ކްލަބް މޯލްޑިވްސް ގެ އަންހެން ޑިވިޝަން ކަމަށްވާ 18/30 ފުޓްސަލް ފިއެސްޓާ ގެ އެންމެ ފަހު ތިން ފަހަރުގެ ޗެމްޕިއަން އެމްޕީއެލް 10-2 އިން ބަލިކޮށް، ދިވެހި ސިފައިންގެ ކުލަބް (ޑީއެސްސީ) އިން ޗެމްޕިއަންކަން ހޯދައިފި އެވެ.
04 ނޮވެމްބަރ 2022
ކްލަބް މޯލްޑިވްސް ގެ އަންހެން ޑިވިޝަން ކަމަށްވާ 18/30 ފުޓްސަލް ފިއެސްޓާ ގެ އެންމެ ފަހު ތިން ފަހަރުގެ ޗެމްޕިއަން އެމްޕީއެލް 10-2 އިން ބަލިކޮށް، ދިވެހި ސިފައިންގެ ކުލަބް (ޑީއެސްސީ) އިން ޗެމްޕިއަންކަން ހޯދައިފި އެވެ.
މިއާ އެކު އެމްޕީއެލް އާކު ސިފައިން ވެސް ވަނީ ތިންވަނަ ފަހަރަށް މުބާރާތް ކާމިޔާބު ކޮށްފަ އެވެ. ސިފައިން ވަނީ 2013 އަދި 2014 ވަނަ އަހަރުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.
އެންމެ ގިނަ ފަހަރު 18/30 ފުޓްސަލް ފިއެސްޓާ ކާމިޔާބު ކޮށްފައި ވަނީ، ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކުރި ޓީމް އިމިގްރޭޝަން އެވެ.
ރެހެންދި ޓާފް ދަނޑުގައި ރޭ ކުޅުނު ފައިނަލް މެޗުގައި ސިފައިންގެ ޓީމަށް ކުޅޭ ފާތިމަތު ތީބާ އާއި ބަންގްލަދޭޝް ގައުމީ ޓީމުގެ ސަބީނާ ކަތުން ވަނީ ހެޓްރިކް ފުރިހަމަ ކޮށްފަ އެވެ. ތީބާ ތިން ލަނޑު ޖެހި އިރު، ސަބީނާ ވަނީ ހަތަރު ލަނޑު ޖަހައިފަ އެވެ.
ފުރަތަމަ ހާފުގައި ސިފައިންގެ ޓީމުން ތިން ލަނޑު ޖެހި އެވެ. ފުރަތަމަ ދެ ލަނޑު ކާމިޔާބު ކޮށްދިނީ ތީބާ އެވެ. އަދި ތިން ވަނަ ލަނޑު ޖެހީ ކެޕްޓަން އާމިނަތުު ޒާހިޔާ އެވެ. ހާފު ނިމެނިކޮށް ލިބުނު ދުރު ޕެނަލްޓީއަކުން އެމްޕީއެލް އަށް ލަނޑު ޖަހައިދިނީ ގޯލްކީޕަރު ސަސިޕްރަޕްހާ ސަކްސެން އެވެ.
ސަކްސެން އަކީ ތައިލެންޑްގެ ފުޓްސަލް ގައުމީ ޓީމުގެ ގޯލްކީޕަރެވެ. އެމްޕީއެލްގެ ފުރަތަމަ ލަނޑަށް ފަހު ވެސް ފަރަގު ކުޑަކުރަން އިތުރު ދުރު ޕެނަލްޓީއެއް ލިބުނެވެ. ނަމަވެސް ސަކްސެން ފޮނުވާލި އެ ޕެނަލްޓީ، ސިފައިންގެ ގޯލްކީޕަރު ސާއިގާ ހުސެއިން ވަނީ ދިފާއު ކޮށްފަ އެވެ.
ސަބީނާ އާއި ތީބާ ހެޓްރިކް ފުރިހަމަ ކުރީ ދެވަނަ ހާފުގަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނު ސަބީނާ މި ހާފުގައި ހަތަރު ލަނޑުޖެހި އިރު، އޭނާ އާއެކު ބަންގްލަދޭޝްގެ ގައުމީ ޓީމަށް ކުޅޭ މަޓްސުޝިމާ ސުމާޔާ ވެސް ލަނޑެއް ކާމިޔާބު ކުރި އެވެ. މި ހާފުގައި ސިފައިންގެ ޓީމުގެ މަރިޔަމް ރިފާ ވެސް ލަނޑެއް ޖެހި އެވެ.
ދެ ވަނަ ހާފު ނިމެން ތިންވަރަކަށް މިނިޓަށް ވެފައި ވަނިކޮށް ކުރިއަށް އަރައި ހޯދި ބޯޅައަކުން އެމްޕީއެލްގެ ދެވަނަ ލަނޑު ޖެހީ ވެސް، ގޯލްކީޕަރު ސަކްސެން އެވެ.
ފައިނަލް މެޗުގައި ޖެހި ހަތަރު ލަނޑާ އެކު ސަބީނާ ވަނީ 22 ލަނޑު ހަމަކޮށް، މުބާރާތުގެ ޓޮޕް ސްކޯރާގެ މަގާމް ހޯދައިފަ އެވެ. އޭނާ އަކީ މިދިޔަ އަހަރުގެ މުބާރާތުގެ ވެސް ޓޮޕް ސްކޯރާ އެވެ.
ފައިނަލް މެޗަށް ނުކުތްއިރު 20 ލަނޑާ އެކު މުބާރާތުގައި އެންމެ ގިނަ ލަނޑު ޖަހައިފައި އޮތީ އެމްޕީއެލް ޓީމަށް ކުޅޭ ތައިލެންޑު ގައުމީ ފުޓްސަލް ޓީމުގެ ތަރި ނަޓަމޮން އާޓްކްލާ އެވެ. އަނިޔާ އާއެކު ކުޅެމުން ދިޔަ ނަޓަމޮން މެޗުގައި ފޮނުވާލި ގިނަ ލަމަލާތައް ބްލޮކް ކުރަން ސިފައިންގެ ޓީމުގެ ޑިފެންސް ކުޅުންތެރިން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ، ސިފައިންގެ ޓީމުގެ ސަބީނާ އާއި ސުމާޔާ އަދި ގޯލްކީޕަރު ސާއިގާ ގެ އިތުރުން، އެމްޕީއެލްގެ ނަޓަމޮން އަދި ކެޕްޓަން ފާތިމަތު ސާލިޔާ އެވެ.
ފެއާ ޕްލޭ ޓީމަކަށް ކްލަބް ވެމްކޯ ހޮވުނު އިރު، ފެއާޕްލޭ ކުޅުންތެރިޔަކީ ސިފައިންގެ ޓީމުގެ ތީބާ އެވެ. އެންމެ މޮޅު ކޯޗަކީ ސިފައިންގެ ޓީމުގެ އަހުމަދު ތޯހާ އެވެ.
މިއަހަރުގެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާ އެކު "ކުއީން އޮފް ފުޓްސަލް" ގެ މަގާމް ހޯދީ، ސަބީނާ އެވެ.
ކްލަބް މޯލްޑިވްސް ކަޕް 2022 ގެ ފިރިހެން ޑިވިޝަނުގެ ފައިނަލް އޮންނާނީ ހޮނިހިރު ދުވަހުގެ ރެއެވެ. އެ މެޗުގައި ބައްދަލުކުރާނީ އެމްޕީއެލް އާއި ޓީމް ފެނަކަ އެވެ.
ރިކާޑީނިއޯ؛ ދިވެހި ފުޓްސަލް އަށް ވަރަށް ހާއްސަ
އެމްޕީއެލް އާއި ފެނަކަ ކްލަބް މޯލްޑިވްސްގެ ފައިނަލަށް
އާރްއާރްސީން ކްލަބް މޯލްޑިވްސް ކަޕް ކާމިޔާބުކޮށްފި
ފިއުލް ސަޕްލައި ގަދަ ބާރެއް، އާރްޑީސީ އުންމީދުގައި
އަންހެން ޑިވިޝަންގެ ތަށި އެމްޕީއެލުން މިލްކުކޮށްފި
އާރްޑީސީ އާއި ފިއުލް ސަޕްލައި ފައިނަލަށް
ތަށި މިލްކުކުރަން އެމްޕީއެލް ފުރުސަތު ފަހިކޮށްފި
އަޔާ: ފުޓްބޯޅައިން ނުލިބުނު ލޯބި ފުޓްސަލްއިން
އެމްޕީއެލް ކަޓައި އާރްޑީސީ އާއި ފެނަކަ ސެމީ އަށް
ޕްރިޒަން އާއި ފިއުލް ސަޕްލައި ސެމީ ފައިނަލަށް