މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ފުޓްސަލް މުބާރާތުގައި އެމްޕީއެލް ކަޓުވާލުމަށް ފަހު، މުބާރާތުގައި މުޅިން އަލަށް ވާދަކުރާ އާރްޑީސީ ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.
14 ޑިސެމްބަރ 2021
މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ފުޓްސަލް މުބާރާތުގައި އެމްޕީއެލް ކަޓުވާލުމަށް ފަހު، މުބާރާތުގައި މުޅިން އަލަށް ވާދަކުރާ އާރްޑީސީ ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.
ހުޅުމާލެ ރެހެންދި ސްކޫލް ކައިރީގައި އޮންނަ ފުޓްސަލް ދަނޑުގައި މިރޭ، އެސްޓީއޯ އާއި ފެނަކަ ބައްދަލު ކުރި މެޗު އެއްވަރުވެ ޕެނަލްޓީ ޝޫޓްއައުޓް ކާމިޔާބުކޮށް ފެނަކަ ވެސް ވަނީ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފަ އެެވެ.
ޕެނަލްޓީ ޖަހައިގެން ފެނަކަ މެޗު ކާމިޔާބު ކުރީ 9-8 އިންނެވެ. މެޗުގެ ފުރިހަމަ ވަގުތުގެ ނަތީޖާ އެއްވަރުވީ 4-4 އިންނެވެ. ވަރުގަދަ ހިތްވަރެއް ދެއްކި އެސްޓީއޯ މުބާރާތުން ކަޓައިގެން ދިޔައީ ހިތްދަތިގޮތަކަށެވެ. އެ ޓީމުގެ އެންމެ ފަހު ޕެނަލްޓީ، އަލީ އިފާޒް (އިފައްޓޭ) އަށް ނާކާމިޔާބުވުމުން، ފެނަކަ އަށް މެޗު ލިބުނީ އެވެ އޭނާ ފޮނުވާލި ޕެނަލްޓީ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.
ފެނަކަ ޓީމުގެ އަޔާ (ކ) ބޯޅަ ހިފައިގެން ދާން މަސައްކަތް ކުރަނީ --- ފޮޓޯ: ނިޝާން އަލީ | މިހާރު
ފެނަކައިން ތިން ލަނޑުގެ ލީޑެއް ނެގި ފަހުން، އެސްޓީއޯ ހިވްވަރުކޮށް ނަތީޖާ ހަމަހަމަ ކުރި އެވެ. ފެނަކަ ޓީމުގެ ފުރަތަމަ ތިން ލަނޑު ޖެހީ، އަހްމަދު އަޖުވަދާއި އަޔާޒު އަހްމަދު (އަޔާ) އެވެ. އެސްޓީއޯގެ ފުރަތަމަ ލަނޑު ޖަހައި އުންމީދެއް ހޯދައިދިނީ ޕެނަލްޓީ މިސްވި އިފައްޓޭ އެވެ. އަނެއް ދެ ލަނޑު ޖެހީ އިސްމާއީލް ވަޖީހް އާއި މުހައްމަދު ޝާހް އެވެ.
އަޔާ، ތިން ވަނަ ލަނޑު ޖަހައި ހެޓްރިކް ހެދި އެވެ. މެޗުގެ އެންމެ ފަހު ކޮޅު ލިބުނު ޕެނަލްޓީ އަކުން އިނާން އަހްމަދު އެސްޓީއޯ އަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. އެންމެ ފަހު މިނެޓް ތެރޭގައި އެސްޓީއޯ މެޗުން މޮޅުވާން ފުރުސަތު ލިބުނެވެ. ވަޖީހް ފޮނުވަލި ޕެނަލްޓީ ދިޔައީ ގޯލްގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި، ފެނަކައިގެ ފުރަތަމަ ޕެނަލްޓީ ޖެހި އަހްމަދު ހަލީމް އާއި އެސްޓީއޯގެ އަމީން އިބްރާހިމް ޖެހި ޕެނަލްޓީ ކާމިޔާބެއް ނުވި އެވެ. އަހްމަދު ހަލީމް ޖެހި ޕެނަލްޓީ ފިޔަވައި ފެނަކައިގެ އަނެއް ފަސް ޕެނަލްޓީ ވެސް ކާމިޔާބު ކުރި އެވެ. އެސްޓީއޯ ބަލިވީ ނާކާމިޔާބުވި ދެ ޕެނަލްޓީއާއެކު އެވެ. އެ ޓީމަށް ކާމިޔާބު ކުރެވުނީ ހަތަރު ޕެނަލްޓީ އެވެ.
މުބާރާތުގައި ތަޖުރިބާކާރު ޓީމެއްގެ ގޮތުގައި ބެލެވިފައި އޮތް އެމްޕީއެލް އަތްދަށުލައި އާރްޑީސީގެ ރޯޑް ރެކްރިއޭޝަން ކްލަބް މެޗު ކާމިޔާބު ކުރީ 3-2 އިންނެވެ.
މެޗުގައި ފުރަތަމަ ލީޑް ނެގީ ވެސް، އާރްޑީސީންނެވެ. އެޓީމުގެ ލަނޑު ޖެހީ އަބުދުﷲ މިދުހަތު ފަހްމީ (ބިޗަޑް) އެވެ. އޭގެ ފަހުން އެޓީމުގެ އާދަމް ނާސިހް ދެވަނަ ލަނޑު ޖަހައި ނަތީޖާގެ ފަރަގު ބޮޑު ކުރި އެވެ. އެމްޕީއެލްގެ ފުރަތަމަ ލަނޑު ޖެހީ މުހައްމަދު ނިޒާމް އެވެ. އެކަމަކު ނަތީޖާ ފަރަގު ކުޑަކޮށްގެން އެޓީމަށް ހިންދެމި ނުލެވި އުޅެނިކޮށް ނާސިހް އަލުން އާރްޑީސީ އަށް ލީޑު ފުޅާކޮށްދިނެވެ. އެމްޕީއެލްގެ ދެވަނަ ލަނޑު ކާމިޔާބު ކުރީ މުހައްމަދު ޔަފީއު އެވެ.
ކްލަބް މޯލްޑިވްސްގެ އަންހެން ޑިވިޝަން ނުވަތަ "18/30 ވިމެން ފުޓްސަލް ފިއެސްޓާ"ގެ ސެމީ ފައިނަލް މެޗުތައް މާދަމާ ރޭ ފަށާނެ އެވެ. ފުރަތަމަ ސެމީގައި ވާދަ ކުރާނީ ދިވެހި ސިފައިންގެ ކްލަބާއި ވެމްކޯ އެވެ. ދެވަނަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން އެމްޕީއެލް އާއި ޕޮލިސް ކްލަބު ވާދަކުރާނެ އެވެ.
ފިރިހެން ޑިވިޝަންގެ ސެމީ ފައިނަލްގައި އެންމެ ފުރަތަމަ ވާދަ ކުރާނީ، ފިއުލް ސަޕްލައި އާއި ޕްރިޒަން ކްލަބެވެ. ދެވަނަ ސެމީގައި ފެނަކަ އާއި އާރްޑީސީ އެވެ.
ފިއުލް ސަޕްލައި ގަދަ ބާރެއް، އާރްޑީސީ އުންމީދުގައި
އަންހެން ޑިވިޝަންގެ ތަށި އެމްޕީއެލުން މިލްކުކޮށްފި
އާރްޑީސީ އާއި ފިއުލް ސަޕްލައި ފައިނަލަށް
ތަށި މިލްކުކުރަން އެމްޕީއެލް ފުރުސަތު ފަހިކޮށްފި
އަޔާ: ފުޓްބޯޅައިން ނުލިބުނު ލޯބި ފުޓްސަލްއިން
ޕްރިޒަން އާއި ފިއުލް ސަޕްލައި ސެމީ ފައިނަލަށް
އާރްޑީސީގެ "މީ ޓީމެކޭ" ކުންފުނި ރަމްޒުކޮށްދޭ ނަމެއް
ކުއާާޓާގެ ފަހު ޖާގަތައް، އެސްޓީއޯ، ފެނަކަ، އެމްޕީއެލް އަދި އާރްޑީސީއަށް
ވަރުގަދަ ވެމްކޯ ކަޓުވާލައި، އެފްއެސްއެމް ކުއާޓާ އަށް
ޕޮލިހާއި ޕްރިޒަންސްގެ މެޗުން ދެވަނަ ބުރު މިރޭ ފަށަނީ