ސަލާމަތީ ބާރުތަކުން މާލެ އާއި އައްޑޫގައި ޓެރަރިޒަމްގެ މައްސަލައަކާ ގުޅޭ އޮޕަރޭޝަނެއް ފަށައިފި އެވެ.
ސަލާމަތީ ބާރުތަކުން މާލެ އާއި އައްޑޫގައި ޓެރަރިޒަމްގެ މައްސަލައަކާ ގުޅޭ އޮޕަރޭޝަނެއް ފަށައިފި އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވާ ގޮތުގައި، އޮޕަރޭޝަން ކުރިއަށް ގެންދަނީ މާލެ އާއި އައްޑޫގެ އިތުރުން އައްޑޫގެ ކަނޑުގެ ސަރަހައްދުގަ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ބައެއް ފޮޓޯތަކުން އެނގޭ ގޮތުގައި އައްޑޫގައި ކުރިޔަށް ދާ އޮޕަރޭޝަންގެ ތެރެއިން ބައެއް ގެއެއް ވެސް ބަލާ ފާސް ކުރަމުން އެބަދެ އެވެ.
އޮޕަރޭޝަންގައި ބަލާ ފާސް ކުރުމަށް ގެއަކަށް ވަދެފައި ވަނީ ސިފައިންގެ ބޮން ސްކުއާޑުން ކަމަށް އައްޑޫގެ މީޑިއާއަކުން ރިޕޯޓު ކޮށްފައި ވެ އެވެ.
ނަމަވެސް އެކަމާ ބެހޭ އެއްވެސް ތަފްސީލެއް ފުލުހުން ނުދެ އެވެ.
ރާއްޖޭގައި މީހުން މަރަން ފަސް ނުޖެހޭ ނުރައްކާތެރި 1000 އަކަށް ވުރެ ގިނަ މީހުން އުޅެމުން އަންނަ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފަ އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް ގުޅިގެން ކުރިއަށް ގެންދާ ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަނެއް މާލެއާއި އައްޑޫ ސިޓީއާއި އައްޑޫ ސިޓީގެ ކަނޑުގެ ސަރަހައްދުގައި ކުރިއަށް އެބަ ގެންދަން.
— Maldives Police (@PoliceMv) November 11, 2022
ބޯޓަކުން ކަނޑަށް ގެއްލުނު މީހާ އަދިވެސް ނުފެނޭ
އައްޑޫގައި އިހި ނަގަން ފޭބި ކުއްޖަކު ގެއްލިގެން ހޯދަނީ
އައްޑޫގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފި
އައްޑޫ އަލިފާންގަނޑު ކޮންޓްރޯލް ނުވެ 5 ގަޑިއިރު!
ފޭދޫގައި ގެއެއްގެ ބައެއްގައި ރޯވެ އަނދައި ހުލިވެއްޖެ
އައްޑޫގެ އޮޕަަރޭޝަންގައި އިތުރު ތަންތަން ފާސްކުރަނީ
ހައްޔަރުކުރި މީހުން އުޅުނީ އައިސިސްއާ އެކު މީހުންމަރަން
ޓެރަރިޒަމް އޮޕަރޭޝަނުގައި 13 މީހަކު ހައްޔަރުކޮށްފި
ގެނބިގެން މަރުވެފައި އޮތް ޓޫރިސްޓަކު ފެނިއްޖެ
ބަންދުން ދޫކޮށްލި 5 މީހުންގެ މައްސަލަ އިސްތިއުނާފަށް