Roadha Mihaaru
އިލްމުވެރިންގެ ގުޅުމުގެ ތިން ހުށަހެޅުމެއް ރައީސަށް

ޗާގޮސްގެ މައްސަލާގައި އިލްމުވެރިންގެ ގުޅުމުން ރައީސަށް ތިން ހުށަހެޅުމެއް

16 މެއި 2023

ރާއްޖޭގެ ދެކުނުން ޗާގޮސްގެ ކަނޑުގެ ސަރަހައްދުގެ މައްސަލާގައި އިލްމުވެރިންގެ ގުޅުމުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މިއަދު ބައްދަލުކޮށް ތިން ކަމެއް ހުށަހަޅައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ރާއްޖޭގެ ދެކުނުން ޗާގޮސްގެ ކަނޑުގެ ސަރަހައްދުގެ މައްސަލާގައި އިލްމުވެރިންގެ ގުޅުމުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މިއަދު ބައްދަލުކޮށް ތިން ކަމެއް ހުށަހަޅައިފި އެވެ.

އިލްމުވެރިންގެ ގުޅުމުން ބުނީ ރައީސާ އެކު، ރައީސް އޮފީހުގައި ބޭއްވި ދޮޅުގަޑިއރުގެ ބައްދަލުވުމުގައި ރާއްޖޭގެ ދެކުނުން ‏އީއީޒެޑް ކަނޑައެޅި ގޮތާ މެދު އެ ގުޅުމުން ހޯދާ މައުލޫމާތުތައް އެއްކުރުމަށާއި އެ މައްސަލާގައި ކަންބޮޑުވާކަންކަން ހުށަހެޅި ކަމަށެވެ. އެ ކަމުގައި ސަރުކާރަށް ހުށަހަޅަން ޖެހޭ ސުވާލުތައް ވެސް ހުށަހެޅި ކަމަށް އެ ގުޅުމުން ބުންޏެވެ.

އިލްމުވެރިންގެ ގުޅުމުން ރައީސަށް ހުށަހެޅި ތިން ކަމަކީ:

1- ޗާގޮސްގެ މައްސަލާގައި މޮރިޝަސްގެ ސަރުކާރަށް ރާއްޖެ އިން ފޮނުވި ސިޓީ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއާ ހިއްސާ ކުރުން.

2- ރާއްޖޭ އީއީޒެޑް ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ސަރަޙައްދާ މެދު، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމާފައިވާ ނިންމުން މުރާޖައާ ކުރުމަށް ހުށަހެޅުން.

3- އިލްމުވެރިންގެ ގުޅުމުގެ އިސްނެގުމާ އެކު، އީއީޒެޑް މައްސަލާގައި ސަރުކާރުގެ ސްޓޭންޑާ ދެކޮޅު ފަރާތްތަކާ އެކު ސަރުކާރުން އާންމުން ބަހުސަކަށް ދިއުން.

އިލްމުވެރިންގެ ގުޅުމުން އަންނަނީ ޗާގޮސްގެ މައްސަލާގައި މައުލޫމާތު ސާފުކުރުމަށް އެކި ފަރާތްތަކާ ބައްދަލު ކުރަމުންނެވެ. އޭގެ ތެރޭގައި އިދިކޮޅު ފަރާތްތައް ވެސް ހިމެނެ އެވެ.

އިލްމުވެރިންގެ ގުޅުމުގެ ފަރާތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ބޭއްވި ބައްދަލުވުމުގައި އެ ޖަމާއަތް ތަމްސީލް ކުރެއްވި ބައެއް ބޭފުޅުން ރައީސް އޮފީހުގައި.

އިލްމުވެރިންގެ ގުޅުމުގެ ފަރާތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ބޭއްވި ބައްދަލުވުމުގައި އެ ޖަމާއަތް ތަމްސީލް ކުރެއްވި ބައެއް ބޭފުޅުން ރައީސް އޮފީހުގައި.

ރާއްޖޭގެ ދެކުނު މޮރިޝަސްގެ އުތުރުން ކަނޑުގެ ސަރަހައްދު ގުޅޭ ހިސާބު އިން ކަނޑައެޅުމުގެ މައްސަލާގައި ދެ ގައުމުން ހިޔާލު ތަފާތުވުމުން، އިޓޮލޮސް އިން މިދިޔަ މަހުގެ 28 ގައި ނިންމީ ރާއްޖެ އަށް ބޮޑު ބައެއް ލިބޭ ގޮތަށެވެ. ރާއްޖޭގެ ދެކުނު 47،232 އަކަކިލޯމީޓަރުގެ ސަރަހައްދެއް ރާއްޖެ އަށް ލިބެ އެވެ. މޮރިޝަސް އަށް ދޭން ނިންމީ 45،331 އަކަކިލޯ މީޓަރެވެ. އެއީ ކޮންމެ ގައުމަކަށް 200 މޭލުގެ ސަރަހައްދެއް ނެގުމުން ފުށުއަރާ 95،000 އަކަކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދު ބަހާލި ގޮތެވެ.

ނަމަވެސް އެ މައްސަލާގައި ސަރުކާރާ ދެކޮޅު ފަރާތްތަކުގެ ހިޔާލު ތަފާތެވެ. އިދިކޮޅު ޕާޓީތަކުން ބުނަނީ ރާއްޖޭގެ ދެކުނުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ކަމަށް ކުރިން ރާއްޖެ އިން ވަކާލާތު ކުރަމުން ދިޔަ ސަރަހައްދުން ބައެއް ގެއްލިފައިވާ ކަމަށެވެ.

އިޓްލޮސްގައި ބަންޑާރަނައިބު އިބްރާހިމް ރިފްއަތު ލީޑް ކުރެއްވި ގާނޫނީ ޓީމުން، ވަކާލާތު ކުރީ ރާއްޖެ އަށް އެންމެ ރަނގަޅު މަސްލަހަތުގައި ނޫން ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގައި ސަރުކާރާ އިދިކޮޅު މެންބަރުން ވަނީ ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފަ އެވެ.