ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން އަވަހާރަކޮށްލުމަށް، މިދިޔަ ބުރާސްފަތި ދުވަހު ދިން ހަމަލާގެ އަޑީގައި ހުންނެވީ އެ ގައުމުގެ މިހާރުގެ ބޮޑުވަޒީރު ޝާހްބާޒް ޝަރީފް ކަމަށް، އިމްރާން ޚާން ތުހުމަތުކުރައްވައިފި އެވެ.
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން އަވަހާރަކޮށްލުމަށް، މިދިޔަ ބުރާސްފަތި ދުވަހު ދިން ހަމަލާގެ އަޑީގައި ހުންނެވީ އެ ގައުމުގެ މިހާރުގެ ބޮޑުވަޒީރު ޝާހްބާޒް ޝަރީފް ކަމަށް، އިމްރާން ޚާން ތުހުމަތުކުރައްވައިފި އެވެ.
އެ ދުވަހުގެ ހަމަލާގައި ފައިންޕުޅަށް ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ފަރުވާ ހޯއްދެވުމަށް މިހާރު ހޮސްޕިޓަލުގައި އޮންނެވި އިމްރާން ޚާން މިދިޔަ ހުކުރު ދުވަހު ވިދާޅުވި ގޮތުގައި އޭނާ އަވަހާރަކޮށްލުމަށް ދިން ހަމަލާއާ މިހާރުގެ ސަރުކާރު އޮތީ ވަރަށް ބޮޑަށް ގުޅިފަ އެވެ. އެ ހަމަލާގެ ފަހަތުގައި ތިއްބެވީ ބޮޑުވަޒީރު ޝާހްބާޒްގެ އިތުރުން، މިހާރުގެ ދާޚިލީ ވަޒީރު ރާނާ ސަނާއުﷲ އާއި ސިފައިންގެ އިސް ކޮމާންޑަރެއް ކަމަށްވާ، ޖާސޫސީ އިދާރާގެ ވެރިޔާ މޭޖާ ޖެނެރަލް ފައިސަލް ނަސީރު ވެސް ހުންނެވި ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
"އަހަރެން މަރާލަން މަސައްކަތް ކުރީ އެ ތިން މީހުން. އެ މީހުންގެ ރޭވުމުގެ މަތިން ދިން ހަމަލާ ތަންފީޒުކުރުމުގައި، ހަތިޔާރު އަޅައިގެން ތިބި ދެ މީހަކު ބައިވެރިވި،" އިމްރާން ޚާން ވިދާޅުވި އެވެ.
އެ ތުހުމަތުތަކަށް އިންކާރުކޮށް ޕާކިސްތާނު ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި އެ ހަމަލާއަކީ ދީނީ ހަރުކަށި ފިކުރުގެ ބަޔަކު ރާވައި ތަންފީޒުކުރި ހަމަލާއެއް ކަމަށެވެ. ޕާކިސްތާނުގެ އަސްކަރިއްޔާގެ ރޭޑިއޯ އިން ބުނި ގޮތުގައި އިމްރާން ޚާންގެ ތުހުމަތުތަކަކީ އެއްވެސް އަސްލެއް އަދި ޒިންމާދާރުކަމެއް ނެތި ކުރެއްވި ތުހުމަތުތަކެކެވެ.
އަދި މި ތުހުމަތުތަކުގެ ހަގީގަތް ދެނެގަތުމަށްޓަކައި އެ ވާހަކަތައް ފުރިހަމައަށް ތަހުގީގުކޮށް، ދޮގު ތުހުމަތުތަކުން އަސްކަރިއްޔާ ބަދުނާމުކުރުމަށް މަސައްކަތް ކުރާ މީހުން ޖަވާބުދާރީ ކުރުވުމަށް، ޕާކިސްތާނު ސަރުކާރަށް ހުށަހަޅާފައިވާ ކަމަށް ވެސް ޕާކިސްތާނުގެ އަސްކަރިއްޔާ އިން ބުންޏެވެ.
އަވަސް އިންތިޚާބެއް ބޭއްވުމަށް ސަރުކާރަށް ބާރު އެޅުމުގެ ގޮތުން ބޭއްވި ހިނގާލުމުގައި އުޅުއްވަނިކޮށް، އިމްރާން ޚާނަށް ދިން ހަމަލާގައި އޭނާގެ ދެ ފަޔަށް ވެސް ވަނީ ޒަޚަމްތަކެއް ލިބިފަ އެވެ. އެންމެ ފަހުން އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، އެ ހަމަލާއިން ލިބުނު ޒަޚަމްތަކަށް ފަރުވާ ހޯދުމުގެ ގޮތުން، އޭނާގެ ކަނާތު ފައިގައި މިހާރު އޮތީ ޕްލާސްޓަރު އަޅައިފަ އެވެ. އަދި ވާތު ފައި އޮތީ ވަރަށް ބޮޑަށް ބެންޑޭޖްކޮށްފަ އެވެ.
އެ ހަމަލާތަކުގައި އެކަކު މަރުވެ އިތުރު 10 މީހަކު ޒަޚަމްވި އެވެ. އިމްރާން ވިދާޅުވި ގޮތުގައި ލިބިވަޑައިގެންފައިވާ ޒަޚަމްތައް ފަސޭހަވިހާ އަވަހަކަށް، އޭނާ ފައްޓަވާފައިވާ ހިނގާލުން ކުރިއަށް ގެންދަވާނެ އެވެ.
އިމްރާންގެ ދިގު ހިނގާލުން މާދަމާ އަލުން ފަށަނީ
އިމްރާން ޚާން އިތުރު ދެ ހަފުތާއަށް ޖަލަށް
ޕާކިސްތާނުގެ ވަގުތީ ބޮޑުވަޒީރުކަމަށް އަންވާރުލް ހައްގު
ޕާކިސްތާނުގެ މަޖިލިސް އުވާލައި އިންތިހާބު ފަސްކޮށްފި
ސިޔާސީ ހަރަކާތްތައް އިމްރާނަށް 5 އަހަރަށް މަނާކޮށްފި
އިމްރާން ޚާން ހައްޔަރުކުރުމުން ޕާކިސްތާނުގައި މުޒާހަރާ
ޕާކިސްތާނުގައި ބޮމެއް ގޮއްވާލައި 44 މީހުން މަރާލައިފި
އިމްރާން ޚާން ހައްޔަރުކުރުމަށް އަމުރެއް ނެރެފި
ސިފައިން އުޅެނީ ޕާޓީ އުވާލައި، އަހަރެން ޖަލަށް ލާން
އިމްރާންގެ ޕާޓީ މަނާކުރަން ސަރުކާރުން ވިސްނަނީ