އުތުރު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރެއް އަޖުމަ ބަލައިފިއްޔާ، މިއިން ދުވަހަކު ވެސް ނުދޭ ވަރުގެ ވަރުގަދަ ރައްދެއް ދޭނެ ކަމަށް، އެމެރިކާ ދެކުނު ކޮރެއާ އަދި ޖަޕާނުން މިއަދު އިންޒާރު ކޮށްފި އެވެ.
އުތުރު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރެއް އަޖުމަ ބަލައިފިއްޔާ، މިއިން ދުވަހަކު ވެސް ނުދޭ ވަރުގެ ވަރުގަދަ ރައްދެއް ދޭނެ ކަމަށް، އެމެރިކާ ދެކުނު ކޮރެއާ އަދި ޖަޕާނުން މިއަދު އިންޒާރު ކޮށްފި އެވެ.
އެ ތިން ގައުމުން މިއަދު ނެރުނު ގުޅިފައިވާ ބަޔާނުގައި ބުނެފައިވާ ގޮތުގައި އުތުރު ކޮރެއާ އިން އެ ގައުމުގެ ހަތް ވަނަ ނިއުކްލިއާ އަޖުމަބެލުމާ ދިމާއަށް މިސްރާބު ޖަހާފައިވާ އިރު، އެފަދަ ކަމެއް ކޮށްފި ނަމަ، މިއިން ދުވަހަކު ވެސް ކުރިމަތިނުވާ ވަރުގެ ރައްދަކާ އުތުރު ކޮރެއާ ކުރިމަތިލާންޖެހޭނެ އެވެ. އެ ތިން ގައުމުގެ ފަރާތުން އުތުރު ކޮރެއާ އަށް މި އިންޒާރުކުރީ، ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ތިން ގައުމުގެ އިސް ބައެއް ބޭފުޅުންގެ މެދުގައި ބޭއްވި މަޝްވަރާތަކަށް ފަހު އެވެ.
މި މަޝްވަރާތަކުގައި ބައިވެރިވީ އެމެރިކާގެ ޚާރިޖީ ވަޒީރުގެ ނައިބު ވެންޑީ ޝާމަން އާއި ދެކުނު ކޮރެއާގެ ޚާރިޖީ ވަޒީރުގެ ނައިބު ޗޯ ހުޔުން-ޑޮންގް އާއި ޖަޕާނުގެ ޚާރިޖީ ވަޒީރުގެ ނައިބު ޓަކެއޯ މޯރީ އެވެ.
"އަހަރެމެން އެއްބަސްވެގެން މިތިބީ، އުތުރު ކޮރެއާ އިން އެ ގައުމުގެ ހަތް ވަނަ ނިއުކްލިއާ އަޖުމަބެލުން ކުރިއަށް ގެންގޮސްފި ހާލަތެއްގައި، މިއިން ދުވަހެއްގައި ވެސް ނުދޭ ވަރުގެ ރައްދެއް ދިނުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަށް،" ދެކުނު ކޮރެއާގެ ޚާރިޖީ ވަޒީރުގެ ނައިބު ޗޯ ހުޔުން-ޑޮންގް ވިދާޅުވި އެވެ.
މިއަހަރު ފެށުނީއްސުރެ އިތުރު ކޮރެއާ އިން މިހާތަނަށް 24 އަށް ވުރެ ގިނަ މިސައިލް އަޖުމަ ބަލައިފި އެވެ. އޭގެ ތެރެއިން ބައެއް މިސައިލްތައް ޖަޕާނުގެ މަތިން ފޮނުވާލާފައިވާ އިރު، އޭގެ ތެރޭގައި ކުރު ރާސްތާގެ މިސައިލްތަކާއި މެދު ރާސްތާގެ ބެލެސްޓިކް މިސައިލް ވެސް ހިމެނެ އެވެ.
އުތުރު ކޮރެއާގެ މިސައިލް އަޖުމަބެލުންތަކާ ގުޅިގެން އެމެރިކާ އާއި ހުޅަނގުގެ ބައެއް ގައުމުތަކުން ތުހުމަތުކުރާ ގޮތުގައި އުތުރު ކޮރެއާ މިހާރު ތައްޔާރުވަމުން އަންނަނީ ނިއުކްލިއާ ހަތިޔާރެއްގެ އަޖުމަ ބެލުމަށެވެ.
"މި މައްސަލަ އިތުރަށް ހޫނު ނުކުރުމަށް އުތުރު ކޮރެއާ އަށް އަހަރެމެން އިލްތިމާސް ކުރަން. އެފަދަ ކަމެއް ކޮށްފިއްޔާ އަހަރެމެންގެ ބައިވެރިން ކަމަށްވާ ދެކުނު ކޮރެއާ އާއި ޖަޕާނުގައި، އެމެރިކާގެ އެންމެ ފުރިހަމަ އަސްކަރީ ގާބިލުކަން ބޭނުންކުރަން ޖެހިދާނެ. އޭގެ ތެރޭގައި ނިއުކްލިއާ ހަތިޔާރާއި އެނޫން ބާވަތުގެ ހަތިޔާރުތަކާއި މިސައިލްގެ ދިފާއީ ނިޒާމުތައް ވެސް ހިމެނޭނެ،" އެމެރިކާގެ ޚާރިޖީ ވަޒީރުގެ ނައިބު ވެންޑީ ޝާމަން މިއަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދެކުނު ކޮރެއާ އާއި ޖަޕާނު ދިފާއުކޮށްދިނުމަށް އެމެރިކާ އިން ވެފައިވާ ވައުދަކީ، އެކަތައިގެ ނިންމުމެއްކަން އުތުރު ކޮރެއާ ދަންނަންޖެހޭނެ އެވެ. އެހެންކަމުން އެމެރިކާގެ ބައިވެރިން ހިމާޔަތް ކުރުމަށްޓަކައި އެމެރިކާ އަށް ލިބިގެންވާ ދިފާއީ ހުރިހާ ގާބިލުކަމެއް ބޭނުންކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނިއުކްލިއާ ހަތިޔާރެއް ޓެސްޓުކޮށްފިއްޔާ ވަރުގަދަ ރައްދެއް
އުތުރު ކޮރެއާއިން އަނެއްކާ މިސައިލްތަކެއް އަޖުމަބަލައިފި
އުތުރު ކޮރެއާ އިން ތިން މިސައިލް އަޖުމަބަލައިފި
އުތުރު ކޮރެއާ އިން ބެލިސްޓިކް މިސައިލެއް އަޖުމަބަލައިފި
ބާރު ގަދަ ނިއުކްލިއާ ހަތިޔާރު އުފައްދަންވީ: ކިމް
އަމާޒަކީ އެންމެ ބާރުގަދަ ނިއުކްލިއާ ލަޝްކަރަށް ވުން
އުތުރު ކޮރެއާގެ މިސައިލްތަކުން ޖަޕާނު ތައްޔާރީ ހާލަތަށް
ރަޝިޔާގެ ނިއުކްލިއާ ލަޝްކަރުގެ ތަމްރީންތަކެއް ބާއްވައިފި
އުތުރު ކޮރެއާގެ ބެލެސްޓިކް މިސައިލެއް ޖަޕާނުގެ މަތިން
އުތުރު ކޮރެއާއިން ބެލިސްޓިކް މިސައިލެއް ޓެސްޓްކޮށްފި