ޕާކިސްތާނުގެ ދީނީ ސިޔާސީ ޕާޓީއަކުން އިންތިޒާމުކޮށްގެން އިއްޔެ ބޭއްވި އެއްވުމެއްގެ ތެރޭގައި ބޮމެއް ގޮއްވާލައި މަދުވެގެން 44 މީހަކު މަރާލައިފި އެވެ.
ޕާކިސްތާނުގެ ދީނީ ސިޔާސީ ޕާޓީއަކުން އިންތިޒާމުކޮށްގެން އިއްޔެ ބޭއްވި އެއްވުމެއްގެ ތެރޭގައި ބޮމެއް ގޮއްވާލައި މަދުވެގެން 44 މީހަކު މަރާލައިފި އެވެ.
ޖަމީއަތު އުލާމާއޭ އިސްލާމް ފަޒްލު އިން އިންތިޒާމުކުރި އެއްވުން އޮތީ، ޚައިބަރުޕަޚްތުވާން ޕްރޮވިންސްގެ ހުޅަނގު އުތުރު އަވަށެއް ކަމަށްވާ ބަޖައުރްގަ އެވެ. އެއްވުން ފެށިގެން މާ ގިނަ އިރުތަކެއް ނުވަނީސް، އެންމެންގެ މެދުތެރޭގައި ގޮވި ބާރުގަދަ ގޮވުމާއެކު ގިނަ އަދަދެއްގެ މީހުން މަރުވުމުގެ އިތުރުން 100 އަށް ވުރެ ގިނަ މީހުން ޒަޚަމްވި އެވެ.
މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި އެޖަމިއްޔާގެ ސަރަހައްދީ ލީޑަރު މައުލާނާ ޒިއާއުﷲ ވެސް ހިމެނެ އެވެ. އަދި ޒަޚަމްވި މީހުންގެ ތެރޭގައި ވެސް އެ ޖަމިއްޔާގެ ސަރަހައްދީ ގޮފީގެ އިސް ބައެއް ވެރިން ހިމެނެ އެވެ.
މި ހަމަލާގައި ޒަޚަމްވި މީހުންނަށް ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުން އަންނަ އިރު، އޭގެ ތެރޭގައި ބޮޑަށް ޒަޚަމްވެފައި ތިބި 15 މީހަކު ވެސް ހިމެނޭތީ، މަރުވާ މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ހޮސްޕިޓަލުތަކުން ބުނެ އެވެ.
ފުލުހުން ބުނި ގޮތުގައި މިހާތަނަށް ކުރެވުނު ތަހުގީގުން ބޮޑަށް ބުރަ ވެވެނީ، މި ހަމަލާއަކީ މީހަކު ޖާނުން ފިދާވެގެން ދިން ހަމަލާއެއް ކަމަށެވެ. ނަމަވެސް މި ހަމަލާގެ ފަހަތުގައި ވަނީ ކޮން މަގްސަދެއްކަން އަދި މި ހަމަލާ ދިނީ ކޮން ބައެއްކަން ބުނަން ނޭނގޭ ކަމަށް ފުލުހުން ބުނެ އެވެ.
އަފްޣާނިސްތާނުގެ ސަރަހައްދީ ރޮނގާ ކައިރީގައި އޮންނަ މި އަވަށުގައި އިއްޔެ މި ހަމަލާ ދިނީ، އެ ސަރަހައްދުގައި އުޅޭ މަސައްކަތު މީހުންނަށް އަމާޒުކޮށްގެން އެ ޖަމިއްޔާ އިން ބޭއްވި ބައްދަލުވުމެއްގެ ތެރޭގަ އެވެ. އެ ބައްދަލުވުމުގައި 100 އަށް ވުރެ ގިނަ މީހުން ބައިވެރިވި ކަމަށް އެ ޖަމިއްޔާ އިން ބުނެ އެވެ. ޖަމީއަތު އުލާމާއޭ އިސްލާމް ފަޒްލު އަކީ ޕާކިސްތާނުގައި މިހާރު ވެރިކަން ކުރާ ކޯލިޝަން ސަރުކާރުގައި މުހިންމު ދައުރެއް އަދާކުރާ، ދީނީ ސިޔާސީ ޕާޓީއެކެވެ.
މި ހަމަލާ ކުށްވެރިކުރައްވައި ޕާކިސްތާނުގެ ބޮޑުވަޒީރު ޝާހްބާޒް ޝަރީފް ވިދާޅުވީ އެ ހަމަލާ ދިން މީހުންނަކީ ވަރަށް ފިނޑި ޓެރަރިސްޓުންތަކެއް ކަމަށެވެ. އެމީހުންނަކީ، އިސްލާމް ދީނާއި ގުރުއާން އަދި ޕާކިސްތާނުގެ ދިފާއުގައި ވަކާލާތުކުރާ ކޮންމެ ބަޔަކަށް ވެސް ހަމަލާ ދޭ ޓެރަރިސްޓުން ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވި އެވެ.
މިސްކިތް ގޮއްވައިލި ހާދިސާގައި މަރުވި އަދަދު 64 އަށް
ޔޫގެންޑާގެ ސްކޫލަކަށް ހަމަލާދީ 38 ކުދިން މަރާލައިފި
ޕާކިސްތާނުގެ މިސްކިތެއް ގޮއްވާލައި ބަޔަކު މަރާލައިފި
އިޒްރޭލުން ފަލަސްތީނުގެ 4 މީހަކު ޝަހީދުކޮށްލައިފި
ފެންބޮޑުވެ އަފްޣާނާއި ޕާކިސްތާނުން 45 މަރު
ޕާކިސްތާނުގައި ހަތިޔާރު ގުދަނެއް ގޮވައި 13 މަރު
އިސްތަންބޫލްގައި ބޮމެއް ގޮއްވާލައި 6 މީހުން މަރާލައިފި
މޮގަދިޝޫގައި ކާރު ބޮމުގެ ހަމަލާއެއް ދީ 100 މަރު
ފޮޓޯތަކުން؛ އެ ރެއަށް އެއް އަހަރު!
އައިއެސްގެ ހަމަލާއެއްގައި އިރާގުން 11 މީހުން މަރު