއޯއާ ގުޅޭގޮތުން ޕޮގްބާ ގާތުން ވަރަށް އެއްޗެހި އަހަން. އެއީ އަހަރެން ޔުނައިޓެޑާއި ޕީއެސްޖީ އަށް ބަދަލުވާން އުޅޭކަމަށް މީޑިއާގައި އަޑުފެތުރޭތީ. އަހަރެން އެތުލެޓިކޯގައި މިހުރީ ހިތްހަމަ ޖެހިގެން،" ގްރީޒްމަން ބުންޏެވެ.

ގްރީޒްމަން ބުނީ ޕޮގްބާ އަކީ ދުނިޔޭގެ ފެންވަރަށް ބަލާއިރު ފާހަގަކޮށްލެވޭ މޮޅު ކުޅުންތެރިޔެއް ކަމަށެވެ.

"ޕޮގްބާ އަކީ ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ފަދަ ހުނަރުވެރި މޮޅު ކުޅުންތެރިޔެއް. ކްލަބް ލެވެލްގައި ޕޮގްބާއާ އެއް ޓީމަކަށް ކުޅެން ބޭނުން. އެއީ ގައުމީ ޓީމުގައި ވެސް އަހަރެމެން ދެ މީހުން ޕާޓްނާޝިޕް ރަނގަޅު،" މި ފަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ގްރީޒްމަން ބުންޏެވެ.

އުމުރުން 25 އަހަރުގެ ގްރީޒްމަން ހޯދުމަށް ޔޫރަޕްގެ ނަން މަޝްހޫރު ގިނަ ކްލަބްތަކުން މަސައްކަތް ކުރަމުން އަންނައިރު އޭނާ ބުނީ އެތުލެޓިކޯގެ ކޯޗެއްގެ ގޮތުގައި ޑިއޭގޯ ސިމިއޯނީ ހުރިހާ ދުވަހަކު އޭނާ އެހެން ކްލަބްކަށް ބަދަލުވުމުގެ ފުރުސަތު ކުޑަކަމަށެެވެ.