ޕާކިސްތާނުގައި އަވަސް އާންމު އިންތިޚާބެއް ބޭއްވުމަށް ސަރުކާރަށް ބާރު އެޅުމުގެ ގޮތުން، ހިނގާލުމެއް ބޭއްވުމަށް އެ ގައުމުގެ އިދިކޮޅު ލީޑަރު އަދި ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ނިންމަވައި އެކަން އިއުލާން ކުރައްވައިފި އެވެ.
ޕާކިސްތާނުގައި އަވަސް އާންމު އިންތިޚާބެއް ބޭއްވުމަށް ސަރުކާރަށް ބާރު އެޅުމުގެ ގޮތުން، ހިނގާލުމެއް ބޭއްވުމަށް އެ ގައުމުގެ އިދިކޮޅު ލީޑަރު އަދި ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ނިންމަވައި އެކަން އިއުލާން ކުރައްވައިފި އެވެ.
އިމްރާން ޚާން އިއްޔެ ވިދާޅުވި ގޮތުގައި އަވަސް އިންތިޚާބެއް ބޭއްވުމަށް ގޮވާލައި ބާއްވާ ހިނގާލުން އޮންނާނީ މިއަންނަ ހުކުރު ދުވަހު އެވެ. މި ހިނގާލުން ކުރިއަށް ގެންދިއުމަށް އޭނާ ރާވާފައިވަނީ ލާހޯރުން ފެށިގެން ވެރިރަށް އިސްލާމް އާބާދަށެވެ.
ލާހޯރުން އިސްލާމް އާބާދާ ދެމެދު، އެއްގަމުން ކުރާ ދަތުރުގައި 380 ކިލޯމީޓަރު ކަޑައްތުކުރަން ޖެހޭނެ އެވެ. ކާރެއްގައި ގަޑިއަކު 112 ކިލޯމީޓަރު ބާރުމިނުގައި ދަތުރު ކުރިޔަސް، އެ ރާސްތާ ކަޑައްތުކުރުމަށް ތިން ގަޑިއިރާއި 23 މިނެޓް ނަގާނެ އެވެ.
“I’m announcing that the long march will start on Friday from Liberty Chowk”-@ImranKhanPTI pic.twitter.com/LdxTcxPs6G
— PTI (@PTIofficial) October 25, 2022
އިމްރާން ޚާން ވިދާޅުވި ގޮތުގައި އޭނާގެ ސަޕޯޓަރުންނާ އެކުގައި ހިނގާލުން ފަށާނީ މިއަންނަ ހުކުރު ދުވަހު ހެނދުނު 11 ޖަހާއިރު، ލާހޯރުގެ މިނިވަންކަމުގެ މައިދާނުންނެވެ.
"ދިގު ހިނގާލުމަކަށް އަހަރެމެން މި ނުކުންނަނީ، މިހާރުން މިހާރަށް އިންތިޚާބު އިއުލާން ކުރުމަށް ސަރުކާރަށް ބާރު އެޅުމުގެ ގޮތުން. މިއީ މި ގައުމުގެ ތާރީޚުގައި ވެސް ބާއްވާ އެންމެ ބޮޑު ދިގު ހިނގާލުން. މި ހިނގާލުމުގެ ބައިވެރިންނާއި ޕާޓީގެ މެންބަރުންނާއި ޕާޓީ އަށް ސަޕޯޓްކުރާ އެންމެން ވެސް، ހުރިހާ ހަރުކަށި އަމަލުތަކުން ދުރުހެލިވާން ވާނެ."
މި ހިނގާލުމާ ގުޅޭ ގޮތުން ޕާކިސްތާން ސަރުކާރުން ބުނީ ހިނގާލުމުގެ ބައިވެރިން ވެރިރަށް އިސްލާމް އާބާދަށް ވަނަ ނުދޭނެ ކަމަށެވެ. އަދި އިސްލާމް އާބާދަށް ވަނަ ނުދިނުމުގެ ގޮތުން، އެ ސަހަރުގެ ވަށައިގެން ސަލާމަތީ ކަންތައް ބެލެހެއްޓުމަށް 30000 ސިފައިންނާއި ފުލުހުން މަގުތަކަށް ނެރޭނެ ކަމަށް ވެސް ސަރުކާރުން ބުނެ އެވެ.
އިމްރާން ޚާންގެ މައްޗަށް ކުރެވޭ ޚިޔާނާތުގެ ތުހުމަތުތަކާ ގުޅިގެން،، އޭނާ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަމުން ދުރު ކުރުމަށް ނިންމުމާ ގުޅިގެން، އިސްލާމް އާބާދުގައި މުޒާހަރާ ކުރަން ފެށުމުން، ފުލުހުން ނުކުމެ ކަރުނަގޭސް ޖަހައި މުޒަހަރާ ހުއްޓުވަނީ. --އޭއެފްޕީ
މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ގާނޫނު ހަދާ މަޖިލީހުގައި އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި ބޮޑުވަޒީރުކަމުގެ މަގާމުން ދުރުކުރުމާ ވިދިގެން، އިމްރާން ޚާން ގެންދަވަނީ ދޭތެރެ ދޭތެރެއިން މުޒާހަރާތައް ބާއްވައި، އަވަސް އިންތިޚާބެއް ބޭއްވުމަށް ގޮވާލައްވަމުންނެވެ. ނަމަވެސް ސަރުކާރުން ބުނަމުން އަންނަނީ، އެންމެ އަވަހަށް ވެސް އާންމު އިންތިޚާބެއް އޮންނާނީ، ކުރިން ވެސް ކަނޑައެޅިފައި އޮތް މުއްދަތުގައި، މިއަންނަ އަހަރުގެ އޮކްޓޫބަރު ނުވަތަ ނޮވެމްބަރު މަހުގެ ތެރޭގައި ކަމަށެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރުގެ މަގާމުގައި، 2018-2022 ހުންނެވި ދުވަސްވަރު، ގައުމުން ބޭރަށް ކުރެއްވި ދަތުރުތަކުގައި ލިބިވަޑައިގެން، ދައުލަތުގެ މިލްކިއްޔާތުގައި ހުއްޓައި މަގާމުގެ ނާޖާއިޒު ފައިދާ ނަންގަވައި، އެތަކެތިން ވިޔަފާރި ކުރެއްވުމުގެ ތުހުމަތުގައި، ގާނޫނު ހަދާ މަޖިލީހުގެ މެންބަރުކަމުން ދުރުކުރުމަށް، އެ ގައުމުގެ އިންތިޚާބުތަކާ ބެހޭ ކޮމިޝަނުން މިދިޔަ ހަފުތާގައި ވަނީ ނިންމައިފަ އެވެ.
ނަމަވެސް، ދެން އޮންނަ އިންތިޚާބެއްގައި ވާދަކުރުމުގެ ހައްގުން އިމްރާން ޚާން މަހުރޫމް ކުރުމަށް އެ ކޮމިޝަނުން ނުނިންމަ އެވެ. ޕާކިސްތާނުގެ ގާނޫނު ބުނާ ގޮތުން، އެފަދަ ޚިޔާނާތެއް ފެންމަތިވެއްޖެ ނަމަ، ބޮޑުވަޒީރުކަމުގެ މަގާމަށް ވާދަކުރުމުގެ ހައްގު ފަސް އަހަރުގެ މުއްދަތަށް ނިގުޅައިގަނެވިދާނެ އެވެ.
އިމްރާން ޚާން ގެކޮޅު ކައިރީ ބޮޑު ކުރިމަތިލުމެއް
ޕްރައުޑް ބޯއީސްގެ ލީޑަރު 22 އަހަރަށް ޖަލަށް
އިމްރާން ޚާން އިތުރު ދެ ހަފުތާއަށް ޖަލަށް
ޕާކިސްތާނުގެ ވަގުތީ ބޮޑުވަޒީރުކަމަށް އަންވާރުލް ހައްގު
ޕާކިސްތާނުގެ މަޖިލިސް އުވާލައި އިންތިހާބު ފަސްކޮށްފި
ސިޔާސީ ހަރަކާތްތައް އިމްރާނަށް 5 އަހަރަށް މަނާކޮށްފި
އިމްރާން ޚާން ހައްޔަރުކުރުމުން ޕާކިސްތާނުގައި މުޒާހަރާ
ހަސީނާއާ ދެކޮޅަށް ބަންގްލަދޭޝް ރައްޔިތުން މަގުތަކަށް
އިމްރާން ޚާން ހައްޔަރުކުރުމަށް އަމުރެއް ނެރެފި
ސިފައިން އުޅެނީ ޕާޓީ އުވާލައި، އަހަރެން ޖަލަށް ލާން