13 ނޮވެމްބަރ 2022
ދައުލަތުގެ ދަރަނި އަދާކުރަން ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި 30.5 ބިލިއަން ރުފިޔާ ހޭދަކުރަން ޖެހޭ ކަމަށް އޮޑިޓް އޮފީހުން މިރޭ ބުނެފި އެވެ.
ދައުލަތުގެ ދަރަނި އަދާކުރަން ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި 30.5 ބިލިއަން ރުފިޔާ ހޭދަކުރަން ޖެހޭ ކަމަށް އޮޑިޓް އޮފީހުން މިރޭ ބުނެފި އެވެ.
އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓް ދިރާސާ ކުރާ ކޮމިޓީގައި އޮޑިޓް އޮފީހުން ބުނީ، އެ އޮފީހުން ހެދި ދިރާސާއިން، އިން ކުރިއަށް އޮތް ހަތަރު އަހަރު ބޮޑު އަދަދެއް ދަރަނި އަދާކުރަން ހޭދަކުރަން ޖެހޭ އިރު ދަރަނި އަދާކުރުމަށް ދުރާލާ ޕްލޭނެއް އެކުލަވައިލުން ވަރަށް މުހިއްމު ކަމަށެވެ.
އޮޑިޓް އޮފީހުން ބުނީ، ދަރަނި އަދާކުރަން އެންމެ ބޮޑު އަދަދެއް ހޭދަކުރަން ޖެހެނީ 2025 އާއި 2026 ގައި ކަމަށެވެ.
ބަޖެޓުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން އަންނަ އަހަރު ދަރަނި އަދާކުރަން 5.5 ބިލއަން ރުފިޔާ ހޭދަކުރާނެ އެވެ. އަދި 2024 ވަނަ އަހަރު 6.4 ބިލިއަން، 2023 ވަނަ އަހަރު 8.9 ބިލިއަން ރުފިޔާ ހޭދަކުރަން ޖެހޭ އިރު 2026 ވަނަ އަހަރު 9 ބިލިއަނަށް ވުރެ ބޮޑު އަދަދެއް ދަރަނި އަދާކުރަން ޖެހޭނެ ކަމަށް ބެލެވެ އެވެ. މިއީ ވޭތުވެދިޔަ 10 ވަރަކަށް އަހަރުން ވެސް ދަރަނި އަދާކުރަން ހޭދަކުރަން ޖެހިފައި ނުވާ ވަރުގެ އަދަދެކެވެ. އަދި، 2026 އަކީ ދައުލަތުގެ ދަރަނި އަދާކުރަން އެއް އަހަރެއްގެ ތެރޭގައި އެންމެ ގިނައިން ހޭދަކުރަންޖެހޭ އަހަރު ވެސް މެ އެވެ.
"މީގެ ތެރޭގައި ބޮޑު ޕަސެންޓެއް ބޭރުގެ ފައިސާގެ ގޮތުގައި ވެސް ދައްކަން ޖެހޭނެ. ބޭރު ފައިސާގެ ރިސްކާއި އިންޓްރެސްޓް ރޭޓުގެ ރިސްކަށް ބަލައި، މިއީ ދުރާލާ ފިޔަވަޅުތަކެއް އެޅިގެން ޕްލޭންތަކެއް ކުރެވިގެން ރީޕައިންސިން މިޓިގޭޓް ކުރަން ކަންތައްތަކެއް ކުރަން ޖެހޭ،" އޮޑިޓް އޮފީހުގެ ޑިރެކްޓަރު މުހައްމަދު ޝާން ވިދާޅުވި އެވެ.
އަންނަ އަހަރު ނިމޭ އިރު ދައުލަތުގެ ދަރަނި ހުންނާނެ ކަމަށް ބެލެވެނީ 113.6 ބިލިއަން ރުފިޔާގަ އެވެ. އެއީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ގާތްގަނޑަކަށް 108 ޕަސެންޓެވެ.
ކުރިއަށް އޮތް ތިން އަހަރު ދައުލަތުގެ ދަރަނި އަދާކުރަން ބޮޑު އަދަދެއް ހޭދަކުރަން ޖެހޭ އިރު އެ ފައިސާ ދެއްކުމަށް ހަމަޖެހިފައި ވަނީ އެސްޑީއެފް ފަންޑު ބޭނުންކޮށްގެން ކަމަށް ބަޖެޓުގައި ފާހަގަކޮށްފައިވެ އެވެ. މިކަމާ ގުޅިގެން އެމްއެމްއޭއިން ވެސް ވަނީ އެސްޑީއެފްގައި ހުރި ފައިސާ އެހެން ބޭނުންތަކަށް ހަރަދުކުރެވޭނެ ހާލަތްތައް މިހާރަށްވުރެ ހަނިކޮށް، އެކަމަކާ ގުޅޭ ގާނޫނުތައް ފާސްކުރުން އަވަސް ކުރުމަށް އެދިފަ އެވެ.
އަމީރާ އެކު ބަޖެޓު ކޮމިޓީގައި ބޮޑު ޒުވާބެއް!
"ކޮވިޑް ނައި ނަމަ 20 ބިލިއަންގެ ދަރަނި ނުނަގާނެ"
ނަޝީދުގެ މައްސަލައިގެ ބަދަލުގައި ދެ ބަޖެޓް ހުށަހެޅުން
ބަޖެޓަށް 6.5 ބިލިއަން އިތުރުކުރަން މަޖިލީހަށް
ދަރަނިތަކުގެ ހެޔޮ ނަތީޖާ ފެންނަން ފަށައިފި: އަމީރު
އިދިކޮޅުން ހުށަހެޅި އިސްލާހާ ނުލައި ބަޖެޓް ފާސްކޮށްފި
އަންނަ އަހަރުގެ ބަޖެޓުން ވާނީ ގެއްލުން: އިދިކޮޅު
ބަޖެޓަށް ވޯޓަށް އެހުން ހޯމަ ދުވަހު
ސަޕްލިމެންޓަރީ ބަޖެޓާގުޅޭ އިންކުއަރީއެއް ހަދަން އެދިއްޖެ
ބަޖެޓުގައި ފޭކު އަދަދުތައް އެބަހުރި: ސައީދު