Roadha Mihaaru
އަތޮޅު ފިހާރައިން ކައުންސިލްތަކަށް 125މިލިއަން ނުލިބޭ

އަތޮޅު ފިހާރަތަކުން ކައުންސިލްތަކަށް 125 މިލިއަން ނުލިބޭ!

06 ފެބުރުއަރީ 2024

މާލެ ނޯތު ހާބަރު ސަރަހައްދުގައި ހުންނަ އަތޮޅު ފިހާރަތަކުން ލިބޭ ކުލިން އަތޮޅު ކައުންސިލްތަކަށް ދޭން ޖެހޭ 125 މިލިއަން ރުފިޔާ އެބަހުރި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މާލެ ނޯތު ހާބަރު ސަރަހައްދުގައި ހުންނަ އަތޮޅު ފިހާރަތަކުން ލިބޭ ކުލިން އަތޮޅު ކައުންސިލްތަކަށް ދޭން ޖެހޭ 125 މިލިއަން ރުފިޔާ އެބަހުރި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން "މިހާރު" އާ ހިއްސާ ކުރި މައުލޫމާތުގައިވާ ގޮތުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ 2019 ވަނަ އަހަރާއި 2021 ވަނަ އަހަރާއި 2022 ވަނަ އަހަރު އަތޮޅު ފިހާރަތަކުން ކުލީގެ ގޮތުގައި ލިބުނު ފައިސާ ކައުންސިލްތަކަށް ޖަމާކޮށްދީފަ އެވެ.

އެ ސަރުކާރުން 2019 ވަނަ އަހަރުން ފެށިގެން ޖަމާކުރަމުން އައީ އަތޮޅު ފިހާރަތަކުން ލިބުނު އާމްދަނީގެ 50 ޕަސެންޓެވެ. ނަމަވެސް 2022 ގައި އއ. އުކުޅަހުގައި ބޭއްވި "ވިޔަވަތި" ކޮންފަރެންސްގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އަތޮޅު ފިހާރަތަކުން ކުލީގެ ގޮތުގައި ސަރުކާރަށް ލިބޭ އާމްދަނީ އެއްކޮށް ޖަމާކުރަން ނިންމަވައިފަ އެވެ.

ވިޔަވަތި ކޮންފަރެންސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އޭރުގެ ބައެއް މިނިސްޓަރުން ބައިވެރިވަނީ: އެމަނިކުފާނު އޭރު ވަނީ އަތޮޅު ފިހާރަތަކުގެ ކުލި އެއްކޮށް ކައުންސިލްތަކަށް ދޭން ނިންމަވާފައި. -- ފޮޓޯ | ރައީސް އޮފީސް

އެ ބަދަލާ އެކު 2022 ވަނަ އަހަރު ފިނޭންސް މިނިސްޓްރީން ވަނީ 2018 ވަނަ އަހަރު ފިހާރަތަކުން ކުލީގެ ގޮތުގައި ލިބުނު ޖުމްލަ އާމްދަނީ ޖަމާކޮށްފަ އެވެ. އެ އަހަރު ޖަމާކުރީ 35 މިލިއަން ރުފިޔާ އެވެ.

މިދިޔަ ސަރުކާރުން ތިން އަހަރުގެ ތެރޭ ޖުމްލަ 90 މިލިއަން ރުފިޔާ ޖަމާކޮށްފައިވެ އެވެ.

މިހާރު ދޫނުކޮށް ހުރީ 2019 އިން ފެށިގެން 2023 އަށް އަތޮޅު ފިހާރަތަކުން ކުލީގެ ގޮތުގައި ލިބުނު ފައިސާ އެވެ.

ކުރީ ސަރުކާރުން ކައުންސިލްތަކަށް ދޫކުރި ފައިސާ:

2019: 2015 ގެ އަހަރުގެ 16 މިލިއަން ރުފިޔާ

2021 :2016 ގެ އަހަރުގެ 18 މިލިއަން ރުފިޔާ

2021: 2017 ގެ އަހަރުގެ 21 މިލިއަން ރުފިޔާ

2022: 2018 ގެ އަހަރުގެ 35 މިލިއަން ރުފިޔާ

މާލެ ނޯތު ހާބަރު ސަރަހައްދުގައި ހުންނަ އަތޮޅު ފިހާރަތައް.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

މާލެ ނޯތު ހާބަރު ސަރަހައްދުގައި ހުންނަ އަތޮޅު ފިހާރަތައް.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

މިދިޔަ ފަސް އަހަރު ލިބި، ދޫނުކޮށް ހުރި ފައިސާ

2019: 30 މިލިއަން ރުފިޔާ

2020: 13 މިލިއަން ރުފިޔާ

2021: 29 މިލިއަން ރުފިޔާ

2022: 30 މިލިއަން ރުފިޔާ

2023: 21 މިލިއަން ރުފިޔާ

މާލޭގެ އާ މޭޔަރު އާދަމް އާޒިމާއި އާ ތިން ކައުންސިލަރުން މަގާމުގެ ހުވާކުރައްވަން ބޭއްވި ރަސްމިއްޔާތުގައި ރައީސް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ މާލޭގައި ހުރި އަތޮޅު ފިހާރަތަކުން ފައިސާ ލިބެމުން ދިޔަ ނަމަވެސް ފާއިތުވި ސަރުކާރުތަކުން އެ ފައިސާ އަތޮޅު ފިހާރަތަކާ ހަވާލު ކޮށްފައި ނުވާ ކަމަށެވެ.

އަތޮޅު ފިހާރަތަކުން ލިބޭ ފައިސާ ދެފުށް ފެންނަ ގޮތަށް މި ސަރުކާރުން ދޫކުރާނެ ކަމުގެ ޔަގީން ކަން ރައީސް މުއިއްޒު ވަނީ ދެއްވައިފަ އެވެ.