15 ޖޫން 2016
ބަރުދަން ލުއިކުރުމުގެ ވާހަކަ ދައްކާ ނަމަ އެންމެ ފުރަތަމަ ވެސް އަންނާނީ ކެލަރީސްގެ ވާހަކަ އެވެ. އެކި އުމުރުގެ މީހުންނަށް ކެލަރީސް ބޭނުންވަނީ އެކި މިންވަރަށެވެ. ކެލަރީސް ލިބެނީ ކާބޯތަކެތިން ކަމަށް ވާއިރު ބަރުދަން ލުއިކުރުމަށް ނުވަތަ އެކަށީގެންވާ ބަރުދަނެއްގައި ހުރުމަށް ކެލަރީސް ނަގަން ޖެހޭނީ އެ މީހެއްގެ އުމުރާއި އެ މީހެއްގެ ސިއްހަތާ ގުޅޭ މިންވަރަކަށެވެ.
ބަރުދަން ލުއިކުރުމުގެ ވާހަކަ ދައްކާ ނަމަ އެންމެ ފުރަތަމަ ވެސް އަންނާނީ ކެލަރީސްގެ ވާހަކަ އެވެ. އެކި އުމުރުގެ މީހުންނަށް ކެލަރީސް ބޭނުންވަނީ އެކި މިންވަރަށެވެ. ކެލަރީސް ލިބެނީ ކާބޯތަކެތިން ކަމަށް ވާއިރު ބަރުދަން ލުއިކުރުމަށް ނުވަތަ އެކަށީގެންވާ ބަރުދަނެއްގައި ހުރުމަށް ކެލަރީސް ނަގަން ޖެހޭނީ އެ މީހެއްގެ އުމުރާއި އެ މީހެއްގެ ސިއްހަތާ ގުޅޭ މިންވަރަކަށެވެ.
ވަރަށް ކުރިންސުރެ ބުނަމުން އަންނަނީ އަންހެނަކަށް ނަމަ ދުވާލަކަށް ބޭނުންވާނީ 2000 ކެލަރީސް ކަމަށެވެ. އަދި ފިރިހެނެއް ނަމަ 2500 ކެލަރީސް ކަމަށެވެ.
ދިރާސާތަކުގައި ބުނެފައި ވަނީ ބޯދާ މި ބުނުން މުޅިން ގޯސް ނޫން ކަމަށާއި ކެލަރީސް ބޭނުންވަނީ ގާތްގަނޑަކަށް މި މިންވަރަށް ކަމަށެވެ. އެކަމަކު މީހާގެ އުމުރަށް އަންނަމުންދާ ބަދަލާ އެކު ކެލަރީސްގެ މިންވަރަށް ވެސް ބޮޑެތި ބަދަލުތަކެއް އަންނަކަން ވަނީ ފާހަގަވެފަ އެވެ.
ޔޫސީއެލްއޭގެ ސްޓެޓިސްޓީޝިއަން ނަތަން ޔާއޫ ވަނީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހެލްތު އެންޑް ހިއުމަން ސާވިސްގެ ތަފާސް ހިސާބުތައް ދިރާސާކުރުމަށް ފަހު، އުމުރާ ގުޅޭ ގޮތުން ކެލަރީސް ބޭނުންވާ މިންވަރާ ގުޅޭ ތާވަލެއް އެކުލަވާލައިފަ އެވެ.
ދިރާސާގައި ބުނެފައި ވަނީ ގިނައިރު އިށީނދެ ތިބޭ އަންހެނުންނަށް ދުވާލަކަށް ބޭނުންވާ މިންވަރަކީ 1800 ކެލަރީސް ކަމަށެވެ. އެއީ އުމުރުން 25-30 އަހަރާ ދެމެދުގެ މީހުންނަށެވެ. އެކަމަކު އުމުރުން 50 އަށް އަރާއިރު މި މިންވަރު 1600 އަށް ދަށްވެ އެވެ. ހަރަކާތްތެރިކޮށް އުޅޭ 20 އަހަރާއި 30 އަހަރާ ދެމެދުގެ އަންހެނަކު ނަމަ ދުވާލަކަށް 2400 ކެލަރީސް ބޭނުންވެ އެވެ. އަދި ހަރަކާތްތެރި އަންހެނަކު ނަމަ އުމުރުން 60 އަހަރު ވުމުން ބޭނުންވަނީ 2000 ކެލަރީސް އެވެ.
ސިއްހަތު ރަނގަޅު ފިރިހެނެއް ނަމަ 20-30 އަހަރާ ދެމެދުގައި ދުވާލަކަށް 3000 ކެލަރީސްއާ ހަމަޔަށް ކެއުމަކީ މައްސަލައެެއް ނޫނެވެ. އެކަމަކު އުމުރުން 60 ވުމުން މި މިންވަރު 2600 އަށް ދަށްކޮށްލަން ޖެހެ އެވެ.
ބަރުދަން ލުއިކުރަން ބިހަކީ މުހިންމު އެއްޗެއް
ބަރުދަން ލުއިކުރަން ކައްޓަލަ އާއި ސަނާމުގު
"ޑައެޓް" ބުއިންތަކުން ސްޓްރޯކްގެ ނުރައްކާ ބޮޑުވެދާނެ
ޕާސްތާ ކައިގެން ފަލައެއް ނުވާނެ: އިޓަލީ ސައިންސްވެރިން
ހަކުރު މަތިވެ ދަށްވާ ނަމަ ފަރުވާ ކުޑަ ނުކުރާތި
ބީޓްރޫޓަކީ ހަކަތަ އިތުރުކޮށްދޭނެ އެއްޗެއް
ކަށިތައް ވަރުގަދަކުރަން ކިއުކަމްބާ
އެވަކާޑޯ މިއީ ޑައެޓް ފުރިހަމަކޮށްލަން މޮޅު މޭވާއެއް
ފޭރު ޖޫހަކީ ހާސްކަމާ ދުރުކޮށްދޭ އެއްޗެއް
ކޮލެސްޓްރޯލާ ދެކޮޅަށް ކެޝޫ ނަޓްސް