ރޭ އަލިފާނުގެ ހާދިސާ ހިނގި މ. ނިރުފެހި ގޭގައި (ސެންޑްރޯސްގެ ހުޅަނގުބައިގައި) ހިންގާ ގަރާޖަކީ ހުއްދަނެތި ހިންގާ ތަނެއް ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
10 ނޮވެމްބަރ 2022
ރޭ އަލިފާނުގެ ހާދިސާ ހިނގި މ. ނިރުފެހި ގޭގައި (ސެންޑްރޯސްގެ ހުޅަނގުބައިގައި) ހިންގާ ގަރާޖަކީ ހުއްދަނެތި ހިންގާ ތަނެއް ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
އެނގިފައިވާ ގޮތުގައި އެ އިމާރާތުގެ ތިރީގައި ހަދާފައިވާ ތަން ވެހިކަލް މަރާމާތުކުރާ ތަނެއްގެ ގޮތުގައި ބޭނުންކުރަން ހުއްދަ އަށް އެދި މިދިޔަ އަހަރު ފެބްރުއަރީ ނުވައެއްގައި މާލޭ ސިޓީ ކައުންސިލަށް އެތަނުގެ ވެރިފަރާތުން ފޯމު ހުށަހެޅި އެވެ.
މާލޭގައި ގަރާޖު ފަދަ ތަންތަން ހިންގުމުގެ ހުއްދަ ދެނީ މާލޭ ސިޓީ ކައުންސިލުންނެވެ. ނަމަވެސް އެ ގަރާޖު ހިންގަން ކައުންސިިލުން ހުއްދަ ނުދޭން ނިންމައި، އެ ފަރާތަށް އަންގާފައިވާ ކަން ވެސް ވަނީ އެނގިފަ އެވެ.
އަލިފާނުގެ ހާދިސާ ހިނގި ގަރާޖުގެ ތެރޭގައި ކަމާބެހޭ އޮފިޝަލުން ހަރަކާތްތެރިވަނީ: އެ ގަރާޖަކީ ހުއްދަ ނުނަގާ ހިންގާ ތަނެއް -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އެތަން ހިންގަން ހުއްދަ ނުދިނީ މާލޭގައި މީހުން ދިރިއުޅެން ދޫކޮށްފައި ހުންނަ ގޯއްޗާއި މީހުން ދިރިއުޅޭ ސަރަހައްދުގައި ހިމެނޭ އެހެނިހެން ބިންތަކުގައި ވަޑާންގެ އާއި ވެހިކަލް މަރަމާތުކުރުމާއި ވޯކްޝޮޕް ފަދަ ތަންތަން ހިންގުމަކީ، އިގުތިސާދީ މަސައްކަތްކުރާ ތަންތަން ހެދުމަށް ހުއްދަދިނުމާއި ހިންގުމުގެ ގަވާއިދުގެ ދަށުން މިހާރު މަނާ ކަމަކަށް ވާތީ އެވެ.
ހުއްދަ ނުނަގާ އެތަން ހިންގި މައްސަލާގައި އެތަނުގެ ވެރިންނަށް އެއްވެސް ފިޔަވަޅެއް އެޅި ކަމެއް އަދި ނޭނގެ އެވެ.
ގަރާޖުގެ ވެރިޔާ މިއަދު ވިދާޅުވީ އޭނާ އެތަން ހިންގާތާ ދެ އަހަރެއް ވަރު ވެދާނެ ކަމަށެވެ. އެތަނުގައި ކުރިން ހޮޓަލެއް ވެސް ހިންގި އެވެ.
ތިން ބުރިއަށް ހުންނަ އެ ގޭގެ އެންމެ ތިރީގައި ގަރާޖެއް ހިންގާއިރު، މަތީ ދެ ފުލޯގައި ދިރިއުޅުނީ އިންޑިއާ، ލަންކާ އަދި ބަންގުލަދޭޝްގެ މަސައްކަތްތެރިންނެވެ. މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން އަލިފާނުގެ ހާދިސާތައް ހިންގާފައިވާ އެތަނުގައި ރޭ ރޯވި އަލިފާގަނޑު ނިއްވާލެވުނުއިރު، ގިނަ ބައެއްގެ ފުރާނަ ވަނީ ގޮސްފަ އެވެ.
އައިޖީއެމްއެޗުގައި އޮތް މީހާ އޮތީ ކާކުކަން ނޭނގޭ ވަރަށް ފިހިފައި https://t.co/S7vMxWtUDB
— Mihaaru (@Mihaarunews) November 10, 2022
މާލޭގައި މިހާތަނަށް ހިނގި އެންމެ ނުރައްކާތެރި މި އަލިފާނުގެ ހާދިސާގައި 10 މީހަކު މަރުވި އެވެ. އަދި އިތުރުން ވެސް މީހުން މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެ އެވެ. އެ މީހުން ހޯދުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން ގުޅިގެން އަންނަނީ ކުރަމުންނެވެ.
ކުދިކުދި ގޮޅިތަކުގައި 28 ގޭސްފުޅި ހުރި!
އަލިފާނުގެ ހާދިސާ: ބިދޭސީންނަށް އެހީވާން ދެ ލައްކަ
ރައީސް، ޔަގީންކަން ދެއްވިޔަސް މާލޭގައި ކެމިކަލްގުދަން!
ބިދޭސީން ދިރިއުޅޭ ތަންތަން މޮނީޓަކުރިޔަސް އަޅާނުލި
ބާރު އަޑެއް އިވިގެން ބަލައިލި އިރު ރޯވެ އަނދަނީ
އަލިފާނުގެ ހާދިސާގައި މިހާތަނަށް 10 މަރު
ކަމެއް ވީހެން ވެސް ހީނުވޭ، މާލޭ ފުރެންދެން ކެމިކަލް!
ހާލުގައި ޖެހުނު މީހުންނަށް ދެ ލައްކައެއްހާ ރުފިޔާ
އަލިފާނުގެ ހާދިސާގައި 57 މީހަކު ހާލުގައި ޖެހިފައިވޭ
ކެފޭގެ އަލިފާން: 50 ބިދޭސީންގެ އެކޮމޮޑޭޝަނެއް