Roadha Mihaaru
ޖިންސީ ކުށުގެ ގެއްލުމުގެ ބަދަލު 2.7މިލިއަނާ ހަމައަށް

ޖިންސީ ކުށުން ލިބޭ ގެއްލުމަށް 2.7 މިލިއަނާ ހަމައަށް ބަދަލު ނަގައިދެވޭ ގޮތަށް ހަމަޖައްސައިފި

06 ނޮވެމްބަރ 2022

ޖިންސީ ކުށުގެ ސަބަބުން ލިބޭ އަނިޔާތަކަށް 2.7 މިލިއަން ރުފިޔާއާ ހަމައަށް ބަދަލު ނަގައިދެވޭ ގޮތަށް ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޖިންސީ ކުށުގެ ސަބަބުން ލިބޭ އަނިޔާތަކަށް 2.7 މިލިއަން ރުފިޔާއާ ހަމައަށް ބަދަލު ނަގައިދެވޭ ގޮތަށް ހަމަޖައްސައިފި އެވެ.

ޖިންސީ ކުށުގެ ގާނޫނު ބުނާގޮތުން، ޖިންސީ ކުށުގެ ސަބަބުން ލިބޭ އިގްތިސާދީ އަދި އައިރު އިގްތިސާދީ ގެއްލުމަށް ބަދަލު ކުށްކުރި މީހާ އަތުން ނަގައިދެވިދާނެ އެވެ. ބަދަލުގެ މިންވަރު ކަނޑައެޅުމުގެ ބާރު އެ ގާނޫނުން ދީފައި އޮތީ ކޯޓުތަކަށެވެ.

ޖިންސީ ކުށުގެ މައްސަލަތަކުގެ ޝަރީއަތް ހިންގުމާ ބެހޭގޮތުން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އެކުލަވާލި ގަވާއިދުގައިވާ ގޮތުން ބަދަލުގެ ގޮތުގައި ނަގައިދެވޭނީ ކުށުގެ ސަބަބުން ސިއްހީ ގޮތުން ލިބުނު ގެއްލުމަށް ބަލައިގެންނެވެ.

އެ ގަވާއިދުގައިވާ ގޮތުން އެންމެ ބޮޑު އަދަދެއް ނަގައިދެވޭނީ އަތާއި ފައިގެ ހަރަކާތާއި ހިއްސު ކެނޑުމުންނެވެ. އެފަދަ ކަންކަމަށް ނަގައިދެވޭނީ 480،000ރ. އާއި 2.7 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެކެވެ. ދެވަނަ އަށް އެންމެ ބޮޑު ބަދަލެއް ނަގައިދެވޭނީ ސިކުނޑި އަށް ލިބޭ ގެއްލުންތަކަށެވެ. އެއީ ގިނަވެގެން 1.9 މިލިއަން ރުފިޔާ އެވެ. ހަށިގަނޑުގެ އެއްފަޅިން ވާގި ނެތިއްޖެ ނަމަ 297،000ރ. އާއި 1.9 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ނަގައިދެވޭނެ ކަމަށް ގަވާއިދުގައި ވެ އެވެ.

އެންމެ ކުޑަ އަދަދެއް ނަގައިދެނީ ކަންފަތުގެ ތޫރި ހަލާކުވުމަށެވެ. އެއީ 5،500ރ. އެވެ.

އެ ގަވާއިދުގައިވާ ގޮތުން ތުހުމަތު ކުރެވޭ މީހާގެ މައްޗަށް ކުށް ސާބިތުވެފައި ނެތަސް އަދި އެ މީހާގެ މައްޗަށް ދައުވާ ކޮށްފައި ނެތަސް، ޖިންސީ ކުށުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ނަގައިދެވިދާނެ އެވެ.

އެ ގަވާއިދުގަިއވާ ގޮތުން ޖިންސީ ކުށުގެ ގާނޫނުގެ ދައުވާކުރާ ދައުވާކުރާ ޖިނާއީ މައްސަލަތައް ކޯޓުގައި ރަޖިސްޓްރީކުރާ ދުވަހުން ފެށިގެން ހަ މަސް ތެރޭގައި ދަށު ކޯޓުން ނިންމަންޖެހެ އެވެ. އަދި އިސްތިއުނާފް ކުރާ މައްސަލަތައް ގިނަވެގެން 90 ދުވަސް ތެރޭގައި ނިންމަން ޖެހޭނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.

ނަމަވެސް ގަވާއިދުގައި މި މުއްދަތުތައް ގުނާނީ ސަރުކާރު ބަންދު ދުވަސްތައް ނުހިމެނޭ ގޮތަށެވެ.