ގދ. ހޯނޑެއްދޫގައި ފުލުހުން އިއްޔެ ހިންގި ޑްރަގް އޮޕަރޭޝަނެއްގައި ހައްޔަރުކޮށްގެން ގެންދިޔަ، އެ ރަށު ޕީޕީއެމް ސްޓިއަރިންގް ކޮމެޓީގެ ރައީސް އަބްދުﷲ ރަޝީދު ފުލުހުންގެ ބެލުމުގ ދަށުގައި ހުއްޓާ ނިޔާވި މައްސަލަ އިންސާފުވެރިކަމާއެކު ތަހުގީގު ކުރުމަށް އެ ޕާޓީން ގޮވާލައިފި އެވެ.
26 އޮކްޓޯބަރ 2022
ގދ. ހޯނޑެއްދޫގައި ފުލުހުން އިއްޔެ ހިންގި ޑްރަގް އޮޕަރޭޝަނެއްގައި ހައްޔަރުކޮށްގެން ގެންދިޔަ، އެ ރަށު ޕީޕީއެމް ސްޓިއަރިންގް ކޮމެޓީގެ ރައީސް އަބްދުﷲ ރަޝީދު ފުލުހުންގެ ބެލުމުގ ދަށުގައި ހުއްޓާ ނިޔާވި މައްސަލަ އިންސާފުވެރިކަމާއެކު ތަހުގީގު ކުރުމަށް އެ ޕާޓީން ގޮވާލައިފި އެވެ.
އެ އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ހޯނޑެއްދޫން އިއްޔެ ހައްޔަރުކުރީ ތިން މީހެކެވެ. އޭގެ ތެރެއިން ނިޔާވި، ރަޝީދަކީ ހައްޔަރުކުރި ފުރަތަމަ މީހާ އެވެ. ރަޝީދުގެ މަރާ ގުޅިގެން ބަޔަކު ވަނީ އޭނާ ގެ ހަށިގަނޑު ގެންދިޔަ، މަޑަވެލި ސިއްހީ މަރުކަޒު ދޮށަށް އެއްވެ ނުރުހުންފާޅު ކޮށްފަ އެވެ. އެ މީހުން ބުނެފައި ވަނީ އިއްޔެގެ މެންދުރެއްހާއިރު ހައްޔަރުކުރަނިކޮށް ފަރުވާދޭން އެދުމުން އަޅާނުލައި އޭނާ ލޯންޗަށް އަރުވައިގެން ގެންދިޔަ މަގުމަތީގައި ނިޔާވުމުގެ ޒިންމާ ފުލުހުން ނަގަން ޖެހޭނެ ކަމަށެވެ. އެ މީހުން ތުހުމަތުކުރާ ގޮތުގައި، އެ ހާދިސާ ހިނގީ ފުލުހުން އޭނާ އަށް ފަރުވާދޭން އިހުމާލުވެފައިވާތީ އެވެ.
ރަޝީދު ނިޔާވުމުން އެކަމާ ކަންބޮޑުވުން ފާޅުކޮށް ޕީޕީއެމުން ރޭ ނެރުނު ބަޔާނެއްގައި އާއިލާއާ ހަވާލާދީ ބުނީ، އޭނާ ނިޔާވީ ހައްޔަރުކޮށްގެން ގެންގޮސް ލޯންޗެއްގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ކަމަށެވެ.
"އޭނާ ހައްޔަރުކޮށްގެން ގެންދިޔައިރު ވެސް މެޔަށް ތަދުވާ ކަމަށް ބުނަމުންދިޔަ ނަމަވެސް ފުލުހުންް އެކަމަށް އެއްވެސް ސަމާލުކަމެއް ދީފައި ނުވާކަންވެސް ފާހަގަކުރެވޭ. އަދި ހޯނޑެއްދޫ އިން ފުރައިގެން ޖެހިގެން އޮތް މަޑަވެއްޔަށް ގެންދިޔައިރު ވެސް އޭނާ މަރުވެފައިވާ ކަމަށް އާއިލާއިން ބުނޭ،" އެ ބަޔާނުގައިވެ އެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްްޓާ އިއްޔ ނިޔާވި ރަޝީދު--- ފޮޓޯ: ސޯޝަލް މީޑިއާ
ފުލުހުންނަކީ ރައޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަަށަވަރު ކުރުމަށް ހުވާ ކޮށްގެން ތިބި ބައެއް ކަމަށް ވާއިރު، އެ މައްސަލާގައި ފުލުހުން އަމަލުކުރީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކަމަށް ޕީޕީއެމުން ތުހުމަތު ކުރެ އެވެ.
އެ މައްސަލަ ވީހާ ވެސް އަވަހަކަށް މިނިވަންކަމާ އިންސާފުވެރިކަމާއެކު ތަހުގީގުކުރުމަށް އިދިކޮޅު ޕާޓީން ގޮވައިލި އެވެ. އެ ކަމުގައި އިހުމާލުވެފައިވާ މީހުންނާ ފިޔަވަޅު އަޅައި އިންސާފު ހޯދައިދިނުމުގެ މަސައްކަތް އަވަސް ކުރުމަށް ވެސް ޕީޕީއެމުން އިލްތިމާސްކުރި އެވެ.
ރަޝީދު ނިޔާވި ސަބަބު ދެނެގަތުމަށް އޮޓޮޕްސީ ހެދުމަށް އިންޑިޔާއަށް ފޮނުވުމަށް ނިންމާފައި ވާއިރު، ރޭ ވަނީ ހަށިގަނޑު މާލެ ގެނެސްފަ އެވެ.
އޭނާ ނިޔާވީ ފުލުހުންގެ އިހުމާލު ކަމަށް ކުރާ ތުހުމަތުތައް ފުލުހުން ދޮގުކުރެ އެވެ. ފަރުވާ އަށް އިހުމާލު ވެފައި ނުވާނެ ކަމަށާއި ފަރުވާ ބޭނުންވާކަން އެނގުމާ އެކު ސިއްހީ މަރުކަޒަށް ރަޝީދު ގެންދިޔަ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހެއްގެ މަރާ ގުޅިގެން ސުވާލު އުފެއްދުމުން، މައްސަލަ ބަލައިދޭން ފުލުހުންގެ އިދާރާ އިން ވަނީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅައިފަ އެވެ.
ރަޝީދުގެ އޮޓޮޕްސީ ހަދަން އާއިލާއިން ދެކޮޅު ހަދައިފި
ރަޝީދުގެ ޕޯސްޓްމޯޓަމް ރިޕޯޓު ހާމައެއް ނުކުރާނެ
ޕޯސްޓްމޯޓަމަށް ފަހު ރަޝީދުގެ ޖަނާޒާ މިއަދު ބާއްވަނީ
ރަޝީދުގެ ހަށިގަނޑު އިންޑިއާ އަށް ގެންގޮސްފި
އިހުމާލުއޮތްތޯ ބަލާ ތަހުގީގަށް އެއްބާރުލުން ދޭނަން:ސީޕީ
ބަންދުގައިހުއްޓާ މަރުވި މީހާގެ ހަށިގަނޑު މާލެ ގެނެސްފި
މަޑަވެލި-ހޯޑެއްދޫ ކޯޒްވޭ ކަނޑާލުން ގަބޫލެއް ނުކުރަން
މަރުވެފައި އޮއްވާ ފެނުނީ ޖަލުން ދޫކޮށްލި މީހެއް
ރަޝީދުގެ މަރުގެ މައްސަލައިގައި ދައުވާކުރަން ފޮނުވަނީ
އިދިކޮޅުގެ އިސްބޭފުޅުން ފުލުހަށް ހާޒިރުވާން އަންގައިފި