Roadha Mihaaru
ބިޑަށް ނުލައި ވިއްކާލަން އިތުރު ތިން ރަށެއް ހިމަނައިފި

ބިޑަށް ނުލައި ވިއްކާލާ ރަށްތަކުގެ ލިސްޓަށް އިތުރު ތިން ރަށެއް ހިމަނައިފި

10 ޖެނުއަރީ 2017

ބިޑަށް ނުލައި ވިއްކާލާ ރަށްތަކުގެ ލިސްޓަށް އިތުރު ތިން ރަށެއް ޓޫރިޒަމް މިނިސްޓްރީން ހިމަނައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ބިޑަށް ނުލައި ވިއްކާލާ ރަށްތަކުގެ ލިސްޓަށް އިތުރު ތިން ރަށެއް ޓޫރިޒަމް މިނިސްޓްރީން ހިމަނައިފި އެވެ.

އެ މިނިސްޓްރީން ނެރުނު އިއުލާނުގައިވާ ގޮތުން މިފަހަރު އެ ލިސްޓަށް އިތުރުކޮށްފައި ވަނީ ނ. ކުންނުމަލި އާއި ތ. ގާލީ އަދި ގދ. ބައުޅަގައްލަ އެވެ.

މި ތިން ރަށުގެ ތެރޭގައި ހިމެނޭ ނ. ކުންނުމަލި އަކީ 8.8 ހެކްޓަރުގެ ރަށެކެވެ. އެ ރަށް ވިއްކާލަން ނިންމާފައި ވަނީ 3.4 މިލިއަން ޑޮލަރަށެވެ. އޭގެ އިތުރުން 6.8 ހެކްޓަރުގެ ތ. ގާލީ ވިއްކާލަނީ 1.9 މިލިއަން ޑޮލަރަށެވެ. އަދި 6.8 ހެކްޓަރުގެ ބައުޅަގައްލަ ވިއްކާލަން އިއުލާންކޮށްފައި ވަނީ 850،000 ޑޮލަރަށެވެ.

އެ މިނިސްޓްރީން ވަނީ މިދިޔަ އޮކްޓޯބަރު 31 ގައި 11 ފަޅުރަށަކާއި މާލެ އަތޮޅުން ދެ ފަޅެއް ވިއްކާލަން އިއުލާންކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނޭ ފޭދޫފިނޮޅު ދާދި ފަހުން ވަނީ ޗައިނާގެ ކުންފުންޏަކަށް ހަތަރު މިލިއަން ޑޮލަރަށް ވިއްކާލައިފަ އެވެ.

އދ. ހުރުއެޅި 3.6 މިލިއަން ޑޮލަރަށް ވިއްކާލަން މިދިއަ މަހު އިއުލާންކުރި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި ލިސްޓްގައިވާ ރަށްތަކާއި ފަޅުތަކުގެ އިކުއިޒިޝަން ކޮސްޓްގެ އަދަދާއި ބިމުގެ ބޮޑު މިނަކީ އަންދާޒާކުރެވޭ މިންވަރެވެ. އެ ތަންތަނުގެ އިކުއިޒިޝަން ކޮސްޓް ކަށަވަރުކުރެވޭނީ މިނިސްޓްރީން ގަބޫލުކުރާ ފެންވަރުގެ ސާވޭއެއް ހަދައި އެތަނެއް ބޮޑުމިނާ ގުޅޭ ގޮތުން އެކުލަވާލާ ރިޕޯޓަކުން ކަށަވަރުކުރެވޭ ބޮޑުމިނުގެ މައްޗަށް ބިނާކޮށް ކަމަށް ވެސް ބުނެފައިވެ އެވެ.

ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައިވަނިކޮށް މިިދޔަ ޖުލައި މަހު ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހުގެ ދަށުން، ރިސޯޓްގެ ގޮތުގައި ތަރައްގީކުރާނެ ރަށްތައް ރައީސް އޮފީހުން ކަނޑައަޅާ ދަފުތަރެއްގައި ޝާއިއުކުރަން ޖެހެ އެވެ. އަދި ސަރުކާރުން ކަނޑައަޅާ އިކުއިޒިޝަން ފީއެއް ދެއްކުމުން ރަށް ހަވާލުކުރެވޭ ގޮތަށް އެ ގާނޫނުގައި ހިމަނާފައިވެ އެވެ.