މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ފުޓްސަލް މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލަށް، އެންމެ ފަހުގެ ދެ މުބާރާތުގެ ޗެމްޕިއަން، އެމްޕީއެލް ދަތުރުކޮށް ތަށި މިލްކު ކުރުމަށް ފުރުސަތު ފަހިކޮށްފި އެވެ.
15 ޑިސެމްބަރ 2021
މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ފުޓްސަލް މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލަށް، އެންމެ ފަހުގެ ދެ މުބާރާތުގެ ޗެމްޕިއަން، އެމްޕީއެލް ދަތުރުކޮށް ތަށި މިލްކު ކުރުމަށް ފުރުސަތު ފަހިކޮށްފި އެވެ.
ކްލަބް މޯލްޑިވްސް "18/30 ވިމެން ފުޓްސަލަ ފިއެސްޓާ" ގެ ނަމުގައި ކުރިއަށްގެންދާ އަންހެން ޑިވިޝަންގެ ފައިނަލްގައި އެމްޕީއެލްއާ ދެކޮޅަށް ނުކުންނާނީ ފުރަތަމަ ސެމީ ފައިނަލްގައި ދިވެހި ސިފައިންގެ ކްލަބު ބަލި ކުރި ވެމްކޯ އެވެ. މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ވެމްކޯ އާއި އެމްޕީއެލް ވަނީ ދެފަހަރު ބައްދަލުކޮށްފަ އެވެ. ފުރަތަމަ މެޗުވީ އެއްވަރެވެ. ދެވަނަ މެޗު އެމްޕީއެލް ކާމިޔާބު ކުރީ 5-1 އިންނެވެ.
އެމްޕީއެލް ފައިނަލަށް ދަތުރު ކުރީ، ރޭ ކުޅުނު ސެމީ ފައިނަލް މެޗުގައި ޕޮލިސް ކްލަބްގެ މައްޗަށް 3-0 އިން ކާމިޔާބު ހޯދައިގެންނެވެ. އެންމެ ފަހުން ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން އެމްޕީއެލް ހޯދީ ފައިނަލްގައި ޕޮލިސް ބަލި ކުރުމަށް ފަހު އެވެ.
ހުޅުމާލޭ ރެހެންދި ސްކޫލް ކައިރީގައި ހުންނަ ފުޓްސަލް ދަނޑުތަކުގައި ކުރިއަށްދާ މުބާރާތުގައި ރޭ އެމްޕީއެލްގެ ލަނޑުތައް ޖެހީ އުޒްބެކިސްތާންގެ ފޯވާޑް މަދީނާ ފެޒިލޮވާ، ފާތިމަތު ސާލިޔާ އަދި ޖޫޒާން ޒަރީރު އެވެ.
ފައިނަލްގެ ޖާގަ ކަށަވަރު ކުރުމަށް ފަހު ވެމްކޯގެ ކުޅުންތެރިން އުފާފާޅު ކުރަނީ. --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ވެމްކޯ އާއި ސިފައިންގެ ކްލަބް ބައްދަލުކުރި މެޗު ވެމްކޯ ކާމިޔާބު ކުރީ 7-5 އިންނެވެ. ވެމްކޯގެ ހަތް ލަނޑުގެ ތެރެއިން ތިން ލަނޑު ޖެހީ ތައިލެންޑުގެ ގައުމީ ފުޓްސަލް ޓީމުގެ ފޯވާޑް ދަރީކަ ޕީންޕައިލުން އެވެ. އަނެއް ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ ޝަހްލާ ތައުފީގެވެ. އަނެއް ދެ ލަނޑު ޖެހީ މަރްޔަމް ނޫރާ އާއި ތައިލެންޑްގެ ވަނަޕޯން ކަސަޔަސީ އެވެ.
ސިފައިންގެ ކްލަބްގެ ފަސް ލަނޑުގެ ތެރެއިން، މަރްޔަމް ރިފާ ވަނީ ތިން ލަނޑު ޖަހައިފަ އެވެ. އަނެއް ދެ ލަނޑު ޖެހީ ބަންގްލަދޭޝްގެ މަޓްސޫޝީމާ ސުމަޔާ އެވެ.
މުބާރާތުގެ ފިރިހެން ޑިވިޝަންގެ ސެމީ ފައިނަލް މެޗުތައް މާދަމާ މިރޭ ކުޅޭނެ އެވެ. މިރޭ 8:15 ގައި ކުޅޭ ސެމީ ފައިނަލް މެޗުގައި ވާދަކުރާނީ ޕްރިޒަން އާއި ފިއުލް ސަޕްލައި އެވެ. ދެވަނަ މެޗުގައި ބައްދަލު ކުރާނީ ރޯޑް ރެކްރިއޭޝަން ކްލަބާއި ފެނަކަ އެވެ. އެ މެޗު ފަށާނީ 10:15 ގަ އެވެ.
ފިއުލް ސަޕްލައި ގަދަ ބާރެއް، އާރްޑީސީ އުންމީދުގައި
އަންހެން ޑިވިޝަންގެ ތަށި އެމްޕީއެލުން މިލްކުކޮށްފި
އާރްޑީސީ އާއި ފިއުލް ސަޕްލައި ފައިނަލަށް
އަޔާ: ފުޓްބޯޅައިން ނުލިބުނު ލޯބި ފުޓްސަލްއިން
އެމްޕީއެލް ކަޓައި އާރްޑީސީ އާއި ފެނަކަ ސެމީ އަށް
ޕްރިޒަން އާއި ފިއުލް ސަޕްލައި ސެމީ ފައިނަލަށް
އާރްޑީސީގެ "މީ ޓީމެކޭ" ކުންފުނި ރަމްޒުކޮށްދޭ ނަމެއް
ކުއާާޓާގެ ފަހު ޖާގަތައް، އެސްޓީއޯ، ފެނަކަ، އެމްޕީއެލް އަދި އާރްޑީސީއަށް
ވަރުގަދަ ވެމްކޯ ކަޓުވާލައި، އެފްއެސްއެމް ކުއާޓާ އަށް
ޕޮލިހާއި ޕްރިޒަންސްގެ މެޗުން ދެވަނަ ބުރު މިރޭ ފަށަނީ